ދިވެހިރާއްޖެ
އިންޓަރނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް) ގެ އެހީގައި މިމިނިސްޓްރީ އިން ހިންގަމުންދާ މެރިކަލްޗަރ އެންޓަޕްރައިޒް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް ގެ ދަށުން ރާއްޖޭގެ ހުއިފިލަނޑާ މާކެޓް އާއި ބެހޭ ސްޓަޑީއެއް ހަދައިދޭނެ ފަރާތެއް ބޭނުންވެއެވެ.
މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރއިން އަރުވަމެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، މަސައްކަތް ކުރުމުގެ ޤާބިލުކަން ސާބިތުކޮށްދިނުމުގެ މަޢުލޫމާތު (ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފުޞީލު، މަސައްކަތުގެ ތަޖުރިބާ އަދި އެހެނިހެން މަޢުލޫމާތު) އަދި މަސައްކަތް ކުރުމަށް ހުށަހަޅާ އަގާއި ތަފުސީލު ހުށަހަޅަންވާނެއެވެ. މިމަސައްކަތް ކުރުމަށް އަގު ހުށަހަޅާއިރު، ކޮންސަލްޓޭޝަން ފީ، ދަތުރު ފަތުރު، ސަރވޭކުރުމަށް ދާނެ ޚަރަދު އަދި މިނޫންވެސް މިމަސައްކަތްކުރުމަށް ހިނގާނެ ޚަރަދު ހިމަނަންވާނެއެވެ
މި މަސައްކަތުގެ ތަފްސީލް "ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރު)" މިއިޢުލާންއާއި އެއްއުރަކުރެވިފައިވާނެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ، ޝަރުޠު ހަމަވާ ފަރާތްތަކުން 08 އޯގަސްޓް 2017 ވާ އަންގާރަ ދުވަހުގެ 14:00 ގެ ނިޔަލަށް "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ހުށަހެޅުއްވުން އެދެމެވެ.