ދިވެހިރާއްޖެ
ނަމްބަރ:(IUL)297/INDIV/2017/40
އިޢުލާން
ވެލިދޫ ކައުންސިލުން ރަށުގައި އުފެދޭ ކުނި އުފުލުމަށްޓަކައި ޕިކަޕެއް ގަންނަން ބޭނުންވެއްޖެ
ވެލިދޫ ކައުންސިލުން ވެލިދޫގައި އުފެދޭކުނި އުފުލުމަށްޓަކައި ޕިކަޕް ހޯދަންވަނީ ބޭނުންވެފައެވެ.
ވީމާ ވެލިދޫ ކައުންސިލްގެ އިދާރާއިން އެޑްވާންސްކޮށް އެއްވެސް ފައިސާއެއް ޚަރަދުނުކޮށް ތިރީގައި މިދަންނަވާ ގޮތަށް ޕިކަޕް ވިއްކަން އެދޭ ފަރާތްތަކުން 6 އޮގަސްޓް 2017ވާ އާދީއްތަދުވަހު 12:00އަށް ވެލިދޫ ކައުންސިލްގެ އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ ކުންފުންޏަކުންނަމަ ކުންފުނިން އަންދާސީ ހިސާބު ހުށަހަޅަންފޮނުވާ ފަރާތެއްކަން އެނގޭނެ ލިޔުމެއް ހުށަހަޅަންވާނެއެވެ.
މަޢުލޫމާތު
- ޕިކަޕް ވިއްކަން އެދޭއަގު
- ވެލިދޫ ކައުންސިލްގެ އިދާރާއަށް ޕިކަޕް ފޯރުކޮށްދެވޭނެ އަގު
- ވެލިދޫ ކައުންސިލްގެ އިދާރާގެ ނަމަށް ރަޖިސްޓްރީކޮށް ނިންމާދެވޭނެ އަގު
- ވެހިކަލްއަށް ދޭ ވޮރަންޓީ
ޕިކަޕާބެހޭ މަޢުލޫމާތު
- ބްރޭންޑް: ޓޮޔޯޓާ ޖަޕާން (ޕަވަރގޭޓް) 2011ވަނަ އަހަރުގެ އުފެއްދުމެއް
- ޢަދަދު: 2
- ބަރުދަން:2 ޓަނު
- ތެޔޮ: ޑީސަލް
މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.
24 ޖުލައި 2017