ކުއްޔަށް ދިނުން
ނަންބަރު: (IUL)257/257/2017/37
ޕަބްލިޝްކުރި ތާރީޚް: 30 ޖުލައި 2017
ޕަބްލިޝްކުރި ގަޑި: 12:37
ސުންގަޑި: 23 އޮގަސްޓް 2017 13:00
ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބާރަށު މަކްތަބުލް އަޙަދިއްޔާ ކުއްޔަށް ދޫކުރުން

މި އިދާރާގެ ބެލުމުގެ ދަށުގައިވާ ހއ.ބާރަށު ''މަކްތަބުލް އަޙަދިއްޔާ'' 10 އަހަރުގެ މުއްދަތަށް ކޮމިއުނިޓީ ގެސްޓްހައުސް، ހޮޓާ ކެފޭ އަދި ރެސްޓޯރެންޓް ހިންގުން ފަދަ ބޭނުންތަކަށް ކުއްޔަށް ދޫކުރުމަށް ބޭނުންވެއެވެ.

 

              މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މިކަމަށް އެދި ހުށަހަޅާނީ މި އިދާރާއިން ވިއްކާ ބިޑްފޮތުގައެވެ. ބިޑްފޮތް 30 އޯގަސްޓް 2017 ވަނަ ދުވަހުން ފެށިގެން 09 އޯގަސްޓް 2017 ވަނަ ދުވަހުގެ ނިޔަލަށް ބަންދު ދުވަސްތަށް ފިޔަވާ ރަސްމީދުވަސްތަކުގެ 09:00 ން 13:30 އަށް މި އިދާރާއިން ގަންނަން ލިބެން ހުންނާނެއެވެ. އަދި ބިޑް ހުށަހެޅުމާއި ގުޅޭ މަޢުލޫމާތު ދިނުމުގެ ގޮތުން ބާއްވާ ޕްރި-ބިޑް ބައްދަލުވުން 13 އޯގަސްޓް 2017 ވާ އާދީއްތަ ދުވަހުގެ 13:00 ގައި މިިއިދާރާގައި އޮންނާނެއެވެ. ޕްރި-ބިޑް ބައްދަލުވުމުގައި ބައިވެރިވެވޭނީ ބިޑްފޮތް ގަނެފައިވާ ފަރާތްތަކަށެވެ. ބިޑްފޮތެއް ވިއްކާ އަގަކީ -/100 ރުފިޔާ އެވެ.

 

               ބިޑް ހުށަހަޅާނީ 23 އޯގަސްޓް 2017 ވާ ބުދަ ދުވަހުގެ 13:00 އަށް މި އިދާރާއަށެވެ. ޕްރި- ބިޑް ބައްދަލުވުމަށް ހާޒިރުވާންވާނީ މި އިދާރާގެ ތައްގަނޑު ޖަހާފައިވާ ބިޑްފޮތުގެ އަސްލު ހިއްޕަވައިގެންނެވެ. އަދި ކޮންމެ ބޭފުޅަކަށްވެސް ޙަވާލާދީ ބައިވެރިވެވޭނީ 01 ބިޑްފޮތަށެވެ. ބިޑްފޮތް ގަނުމަށާއި، ޕްރި-ބިޑް ބައްދަލުވުމުގައި ބައިވެރިވުމަށާއި،ބިޑް ހުށަހެޅުއްވުމަށް ބިޑް ހުށަހަޅާ ފަރާތްނޫން އެހެންފަރާތެއް ބަދަލުގައި ފޮނުވާނަމަ، ބަދަލުގައި ފޮނުވި މީހެއްކަން އެނގޭނެ ލިޔުމެއް ހިފައިގެން ހާޟިރުވުން އެދެމެވެ. އަދި ޕްރި-ބިޑް ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކުގެ ބިޑް ބަލައިނުގަނެވޭނެ ވާހަކަވެސް މަޢުލޫމާތައްޓަކައި ދެންނެވީމެވެ.

 

              އަދި މި އިދާރާއިން ނެރުނު ނަމްބަރު (IUL)257/257/2017/3 (10 ޖެނުއަރީ 2017) އިޢުލާން އާއި ގުޅިގެން އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައިނުވާތީ އެ އިޢުލާންވަނީ ބާޠިލްކުރެވިފައެވެ.

 

              ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކާއި އިޢުލާން ކުރީމެވެ.

              07 ޛުލްޤައިދާ 1438

              30 ޖުލައި  2017                  

 

30 ޖުލައި 2017