ވަޒީފާގެ ފުރުސަތު
|
އައްޑޫސިޓީ ކައުންސިލުން ބަލަހައްޓަންޖެހޭ ޢާއްމު މައިދާންތަކާއި، އެފަދަ އެހެނިހެން ތަންތަން މަރާމާތުކޮށް، ބެލެހެއްޓުމަށްޓަކައި ކޮންޓްރެކްޓް އުޞޫލުން ތިރީގައި މިދަންނަވާ މަޤާމްތަކަށް މީހުން ބޭނުންވެއެވެ. (ކޮންޓްރެކްޓްގެ މުއްދަތު: ވަޒީފާ ހަމަޖެހޭ ތާރީޚުން ފެށިގެން 31 ޑިސެންބަރު 2017ގެ ނިޔަލަށް
|
މަސައްކަތް ކުރަންޖެހޭ އަވަށް
|
ބޭނުންވާ ޢަދަދު
|
މަޤާމު
|
މުސާރަ
|
ސަރވިސް އެލަވަންސް
|
މީދޫ އަވަށު އޮފީސް
|
01
|
މަސައްކަތު
|
-/3100
|
-/1000
|
ހުޅުދޫ އަވަށު އޮފީސް
|
01
|
މަސައްކަތު
|
-/3100
|
-/1000
|
އައްޑޫސިޓީ ކައުންސިލްގެ އިދާރާ
|
06
|
މަސައްކަތު
|
-/3100
|
-/1000
|
އެލަވަންސް ތަކާއި ޢިނާޔަތްތައް
|
އިތުރު ގަޑި އާއި ބަންދު ދުވަސްތަކުގައި މަސައްކަތްކުރަންޖެހޭ ނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑި އަދި ބަންދު ދުވަހުގެ ފައިސާއާއި ރިސްކް އެލަވަންސް ފައިސާ ދެވޭނެއެވެ.
|
މަޤާމުގެ މަސްއޫލިއްޔަތު
|
އަވަށުގައި ހިމެނޭ އާއްމުޕާކްތަކާއި، މައިދާން ފަދަ ތަންތަން ސާފުކޮށް ބެލެހެއްޓުމުގައި ކުރަންޖެހޭ މަސައްކަތް ކުރުމާއި، ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތުގައި ކުރަންޖެހޭ ދަތުރުތައް ކުރުމާއި، ވިނަ ކޮށުމާއި އެފަދަ ކަންކަމަށް ބޭނުންކުރާ އުޅަނދުފަހަރު ދުއްވުމުގެ މަސައްކަތް ކުރުން.
|
މަޤާމުގެ ޝަރުތުތައް
|
- ލިޔަން ކިޔަން ދަތުމާއެކު މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ގާބިލްކަން ލިބިފައިވުން.
- މި މަޤާމުތަކަށް ކުރިމަތިލާ ފަރާތަކީ ޢުމުރުން 65 އަހަރު ދަށުގެ މީހަކު ކަމުގައި ވުން.
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް:
|
- ލިބިފައިވާ ތަޢުލީމާއި ތަމްރީން
- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ
- މަސައްކަތުގެ ހުނަރާއި ޖިސްމާނީ، ނަފްސާނީ ޤާބިލްކަން
(މި މަޤާމަށް މީހުން ނެގުމުގައި ފަތަން އެގުމާއި މެޝިންތައް އޮޕަރޭޓް ކުރަން އެގުމާއި އުޅަނދުފަހަރު ދުއްވަން އެގޭ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.)
|
އިންޓަރވިއު ބޭއްވޭނެ ތަނާއި ތާރީޚް:
|
އިންޓަވިއު ބޭއްވޭނެ ތަނާއި ތާރީޚާއި ގަޑި މަޤާމަށް އެދިލައްވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް އެންގޭނެއެވެ.
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ
- މުއްދަތު ހަމަނުވާ އައި.ޑީ.ކާޑް ކޮޕީ.
- މުއްދަތު ހަމަނުވާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ކޮޕީ.
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
|
ސުންގަޑި
|
2017 އޮގަސްޓް 06 ވާ އާދިއްތަ ދުވަހު 14:00 ކުރިން އައްޑޫސިޓީ ކައުންސިލްގެ އިދާރާއަށް. (ހުޅުދޫ އަދި މީދޫ އަވަށުން، އެ އަވަށެއްގެ އަވަށު އޮފީހުން ފޯމް ބަލައިގަތުމުގެ އިންތިޒާމް ވަނީ ހަމަ ޖެހިފައި)
|