ދިވެހިރާއްޖެ
އިޢްލާން
މިއިދާރާއާއި ޓުރާންސްޕޯޓް އޮތޯރިޓީއާއި ގުޅިގެން އެއްގަމު އުޅަދުދުއްވުމުގެ ލައިސަންސް ދޫކުރުމަށްޓަކައި ކުރަންޖެހޭ އަމަލީ ޓެސްޓް ކުރާނެ އެގްޒަމިނަރަކު ބޭނުންވެއްޖެއެވެ. އިމްތިޙާނު އޮންނާނީ އދ. އޮމަދޫ ގައެވެ.
ސަރުތު:
1. ފާއިތުވި 05 އަހަރުގެ ދުވަހުގެ ތެރޭގައި ޓުރެފިކް ވައެލޭޝަން ކުށެއްކޮށްފައިވާކަން ސާބިތުވެފައިވާ ނުވަތަ އަދި ޖިނާއީ ކުށެއްކޮށްފައިވާ މީހަކު ކަމުގައި ނުވުން.
2. ދޫކުރި ތާރީޚުން ފެށިގެން މަދުވެގެން 5 އަހަރު ދުވަސް ވެފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތުން.
3. ޢުމުރުން 55 އަހަރު ނުވާ މީހެއްކަމުގައިވުމާއި ރަނގަޅު ސިއްހަތެއްގައި ހުރި މީހަކުކަމުގައިވުން.
4. އދ. އޮމަދޫ ކައުންސިލްގެ އިދާރާގައި ވަޒީފާއަދާކުރާ މުވައްޒިފަކުކަމުގައި ނުވުން.
5. ޑްރައިވިންގ ސްކޫލެއްގައި އެއްވެސް ހައިސިއްޔަތަކުން މަސައްކަތް ކުރާ މީހެއް ކަމުގައި ނުވުމާއި ވޭތުވެދިޔަ 01 އަހަރު ދުވަހުގެ ތެރޭގައި ޑްރައިވިންގް ސްކޫލެއްގައި މަސައްކަތްކޮށްފައި ނުވުން.
އުޖޫރަ: ޓެސްޓް ކުރާ ކޮންމެ A0A1 ކެޓަގަރީގެ އުޅަދަކަށް -/15 ރުފިޔާ
އެހެނިހެން ކެޓަގަރީގެ ޓެސްޓް ކުރާ ކޮންމެ އުޅަނދަކަށް -/25 ރުފިޔާ
ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ބޭފުޅުން 10 އޮގަސްޓް 2017 ވަނަ ދުވަހުގެ 14:00 ގެ ކުރިން ވަނަވަރާއި ފުރިހަމަކޮށްފައިވާ ކުށުގެ ރިކޯރޑް ފޯމްއާއިއެކު ސިޓީއަކުން މިއިދާރާއަށް ހުށައެޅުވުން އެދެމެވެ.
29 ޝައްވާލު 1438
23 ޖުލައި 2017
ޢަބްދުﷲ ނިޔާޒް
އދ. އޮމަދޫ ކައުންސިލްގެ ރައީސް