ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)297/INDIV/2017/41
ޕަބްލިޝްކުރި ތާރީޚް: 30 ޖުލައި 2017
ޕަބްލިޝްކުރި ގަޑި: 10:18
ސުންގަޑި: 02 އޮގަސްޓް 2017 11:30
މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ.ދޮނައެރި ކަނޑޫދޫ ބެލެހެއްޓުމާ ހަވާލުވާނެ ފަރާތެއް ބޭނުންވެއްޖެ

ނަމްބަރ: (IUL)297/INDIV/2017/41

 

އިޢުލާން

 

ނ.ދޮނައެރި ކަނޑޫދޫ ބެލެހެއްޓުމާ ހަވާލުވާނެ ފަރާތެއް ބޭނުންވެއްޖެ

                      މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުން މިރަށުގެ ރައްޔިތުންނަށް ވަރުވާއަށް ލިޔެދެއްވާފައިވާ ނ.ދޮނައެރި ކަނޑޫދޫ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށްވަނީ ބޭނުންވެފައެވެ.

     ވީމާ މިކަމަށް ޝަޢުޤުވެރިކަން ހުރިފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ތާރީޚާއި ގަޑިއަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

     އަދި މައުލޫމާތު ސާފްކުރައްވަންވަޑައި ނުގަންނަވާ އެއްވެސް ފަރާތަކަށް ކުރިމަތިލުމުގެ ފުރުސަތުދެވެން ނޯންނާނެ ވާހަކަވެސް ދެންނެވީމެވެ.

މަޢުލޫމާތު ސާފުކުރުން

2017 އޮގަސްޓް 02    ވާ ބުދަ ދުވަހުގެ 10:30 ގައި

އަންދާސީ ހިސާބު ހުށަހެޅުން

2017 އޮގަސްޓް 08    ވާ އަންގާރަ ދުވަހުގެ 11:00 ގައި

 

 

މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

30 ޖުލައި 2017

30 ޖުލައި 2017