މަސައްކަތް
ނަންބަރު: (IUL)30-C/30/2017/102
ޕަބްލިޝްކުރި ތާރީޚް: 31 ޖުލައި 2017
ޕަބްލިޝްކުރި ގަޑި: 11:15
ސުންގަޑި: 06 ޖުލައި 2017 11:00
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ގިނަ އަދަދަކަށް ދާ ގަނެދޭނެ ފަރާތެއް ހޯދަން

މިމިނިސްޓްރީގެ ފަރާތުން ހިންގާ މެރިކަލްޗަރ މަޝްރޫޢުގެ މަސައްކަތައް ގިނަ އަދަދަކަށް ދާ ގަނެދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަމްބަރު (IUL)30-C/30/2017/27  އިއުލާނާއި ގުޅިގެން އެކަށީގެންވާ އަދަދަށް އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ މިއިއުލާން ބާތިލްކޮށް އަލުން މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލަމެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 06 އޮގަސްޓް 2017 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މި މިނިސްޓްރީއަށް (ވެލާނާގޭ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 09 އޮގަސްޓް 2017 ވާ ބުދަ ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހިއްޕަވައިގެން މި މިނިސްޓްރީއަށް (ވެލާނާގޭ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެންދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3322242، 3339211 އަދި 3339279 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

31 ޖުލައި 2017