Public Information
Number: B-352/2017/25
Published Date: 30 Jul 2017
Published Time: 14:46
Secretariat of the Dhan'gethi Council, South Ariatholhu
Maldives
އުޅަނދުފަހަރު އެހެލުމުގެ އުޞޫލަށް ޢަމަލުކުރުން ވަގުތީގޮތުން މަޑުކޮށްލުން

Cancelled on 30 Jul 2017 14:46


ނަމްބަރ: 2017/25/B-352

އިޢުލާން

އުޅަނދުފަހަރު އެހެލުމުގެ އުޞޫލަށް ޢަމަލުކުރުން ވަގުތީ ގޮތުން މަޑުކޮށްލުން

             މިއިދާރާގެ ނަމްބަރ: 352/2017/23 (17 ޖުުލައި 2017)  އިޢުލާން އުޅަނދުފަހަރު އެހެލުމުގައި ޢަމަލުކުރަންވީ ގޮތް ކަނޑައަޅައި ޢާއްމުކޮށްފައިވާ " އުޞޫލަށް މިވަގުތަށް ޢަމަލުކުރުން ފަސްކޮށްލުމަށް މިކައުންސިލްއިން ނިންމާފައިވާކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ. ނަމަވެސް، އުޅަނދުފަހަރު އެހެލުމުގެ އިންތިޒާމުގެ  ފަސޭހައަކަށްޓަކައި، އުޅަނދެއް

އެހެލުމުގެ ކުރިން، މި އިދާރާގެ  މަޝްވަރާ ހޯއްދެވުން ވަރަށް މުހިއްމު ކަމެއް ކަމުގައި ދަންނަވަމެވެ.

             މިވަގުތަށް، އެ އުޞޫލަށް ޢަމަލުކުރުން ފަސްކޮށްލި ނަމަވެސް، މި އިދާރާއިން މިހާރު މިގެންދަނީ، އުޅަނދުފަހަރުގެ ވެރިންގެ ފަރާތުން އަދި ހާއްސަކޮށް ޒަމާނީ އުޞޫލުތައް ރަށުގައި ހިންގާ ދެމެހެއްޓުމަށް ބޭނުންވާ ގިނަ ބޭފުޅުންގެ ޚިޔާލުތަކާއިއެކު، ލުއިފަސޭހަ، ދެމެހެއްޓެނިވި އައު ޤަވާއިދެއް ހަދައި، ހިންގުމަށް ބޭނުންވާނެ އުޞޫލުތަކެއް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންނެވެ. 

30 Jul 2017