ވަޒީފާގެ ފުރުޞަތު
ނަންބަރު: 134-HR/I /2017/016
ޕަބްލިޝްކުރި ތާރީޚް: 31 ޖުލައި 2017
ޕަބްލިޝްކުރި ގަޑި: 14:25
ސުންގަޑި: 06 އޮގަސްޓް 2017 14:00
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ސީނިއަރ އޮފިސަރ

މި ކުންފުނީގެ ތިރީގައިމިވާ މޤާމަށް މީހުން ހޯދަން ބޭނުންވެއެވެ.

މަޤާމު:

 ސީނިއަރ އޮފިސަރ

ބޭނުންވާ ޢަދަދު

 1

ވަޒީފާ އަދާކުރަންޖެހޭ ތަން:

 އެޗް އާރް ޑިޕާރޓްމަންޓް / ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް

މުސާރަ އާއި އެހެނިހެން އެލަވަންސް ތަކާއި އެއްކޮށް ޖުމްލަ:

6200.00 ރުފިޔާ އާއި 8400.00 އާއި ދެމެދު

އިތުރު ޢިނާޔަތްތައް:

އިތުރު ގަޑީގައި ނުވަތަ ބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ހަމަޖެހިފައިވާ އުޞޫލުން ފައިސާ ލިބޭނެއެވެ.

ޝަރުޠު:

  1. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން  ސާބިތު  ކޮށްދިނުމާއިއެކު  އޯ.ލެވެލް އިމްތިޙާނުން ތިންމާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއިއެކު، ސެކަންޑަރީ ސްކޫލް  ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި'  މިމާއްދާއިން އިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާސިލްކޮށްފައިވުން. އަދި ގުޅުންހުރި ދާއިރާއެއްގައި ވަޒީފާގައިއުޅެ ތަޖްރިބާ ލިބިފައިވުން.
  2. ފަރިތަކަމާއިއެކު މައިކްރޯ ސޮފްޓް އޮފީސް ބޭނުންކުރަން އެގުން.
  3. އިގިރޭސިބަހުން ފަރިތަކޮށް މުޢާމަލާތްކުރަން އެގުން.

 

މަޤާމުގެ މަސްޢޫލިއްޔަތު:

  1. ބިދޭސީ މުވައްޒަފުންނާ ގުޅުންހުރި ރެކޯޑްތައް މެއިންޓެއިންކޮށް ބެލެހެއްޓުން.
  2. އެތިކަލް އޮޑިޓްގެ އެޗް.އާރ އާއި ގުޅުންހުރި އެންމެހާ މަސައްކަތްކުރުން.
  1. ސެކްޝަނުގެ އެހެނިހެން އިދާރީ މަސައްކަތްތައް ކުރުން.
 

ނޯޓް: - މަތީގައިވާ މަޤާމުގެެ އިންޓަރވިއުއަށް ދައުވަތު ދެވޭނީ ޝަރުތުހަމަވާ ފަރާތްތަކަށެވެ.   

މަތީގައި ދެންނެވިފައިވާ މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 06 އޯގަސްޓް 2017 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ  ސާފް ކޮޕީ(އަސްލާއެއްގޮތް ކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީން ތައްގަނޑު ޖަހާފައިވާ އަސްލު) އަދި ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއެކު) އާއި ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭގޮތުގެ ލިޔުމެއް. އަދި ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓް ތަކުގެ ކޮޕީ ( އެކްރެޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލާއެކު)  ވަޒީފާއަށް އެދި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް އަށް ސިޓީއަކުން ހުށަހެޅުއްވުމަށް ދެންނެވީމެވެ. އީމެއިލް ކުރައްވާނަމަ [email protected] އަށް އީމެއިލް ކުރެވުމަށް ދެންނެވީމެވެ. ފެކްސް ކުރައްވާނަމަ 3323955 ނަމްބަރަށް ފޮނުއްވުން އެދެމެވެ.  އިތުރު މަޢުލޫމާތު ހޯއްދެވުމަށް  3323932އެކްސްޓެންޝަން 247 އަށް ގުޅުއްވުން އެދެމެވެ.

08 ޛުލްގައިދާ 1438

                      31  ޖުލައި   2017  

31 ޖުލައި 2017