ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ނ. ކުޑަފަރީ ގައި ވާރޭފެން ނަގައި ރައްކާކުރާ ނިޒާމް ޤާއިމުކުރުމުގެ މަޝްރޫޢު
މަތީގައި ދެންނެވިފައިވާ މަޝްރޫޢުގެ މަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތެއް ހޯދުމަށް މި އިދާރާއިން 2017 ޖުލައި 10 ވަނަ ދުވަހު ކުރި 288/2017/052 ނަންބަރު އިޢުލާނާ ގުޅިގެން ބިޑު ހުށަހެޅުމަށް ޙާޟިރުވީ އެންމެ ފަރާތަކުން ކަމަށްވާތީވެ، އެ އިޢުލާނު ބާޠިލްކޮށް، އަލުން އެ ކަމަށް އިޢުލާނުކުރަމެވެ.
މި ރަށުގެ، ތިރީގައި މި ދަންނަވާ ސަރަޙައްދުތަކުގައި ވާރޭފެން ނަގައި ރައްކާކުރާނޭ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތްކޮށްދޭން ޝައުޤުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވައިލަމެވެ.
(1) ރޯޒްމީޑް ސައިޓް ([ރޯޒްމީޑް] ގޭގެ އިރުމަތިން އޮތް ހުސް ބިން)
(2) ކިނބިގަސް ސައިޓް ([އިތާ] ގެއާ ދިމާއިން ކިނބިގަސްމަގުގެ އުތުރުން އޮތް ހުސް ބިން)
މި މަޝްރޫޢާ ބެހޭ ގޮތުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2017 އޮގަސްޓް 3 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 1.00 ގައި މި އިދާރާ ގައެވެ. ބިޑު ހުޅުވުން އޮންނާނީ 2017 އޮގަސްޓް 9 ވާ ބުދަ ދުވަހުގެ މެންދުރު ފަހު 1.00 ގައި މި އިދާރައިގައެވެ.
ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މި މަޝްރޫޢުގެ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ޙާޟިރުވެ، ބިޑު ހުށަހެޅުން އެދެމެވެ. ބިޑު ހުށަހަޅާނީ އެ ކަމަށް ތައްޔާރުކުރެވިފައިވާ ބީލަން ފޮތުގައެވެ. މި ފޮތް ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10.00 އިން މެންދުރު ފަހު 1.00 އާ ދޭތެރޭ މި އިދާރާއިން ހިލޭ ލިބޭނެއެވެ. ބިޑު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއް ގައެވެ. އުރައިގެ ބޭރު ގައި ތިރީގައިވާ މަޢުލޫމާތު ލިޔެފައި ހުންނާންވާނެއެވެ.
(ހ) [ނ. ކުޑަފަރީ ގައި ވާރޭފެން ނަގައި ރައްކާކުރާ ނިޒާމް ޤާއިމުކުރުމުގެ މަޝްރޫޢު] މި ޢިބާރާތް
(ށ) ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެހާއި ގުޅޭނޭ ނަންބަރު
(ނ) ބީލަން ހުށަހަޅާ ތާރީޚާއި ވަގުތު
މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ޙާޟިރުނުވާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނޭ ވާހަކަ ދަންނަވަމެވެ.
7 ޛުލްޤަޢިދާ 1438ހ.
30 ޖުލައި 2017މ.