1. ޑިޕާރޓްމަންޓުގެ އިސްވެރިޔާގެ ހައިސިއްޔަތުން ޑިޕާޓްމަންޓުގެ އެންމެހާ ކަންކަން ރާވައި ހިންގައި ބެލެހެއްޓުން.
2. ޑިޕާރޓްމަންޓުގެ ސްޓްރެޖިކް ޕްލޭނާއި އެކްޝަން ޕްލޭން އަދި އަހަރީ ޕްލޭން އެކުލަވާލައި، އެޕްލޭނާއި އެއްގޮތަށް މަސައްކަތް ރާވައި ހިންގައި ބެލެހެއްޓުން.
3. މަޤާމުގެ މަސައްކަތާއި ގުޅިގެން، އަދާކުރަންޖެހޭ މަސްޢޫލިއްޔަތުތައް އަދާކުރުމާއި، ޕަރމަނަންޓް ސެކްރެޓަރީއަށް ޖަވާބުދާރީވުން.
4. މަސައްކަތާއި ގުޅޭގޮތުން ތައްޔާރުކުރަންޖެހޭ ލިޔެކިއުންތަކާއި ރިޕޯޓްފަދަތަކެތި ތައްޔާރުކުރުމުގެ މަސައްކަތް ބެލެހެއްޓުން.
5. އައްޑޫ ސިޓީގެ ގެތަކާއި ބިންބިމާއިބެހޭގޮތުން ހުށަހެޅޭ މައްސަލަތައް ބަލައި ޖަވާބުދާރީވުން.
6. އައްޑޫ ސިޓީގެ ބިންބިމާއި ގުޅިގެން ކޯޓުތަކުން އަންނަ މައްސަލަތަކަށް ޖަވާބުދާރީވުން.
7. އައްޑޫ ސިޓީގެ ލޭންޑް ޔޫޒް ޕްލޭނާއި އެއްގޮތަށް ކުލީ ބިންތައް ދޫކުރުމުގެ ކަންކަން އިންތިޒާމްކޮށް ބެލެހެއްޓުން.
8. އައްޑޫ ސިޓީގެ މުނިސިޕަލް ސަރވިސް މަސައްކަތްތައް ރާވައި ހިންގައި ބެލެހެއްޓުން.
9. އިމާރާތް ކުރުމުގެ ކަންކަމާއި ގުޅޭގޮތުން ހިންގާ އެންމެހާ މުޢާމަލާތްތަކާއި ގުޅޭ ރެކޯޑްސް ބެލެހެއްޓުން.
10. ޢިމާރާތާއި ގޯތި ރަޖިސްޓްރީ އާއި ގުޅޭ އެންމެހައި މަސައްކަތް ރާވައި ބެލެހެއްޓުން.
11. އައްޑޫ ސިޓީގައި ހިމެނޭ ބިންބިމުގެ ދަފްތަރު އެކުލަވައި އަޕްޑޭޓްކޮށް ދަފްތަރު ބެލެހެއްޓުން.
12. ޕެސްޓް ކޮންޓްރޯލްކުރުމުގެ މަސައްކަތް ރާވައި ހިންގައި ބެލެހެއްޓުން.
13. ޑިޕާޓްމަންޓުގެ ކޯޕަރޭޓް ސެކްޝަނުގެ މަސައްކަތްތައް ރާވައި ހިންގައި ބެލެހެއްޓުން.
14. ޑިޕާޓްމަންޓުގެ ބަޖެޓް ތައްޔާރުކުރުން.
15. ދަށުން މަސައްކަތް ކުރައްވާ މުވައްޒަފުންގެ ޕަރފޯމަންސް އެޕްރައިޒަލްގެ މަސައްކަތްތައް ކުރުން.
16. މަސައްކަތުގެ ދާއިރާއިން ޕަރމަނަންޓް ސެކްރެޓަރީ އަންގަވާ ކަންކަމުގައި ފުރިހަމައަށް އެއްބާރުލުންދީ، މިނިސްޓްރީގެ ލަނޑުދަނޑިތައް ޙާސިލް ކުރުމަށް މަސައްކަތް ކުރުން.
|