ކުއްޔަށް ދިނުން
ނަންބަރު: (IUL)258/2017/54
ޕަބްލިޝްކުރި ތާރީޚް: 25 ޖުލައި 2017
ޕަބްލިޝްކުރި ގަޑި: 11:45
ސުންގަޑި: 03 އޮގަސްޓް 2017 11:00
ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އުތުރު ވީސީއޯ ޕްލާންޓް (ކާށިތެޔޮ ފެކްޓްރީ) ކުއްޔަށް ދޫކުރުމާއިބެހޭ

އިޢުލާން

 

އުތުރު ވީސީއޯ ޕްލާންޓް (ކާށިތެޔޮ ފެކްޓްރީ) ކުއްޔަށް ދޫކުރުމާއިބެހޭ

 

                   ހދ.ހަނިމާދޫ އުތުރު ވީސީއޯ ޕްލާންޓް( ކާށިތެޔޮ ފެކްޓްރީ) 10 އަހަރު ދުވަހުގެ މުއްދަތައް ކުއްޔަށް ދޫކުރުމަށްކުރި މިކައުންސިލްގެ ނަންބަރު: 258/2017/50 (IUL) (12 ޖުލައި 2017) އިޢުލާނާއި ގުޅިގެން ޕްރޮޕޯސަލް ހުށަހެޅީ އެންމެ ފަރާތަކުން ކަމަށްވާތީ އެއިޢުލާން ބާޠިކޮށް އަލުން ހަނިމާދޫ އުތުރު ވީސީއޯ ޕްލާންޓް ކުއްޔަށް ދިނުމަށް ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކުން 31 ޖުލައި 2017 ވާ ބުރާސްފަތި ދުވަހުގެ 13.00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 03 އޯގަސްޓް 2017 ވާ ބުރާސްފަތި ދުވަހުގެ 11.00 އަށް ޕްރޮޕޯސަލް ހުށަހެޅުއްވުންއެދެވެ.  ޕްރޮޕޯސަލް ހުށަހެޅުއްވޭނީ ކުންފުނި، ލޯކަލްއިންވެސްޓްމަންޓް، ކުލަބްޖަމްޢިއްޔާ ނުވަތަ ކޯޕަރޭޓިވް ސޮސައިޓީފަދަ ރެޖިސްޓެޑް ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯސަލްތަކާއި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ގެންނަ ޕްރޮޕޯސަލްތައް ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ. ޕްރޮޕޯސަލް ހުށަހަޅާނީ ސިޓީއުރައެއްގައި ބަންދުކުރެއްވުމަށްފަހު، މި ކައުންސިލުގެ އިދާރާއަށެވެ.

             މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

                   02 ޛުލްޤަޢިދާ 1438

                   25  ޖުލައި  2017

25 ޖުލައި 2017