ދިވެހިރާއްޖެ
ނަންބަރު: IUL)196-C/1/2017/41)
ވަޒީފާގެ ފުރުޞަތު |
މަޤާމް: ޑިރެކްޓަރ
ބޭނުންވާ ޢަދަދު: 01 (އެކެއް)
މުސާރަ: -/13,684 ރުފިޔާ
ލިވިންގ އެލަވަންސް: -/3,000 ރުފިޔާ
ރިސްކް އެލަވަންސް: -/1,000 ރުފިޔާ
މަސައްކަތް ކުރަންޖެހޭ ތަން: މާލެ
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: ޕްރޮސިކިއުޝަން ސަޕޯޓް ސަރވިސްގެ އެންމެހައި ކަންކަން ހިންގައި ބަލަހައްޓައި ސަޕޯޓް ސަރވިސްގެ މުވައްޒަފުންގެ މަސައްކަތްތައް ވިލަރެސްކުރުން.
ފެންވަރު ނުވަތަ ޝަރުޠު:
- މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު ހިންގުމުގެ ދާއިރާގެ އިސްމަޤާމެއްގައި މަދުވެގެން 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
- މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، ހިންގުމުގެ ދާއިރާގެ އިސްމަޤާމެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
- މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، ހިންގުމުގެ ދާއިރާގެ އިސްމަޤާމެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
އިތުރު އެލަވަންސް: މި މަޤާމަށް ލީގަލް ސަޕޯޓް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %35 އާއި، ޙާޟިރީ އެލަވަންސްގެ ގޮތުގައި އޮފީހަށް ޙާޟިރުވާ ކޮންމެ ދުވަހަކަށް -/120 ރުފިޔާގެ ރޭޓުން އެލަވަންސް ލިބޭނެއެވެ. އަދި އިތުރުގަޑީގައި މަސައްކަތްކުރައްވާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
ވީމާ، މި މަޤާމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 07 އޮގަސްޓު 2017 ވަނަ ދުވަހުގެ 14:00 ގެ ކުރިން ވަޒީފާއަށްއެދޭ ފޯމް ފުރިހަމަކުރެއްވުމަށްފަހު، މި އޮފީހަށް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު: 3003289 ފޯނާ ގުޅުއްވުން އެދެމެވެ.
ނޯޓް: މަޢުލޫމާތު ފުރިހަމަނުވާ ފޯމްތަކާއި މަޤާމުގެ ޝަރުތުފުރިހަމަނުވާ ފޯމްތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:
1- ތަޢްލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކުންނަމަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓް ކުރެވިފައިވާ ކޮޕީ)
2- ވަނަވަރު
3- ދރއ. ކާޑުގެ ކޮޕީ
4- ލިބިފައިވާ މަސައްކަތު ތަޖުރިބާ ދަލީލުކޮށްދޭ ލިއުން
07 ޛުލްޤަޢިދާ 1438