މަސައްކަތް
ނަންބަރު: (IUL)13-K/13/2017/122
ޕަބްލިޝްކުރި ތާރީޚް: 01 އޮގަސްޓް 2017
ޕަބްލިޝްކުރި ގަޑި: 14:29
ސުންގަޑި: 29 އޮގަސްޓް 2017 13:00
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
އާރް.އޯ ޕްލާންޓް އަދި ސްޓޯރޭޖް ޓޭންކްސް – ޕެކޭޖް 2 (ނ.ހޮޅުދޫ، ނ.މާފަރު، ރ.މާކުރަތު އަދި ރ. އިނގުރައިދޫ) ޤާއިމްކުރުމުގެ މަސައްކަތްކޮށްދޭން ފަރާތެއް ހޯދުމާ ބެހޭ

c

 

MINISTRY OF FINANCE AND TREASURY

Male’, Republic of Maldives,

 

 

 

އިޢުލާން ނަންބަރު:

(IUL)13-K/13/2017/122  

ޕްރޮޖެކްޓް ނަންބަރު:

TES/2017/G-13R01

 

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

1. މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީގެ އެދިލެއްވުމުގެ މަތިން، އާރް.އޯ ޕްލާންޓް އަދި ސްޓޯރޭޖް ޓޭންކްސް – ޕެކޭޖް 2 (ނ.ހޮޅުދޫ، ނ.މާފަރު، ރ.މާކުރަތު އަދި ރ. އިނގުރައިދޫ) ޤާއިމްކުރުމުގެ މަސައްކަތްކޮށްދޭން ފަރާތެއް ހޯދަން ކުރެވުނު ނަންބަރު: (IUL)13-K1/13/2017/87 އިޢުލާނު، ޕްރޮޖެކްޓް ސްކޯޕަށް އައި ބަދަލަކާއި ގުޅިގެން އެއިޢުލާނު ބާޠިލްކޮށްފީމެވެ. އަދި މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠު ހަމަވާ ހުރިހާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.

 

2. ވީމާ، މިމަސައްކަތައް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ، 3 ވަނަ ނުކުތާގައިވާ މަސައްކަތްކުރެވޭނެކަމުގެ ޤާބިލިއްޔަތުކަން ހުރި ރާއްޖޭގެ އަދި ރާއްޖެއިން ބޭރުގެ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މި މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ 14 ރަށުގައި އާރްއޯ ޕްލާންޓް އާއި ސްޓޯރޭޖް ޓޭންކް ޤާއިމްކުރުމުގެ މަސައްކަތެވެ. މިގޮތުން މި ޕެކޭޖް 2 ގައި ހިމެނެނީ މީގެ ތެރެއިން 4 ރަށެކެވެ.

 

3. މި މަސައްކަތަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އައި.ސީ.ބީ) އުސޫލުގެ މަތިން، ދިވެހިރާއްޖޭގެ މާލިއްޔަތު ޤަވާއިދުގައިވާ ގޮތުގެ މަތިން "ސިންގަލް ސްޓޭޖް ވަން އެންވެލޯޕް" ބިޑިންގ ޕްރޮސެސްގެ ދަށުންނެވެ.

4. ބީލަމުގައި ބައިވެރިވުމަށް -/1,500 (އެއް ހާސް ފަސް ސަތޭކަ) ރުފިޔާގެ ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 3 އޮގަސްޓް 2017 އިން 29 އޮގަސްޓް 2017 އަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ 8.30 އިން 13:00 އަށް މި މިނިސްޓްރީ އިންނެވެ. ބީލަން ފޮތުގެ ސޮފްޓް ކޮޕީ މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv  އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

5. ބިޑާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރުމަށް ތިރީގައިވާ އީ-މެއިލް އެޑްރަހަށް 2017 އޮގަސްޓް 23 ވަނަ ދުވަހުގެ 1400 ގެ ކުރިން އީ-މެއިލް ކުރެއްވުން އެދެމެވެ.

6. މަޝްރޫޢުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި 8,000 (އަށްހާސް) ޔޫ.އެސް.ޑޮލަރު ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 28 ދުވަހެވެ. މި މަޝްރޫޢުގެ ޕާފޯމަންސް ސެކިޔުރިޓީގެ ގޮތުގައި ހުށަހަޅަން ޖެހޭނީ ކޮންޓްރެކްޓް އަގުގެ %5 އެވެ. އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ ، އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެއެވެ.

7. މިބީލަމުގެ މުއްދަތަކީ ބީލަން ހުޅުވާ ދުވަހުން ފެށިގެން 120 ދުވަސް އަދި ބީލަން ހުޅުވުން އޮންނާނީ 2017 ސެޕްޓެމްބަރ 14 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ޖަލްސާކުރާ މާލަމުގައެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. މި ބީލަން ހުޅުވާނީ ބީލަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޙާޞިރުވާން ބޭނުންވާ ފަރާތްތަކުގެ ހާޞިރީގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

8. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ނެޝަނަލް ޓެންޑަރ އެންޑް ޕްރޮޖެކްޓް މޮނިޓަރިންގ

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

އަމީނީމަގު، މާލެ، ދިވެހިރާއްޖެ

ޓެލެފޯން: 009603349106 , 009603349104

އީ މެއިލް: [email protected]

    [email protected]

9. މި އިޢުލާން މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv ގައި އަޕްލޯޑް ކުރެވިފައި ވާނެއެވެ.

 

 

1 އޮގަސްޓް 2017

01 އޮގަސްޓް 2017