ވަޒީފާގެ ފުރުޞަތު
ނަންބަރު: N9C/2017/02
ޕަބްލިޝްކުރި ތާރީޚް: 02 އޮގަސްޓް 2017
ޕަބްލިޝްކުރި ގަޑި: 09:09
ސުންގަޑި: 10 އޮގަސްޓް 2017 14:00
ގާދިއްފުށީ މެޖިސްޓްރޭޓް ކޯޓް، ތ. ގާދިއްފުށި
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

`

ތ. ގާދިއްފުށީ މެޖިސްޓްރޭޓް ކޯޓް

ގާދިއްފުށި، ދިވެހިރާއްޖެ

                                               

އިޢްލާން

 

ވަޒީފާގެ ފުރުޞަތު

ނަންބަރ:

N9C/2017/02

ތާރީޚް:

2  އޯގަސްޓް 2017

  • މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ރޭންކް:

ޖީ އެސް 3

  • ޢަދަދު:

01 ( އެކެއް )

  • މަސައްކަތްކުރަންޖެހޭ ތަން:

ކޮޅުމަޑުލު ގާދިއްފުށި މެޖިސްޓްރޭޓްކޯޓް

  • އަސާސީ މުސާރަ:

4465.00 ރ(ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސްފަސް ރުފިޔާ)

  • އިތުރުގަޑިއާއި އެހެނިހެން އެލަވަންސް:
  • ސާރވިސް އެލަވަންސް: 1500.00 (ފަނަރަސަތޭކަ) ރުފިޔާ
  • ޖުޑީޝަލް އެލަވަންސް ގެ ގޮތުގައި މުސާރައިގެ %20
  • ލިވިންގ އެލަވަންސް 2550.00 (ދެހާސް ފައްސަތޭކަ ފަންސާސް) ރުފިޔާ
  • ހަމަޖެހިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ
  •  އަސާސީ ޝަރުޠު:

1-      މަގާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިހާނަކުން ދެ މާއްދާއިން ދަށްވެގެން " ޑީ " ލިބިފައިވުމާއެކު، ސެކަންޑަރީ ސުކޫލުސެޓިފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިންދަށްވެގެން  'ސީ' ލިބިފައިވުން.  ނުވަތަ :-

2-      މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްގުވާ މާކުހެއް ލިބެމުން ދިޔުމާއެކު،GS2 ރޭންކްގައި މަދުވެގެން 02 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

  • މަޤާމުގެ މަސްއޫލިއްޔަތު:

* ކޯޓްގެ ޝަރުއީ ލިޔުންތަކާއި، މުއައްޒަފުންގެ ޙާޟިރީ އާއި ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.

* އެކިއެކި ފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީ، މެސެޖު ތައްޔާރުކުރުމަށްފަހު ޙަވާލުކުރުމާއި، އަދި މުއައްޒަފުންގެ މުސާރަ ސީޓް ތައްޔާރުކޮށް ފޮނުވުން

* ފައިސާއާއި އަދި ޝަރީއަތާގުޅޭ ރިޕޯޓްތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި، ކޯޓްގެ އެކައުންޓް ބެލެހެއްޓުން.

* ކޯޓަށް ލިބޭ ފައިސާގެ ރެކޯޑް ބެލެހެއްޓުމާއި މަހުން މަހަށް ބޭންކަށް ޖަމާކުރުމާއި އަހަރަކު ދެފަހަރު ދަޢުލަތުގެ އާމްދަނީ އެކައުންޓަށް ޤަވާޢިދާ އެއްގޮތަށް އާމްދަނީ ފައިސާ ޖަމާކުރުން.

* ކޯޓްގެ ފައިސާއާއިބެހޭ އަދި އިދާރީ ކަންކަމާބެހޭ އެންމެހާ މަސައްކަތްތައްކުރުން

* ކޯޓަށް ހޯދަންޖެހޭ ތަކެތި ދައުލަތުގެ މާލިއްޔަތާބެހޭ ޤާނޫނާއި، ޤަވާޢިދާ އެއްގޮތްވާގޮތުގެމަތިން ހޯދުން

* އިދާރީ ކަންކަމާއިގުޅޭއަދި ޝަރީއަތާގުޅޭ އެންމެހާލިޔުންތަކާއި ފޮތްތައްބެލެހެއްޓުން.

* އަދި މީގެ އިތުރުންވެސް ޤާނޫނާއި ޤަވާޢިދުގެ ތެރެއިން ކޯޓްގެ އިސްވެރިން ޙަވާލުކުރާ ރަސްމީ ކޮންމެ މަސައްކަތެއް ޤަވާޢިދުން ކުރުން

  • ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނޭ ކަންތައްތައް:

 - ލިބިފައިވާ ތައުލީމާއި، ހުނަރު

 - ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ

 

  • އިންޓަރވިއު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި މުއްދަތު:

މި މަޤާމަށް ޝަރުޠުހަމަވާ ފަރާތްތަކަށް ބާއްވާ އިންޓަވިއުބޭއްވުމަށް ހަމަޖެހިފައިވަނީ މި ކޯޓުގައި ނުވަތަ މިކޯޓުން ހަމަޖައްސާ ތަނެއްގައެވެ. އަދިއިންޓަވިއުއޮންނަ ދުވަހާއި އިންޓަރ ވިއު އޮންނަ ތަން އިންޓަރވިއުއަށް ޙާޟިރުވާންޖެހޭ ފަރާތްތަކަށް އެންގޭނެއެވެ.

  • މަޤާމަށް އެދެންވީ ގޮތް:

މި ވަޒީފާ އަށް ޝައުޤުވެރިވާ ފަރާތްތަކުން  ހުށަހަޅާނީ ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯރމުންނެވެ. މި ފޯމް މި ކޯޓުންނާއި، ޑިޕާރޓްމަންޓް އޮފްޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ  ވެބްސައިޓް www.judiciary.gov.mv  އިން ލިބެން ހުންނާނެއެވެ.

  • ހުށަހަޅަންޖެހޭ ތަކެތި:

ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

ތަޢްލީމީސެޓްފިކެޓްތަކުގެ ކޮޕީ ( އަޞްލާއިއެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ތައްގަނޑު ޖަހާ ފައިވާ )

ލިބިފައިވާ ތަޖްރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ.

ވަނަވަރު ( ސީ.ވީ )

ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތްމުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާއަދާކުރާ އޮފީހުގެ ލިޔުމެއް.

 

  • ސުންގަޑި:

10 އޯގަސްޓް 2017 ވާ ބުރާސްފަތި ދުވަހުގެ 14:00

02 އޮގަސްޓް 2017