ވަޒީފާގެ ފުރުޞަތު
ނަންބަރު: GS-186/IU/2017/22
ޕަބްލިޝްކުރި ތާރީޚް: 30 ޖުލައި 2017
ޕަބްލިޝްކުރި ގަޑި: 09:49
ސުންގަޑި: 09 އޮގަސްޓް 2017 13:30
އިސްދޫ ސްކޫލް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

 

އިސްދޫ ސްކޫލް                      

ލ.އިސްދޫ   

  ދިވެހިރާއްޖެ                                       ނަމްބަރ: GS-186/IU/2017/22                                             

 

 

އިޢުލާނު

 

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމް:

J-128890

މަޤާމުގެ ނަންބަރު:

01 (އެކެއް)

ބޭނުންވާ އަދަދު:

ދާއިމީ

މަޤާމުގެ ގިންތި:

ޖީ. އެސް 3

މަޤާމުގެ ރޭންކް:

އޮފިސަރ ގްރޭޑް 1

މަޤާމުގެ ކްލެސިފިކޭޝަން:

އެޑްމިން ސެކްޝަން

ސެކްޝަން:

އިސްދޫ ސްކޫލް

މަޤާމް އޮތް އޮފީސް:

އިސްދޫ ސްކޫލް / ލ. އިސްދޫ 

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މަހަކު-/4465 ރުފިޔާ

މުސާރަ:

މަހަކު -/1500 ރުފިޔާ

ސަރވިސް އެލެވަންސް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

 

އިތުރު ޢިނާޔަތްތައް:

1. ވައުޗަރ ނިޒާމް، މާލިއްޔަތުގެ ގާނޫނާއި އެއްގޮތަށް ބެލެހެއްޓުން.

2. ތިޖޫރީ ބާކީ ބެލެހެއްޓުން

3. ބީ.އެމް އެލް. އެކައުންޓް ބާކީ ބެލެހެއްޓުމާއި، އެކަމާ ގުޅުންހުރި އެންމެހައި ކަންތައްތައް ކުރުން

4. ޗެކްތަކުން ފައިސާ ހަވާލުކުރުން

5. އެކިއެކި ފަރާތްތަކާއި  ފައިސާ ހަވާލުކުރުން

6. ލިބޭ ފައިސާގެ ދުވަހުފޮތް ބެލެހެއްޓުން

7. ބިލް ރެޖިސްޓްރީ ބެލެހެއްޓުން

8. ޗެކްހަވާލުކުރާ ފޮތް ބެލެހެއްޓުން

9. ސްކޫލްގެ ފައިސާ ރައްކާކުރާ ތިޖޫރީ ބެލެހެއްޓުން

10. ކޭޝް ފްލޯރ ތައްޔާރުކުރުން.

 11. ބަޖެޓް ފައިސާ އާއި މުސާރަ ފައިސާގެ ވައުޗަރ ތައްޔާރު ކުރުން.

 12. އިންކަމް އެންޑް އެކްސް ޕެންޑިޗަރ ރިޕޯރޓް ކޮންމެ މަހެއްގެ 08 ގެ ކުރިން ތައްޔާރުކުރުން   

13. ކޭޝް ފްލޯރ / ބަޖެޓް ، މުސާރަ ވައުޗަރ / ޕެންޝަން ރިސިޓް މުސާރަ ޝީޓް ކޮންމެ މީލާދީ މަހެއްގެ 18ގެ ކުރިން ފޮނުވުން                                        

14. ބަޖެޓް ރިޕޯރޓް، މުސާރައިގެ ރިޕޯރޓް، ތިޖޫރީ ރިޕޯރޓް، އަދި ރީކޮންސިލިއޭޝަން ކޮންމެ މީލާދީ މަހެއްގެ 08 ވަނަ ދުވަހުގެ ކުރިން، ފާއިތުވި މަހުގެ ރިޕޯރޓް ތައްޔާރުކޮށް ފޮނުވުން            

15. ފައިސާ ދައްކަން ޖެހޭ ބިލެއް ވާނަމަ 3 ނުވަތަ 14 ދުވަހުގެ ކުރިން  އެބިލެއް ގެ ފައިސާ ގަވާއިދުން ދެއްކުން.

16. އެކި އެކި  ފަރާތްތަކާއި ހަވާލުކުރަން ފައިސާ އެއް ފޮނުވާނަމަ ފައިސާ  ހަވާލުކުރަން ދާ މިސްކޫލްގެ މުވައްޒަފާއި ގަވާއިދުން ފައިސާ ހަވަލު ކޮށް  ފޮނުވުން

17. ފައިސާއާއި ބެހޭ އެންމެހައި ލިޔެކިޔުން ތައް ގަވާއިދުން  ފައިލްކޮށް ބެލެހެއްޓުން

18. ފައިސާ އާއި ބެހޭ ރިޕޯރޓް ތައް ފައިލްކުރުން

19. މިސްކޫލުން ބާއްވާ އެކި އެކި ބައްދަލްވުންތަކާއި ޖަލްސާތަކުގެ އެކި އެކި ކަންކަމުގައި މިސްކޫލުން އަންގާ ގޮތެއްގެ  މަތީން ހަރަކާތް ތެރިވެ އެއްބާރުލުން ދިނުމާއިއެކު ސްކޫލަށް ރީތި ނަން ހޯދައިދިނުމަށްމަސައްކަތްކުރުން                                          20.  ކޭންމް ބްރިޖް އިމްތިހާނާއި އެސްއެސް ސީ އިމްތިހާނުގެ ފައިސާ ބަލައިގަތުމާއި، ފައިސާގެ ލިޔެކިޔުން ތައް ފަރުވާތެރިކާއި ބެލެހެއްޓުން.

