މަސައްކަތް
ނަންބަރު: (IUL)22-PU/1/2017/243
ޕަބްލިޝްކުރި ތާރީޚް: 30 ޖުލައި 2017
ޕަބްލިޝްކުރި ގަޑި: 13:46
ސުންގަޑި: 02 އޮގަސްޓް 2017 11:00
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ސިލަބަސް ތަރުޖަމާ ކުރުމަށް ބޭނުންވެއްޖެ

އިޢުލާން

ތިރީގައި މިދަންނަވާ ސިލަބަސްތައް ދިވެހި ބަހުން އިގިރޭސި ބަހަށް ތަރުޖަމާ ކުރުމަށް ކުރެވުނު މިމިނިސްޓްރީގެ ނަންބަރު IUL)22-PU/1/2017/229) އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަލެޅި ފަރާތްތަކުގެ ތެރެއިން ތިން ރަފާތް ކޮލިފައިވެފައިނުވާތީ އެއިޢުލާން ބާތިލް ކުރުމަށްފަހު އަލުން އިޢުލާން ކުރީމެވެ.

  1. ސާނަވީ އެކެއްގެ ދިވެހި މުޤައްރަރު
  2. މަތީ ސާނަވީގެ ދިވެހި މުޤައްރަރު
  3. ޤައުމީ މަންހަޖުގައި ދިވެހި ( ކީސްޓޭޖު 5 )
  4. ޤައުމީ މަންހަޖުގައި ދިވެހި ( ކީސްޓޭޖު 4 )
  5. އިސްލާމް މުޤައްރަރު – ގްރޭޑް 8 - 10
  6. ހަޔަރ ސެކަންޑަރީ މުޤައްރަރު – އިސްލާމް
  7. ޤައުމީ މަންހަޖުގައި އިސްލާމީ ތަރުބިޔަތު ( ކީސްޓޭޖު 5 )
  8. ޤައުމީ މަންހަޖުގައި އިސްލާމީ ތަރުބިޔަތު ( ކީސްޓޭޖު 4 )

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2017 އޮގަސްޓް 02 ވަނަ ދުވަހު 11:00 އަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭ 08 ވަނަފަންގިފިލާ) ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދެންނެވީމެވެ. އަދި މިމަސައްކަތާއި ގުޅޭ މަޢުލޫމާތު އެޓޭޖްކުރެވިފައިއެވަނީއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341436, 3341403  ނަމްބަރ ފޯނާއެވެ.

30 ޖުލައި 2017