21. އޮފީސް ތެރެ ޒީނަތްތެރިކުރުމުގެ މަސައްކަތާއި ކަންކަން ތަރުތީބު ކުރުމުގެ މަސައްކަތް ކުރުން  

22. އެކި އެކި ބޭނުން ތަކުގައި އޮފީހަށް އަންނަ މުވައްޒަފުންނަށް އެހީތެރިވެދިނުން

23. ސްކޫލްގެ އިތުރު ހަރަކާތްތައް ހިންގުމުގައި އެހީތެރިވުން

24. ކުރިއަށްއޮންނަ އަހަރަށް ލަފާކުރާ މިސްކޫލްގެ ބަޖެޓް ތައްޔާރުކުރުމުގައި އެހީތެރިވެދިނުން

25. ރަށަށް ވަޑައިގަންނަވާ ވަފްދުތަކާއި އެކިއެކި ބޭފުޅުން ސްކޫލާއި ބައްދަލުކުރައްވާނަމަ، އެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން

26. ސްކޫލްް ފަރާތުން ބެލެނިވެރިންނާއި ބައްދަލުކުރައްވާނަމަ، އެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން

27. ސްކޫލްގެ ޔައުމިއްޔާ ދުވަހުން ދުވަހަށް ލިޔެ ފުރިހަމަކުރުމާއި، މުވައްޒަފުންގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ޤަަވާޢިދުން ފައިލްކޮށް ބެލެހެއްޓުން.

28. ސްކޫލުން އެކިފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީ މެސެޖު އެންމެހައި ލިޔެކިޔުންތައް ލިޔެ، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން އަދި އެފަދަ ލިޔުންތައް ޤަވާޢިދުން ފައިލްކޮށް ބެލެހެއްޓުން.                                                      29. ސްކޫލްގެ މުވައްޒަފުންނާއި ޓީޗަރުންނަށް މުސާރައާއި އެހެނިހެން ފައިސާ ދިނުމާއި ގުޅޭގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުން.

30. އިތުރުހަރަކާތްތަކުގެ ސަރޓިފިކެޓް ތައްޔާރުކުރުން

31. ޚާއްޞަ ހާލަތްތަކުގައި ވެރިންއަންގަވާ ދާއިރާއާއި ގުޅުން ހުރި އެހެނިހެން އެންމެހައި މަސައްކަތްތައްކުރުން

32. އެކިއެކި ބޭނުންތަކުގައި ދުރުވާ މުދައްރިސުންނަށް އެހީތެރިކަން ފޯރުކޮށްދިނުން.

33. އިތުރުހަރަކާތްތަކުގެ ސަރޓިފިކޭޓް ތައްޔާރުކުރުން.

34. މަތީގައިވާ ކަންކަމުގެ އިތުރުން، ސްކޫލުގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަންކަމުގައި، ސްކޫލުގެ އިސްވެރިޔާގެ އިރުޝާދުގެދަށުން ކުރަންޖެހޭ ކަންތައްތައް ކުރުން.

35. އެގްރިމެންޓްތައް ތައްޔާރުކުރުމާއި ބެލެހެއްޓުން.

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް / އިންފޮމޭޝަން ޓެކްނޮލޮޖީ / ހިއުމަންރިސޯސް މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާޞިލް ކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް / އިންފޮމޭޝަން ޓެކްނޮލޮޖީ / ހިއުމަންރިސޯސް މެނޭޖްމަންޓް ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން،

 ނުވަތަ

1. ސާނަވީއިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން ''ޑީ'' ގްރޭޑް ލިބިފައިވުމާއެކު، އޭގެއިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާންގައި ''ދިވެހި'' މި މާއްދާއިން ދަށްވެގެން ''ސީ'' ގްރޭޑް ލިބިފައިވުން.  

މަޤާމުގެ ޝަރުޠުތައް:

- ތަޢުލީމާއި ތަމްރީނު

- މަސައްކަތުގެ ތަޖުރިބާ

- އިންޓަރވިއު

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެކަންތައްތައް:

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

ވަޒީފާއަށް އެދޭ ފޯމު އިސްދޫ ސްކޫލް އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓް www.csc.gov.mv ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 09 އޯގަސްޓް 2017 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން، އިސްދޫ ސްކޫލް އޮފީހަށެވެ.  

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

 

 

މި މަޤާމަށް މުވައްޒަފަކު ހޮވުމަށް ބާއްވާ އިންޓަވިއު ބާއްވާނެ ތަނާއި މުއްދަތު، ނުވަތަ ތާރީޚު ކަނޑައެޅި ހަމަޖެހުމުން، މަދުވެގެން ރަސްމީ 2 ދުވަސް ކުރިން މިމަޤާމަށް އެދުނު ފަރާތްތަކަށް ލިޔުމަކުން އަންގާނެއެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

 

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

ޝޯޓް ލިސްޓްކުރުން:

 

 

މި މަޤާމަށް ޢައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް، ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނުމާކްސްގެ ޖުމްލަ އިންސައްތަ،30%  (ތިރީސް އިންސައްތަ) އަށްވުރެ މަތިވާން ޖެހޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

 

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި ސްކޫލްގެ 6800562 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯދުން:

 

07 ޛުލްޤަޢިދާ 1438

30 ޖުލައި 2017

 

 

 

                                                                                                                                                    

30 ޖުލައި 2017