ދިވެހިރާއްޖެ
ޖީ.އެސް. 3 |
ރޭންކް: |
އެޑްމިނިސްޓްރޭޓިވް އޮފިސަރ |
މަޤާމް: |
|
01 (އެކެއް) |
ޢަދަދު |
|||
އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ މެޖިސްޓްރޭޓް ކޯޓް |
މަސައްކަތްކުރަންޖެހޭތަން |
|||
4,465.00 (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަހެއް) ރުފިޔާ |
އަސާސީ މުސާރަ |
|||
- ސަރވިސް އެލަވަންސް: 1,500.00 (އެއްހާސް ފަސްސަތޭކަ) ރުފިޔާ. - ލިވިންގ އެލަވަންސް: 2,550.00 (ދެހާސްފަސްސަތޭކަފަންސާސް) ރުފިޔާ. - ޖުޑީޝަލް އެލަވަންސް: މުސާރައިގެ %20 އަދި، - ކަނޑައެޅިފައިވަ އުޞޫލުން އިތުރު ގަޑީގެ ފައިސާ. |
މިމަޤާމަށް ލިބޭ އެލަވަންސް |
|||
|
އަސާސީ ޝަރުތު ޝަރުތު |
|||
- އެކިއެކި ފޯމުތައް ދޫކުރުމާއި، ބަލައިގަތުމާއި، ފޯމުބަލައިގަންނައިރު ފޯމު ފުރިހަމަކޮށް ފުރާފައިވޭތޯ ބެލުމާއި، ފޯމާއެކު ހުށަހަޅާންޖެހޭ އެއްމެހައި ލިޔެކިޔުންތަށް ހަމަޔަށް ހުށަހަޅާފައިވޭތޯބެލުން. - ޝަރީޢާތުގެ މަޖިލީސްތައް ހިންގުމުގައި އިދާރީގޮތުން ކުރަންޖެހޭ އެއްމެހައިކަންތައްތައް ކުރުން، އެގޮތުން ކޯޓަށް ޙާޟިރުކުރަންޖެހޭ ފަރާތްތަކަށް ކޯޓަށް ޙާޟިރުވުމުގެ އަމުރު ލިޔެ ފޮނުވުމާއި، ކޯޓަށް ޙާޟިރުވުމުން ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުވާ ފަރާތްތައް ވެއްދުމާއި، މަޖިލީސް ނިމުމުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން. - ނަގަންޖެހޭ ބަޔާންތައް ނެގުމާއި، ރެކޯޑުކުރެވޭ ބަޔާންތައް ޓައިޕުކުރުމާއި، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ތައްޔާރުކުރުމުގައި އެހީތެރިވެދިނުން. - ހުށަހެޅޭ، ހިނގަމުންދާ އަދި ނިމޭ އެއްމެހައި މައްސަލަތަކާ ގުޅިގެން އިދާރީގޮތުން ކުރަންޖެހޭ އެއްމެހައި ކަންތައްތައްކުރުން، އެގޮތުން ފޮނުވަންޖެހޭ ސިޓީ، މެސެޖުތައް ފޮނުވުމާއި، ޖަވާބުދޭންޖެހޭ ސިޓީ، މެސެޖުތަކަށް ޖަވާބުދިނުމާއި، މައްސަލައިގެ ފައިލްތައް ބެލެހެއްޓުމާއި، އެންގޭ ގޮތެއްގެ މަތީން މައްސަލަތައް ތާވަލްކޮށް، ކޯޓުޝެޑިއުލް ބެލެހެއްޓުން. - އެކި މުއައްސަސާތަކަށް ފޮނުވަންޖެހޭ އެކިއެކި ރިޕޯޓުތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ތާރީޚާއި ގަޑިއަށް ފޮނުވުން. - މީގެ އިތުރުންވެސް ފައިސާއާއި، ތަކެއްޗާއި، އެނޫންވެސް ބަލައިގަންނަށްޖެހޭ ތަކެތި ބަލައިގަތުމާއި، ޙާވާލުކުރާންޖެހޭ ފަރާތްތަކަށް ހަމަޖެހިފައިވާ އުޞޫލުން ލިޔާންޖެހޭ ފޮތްތަކުގައި ލިޔެ ޙަވާލުކުރުމާއި، ވަރި ކައިވެނިފަދަ ކަންކަމުގައި އިދާރީގޮތުން ކުރާންޖެހޭ އެއްމެހައި ކަންތައްތައްކުރުމާއި، އެނޫންވެސް ވަޒީފާގެގޮތުން ކުރާންޖެހޭ އެއްމެހައި ކަންތައްތައްކުރުން. |
މައިގަނޑު މަސްއޫލިއްޔަތު |
|||
ވަޒީފާއަށް އެދޭ ފޯމު (މި ކޯޓުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވެބްސައިޓް: www.judiciary.gov.mv އިން ލިބެން ހުންނާނެއެވެ.) - ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. - ކުރިމަތިލާ ފަރާތުގެ ވަނަވަރު. - ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. - މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ޓްރާސްކްރިޕްޓްގެ ކޮޕީ. (ސެޓުފިކެޓް ލެވެލުން މަތީގެ ސެޓުފިކެޓްތައް ހުށަހަޅަންވާނީ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކުގެ ކޮޕީއެވެ.) - އަދާކޮށްފައިވާ ވަޒީފާތަކާއި، އަދާކުރަމުންދާ ވަޒީފާތަކާއި، އެ މަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކާއި، މަޤާމުގައިވީ މުއްދަތާއި، މަސްއޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ. - ފާއިތުވީ ދެއަހަރު ދުވަހުގެ މަސައްކަތު ފެންވަރު ބަލާފައިވާ ފޯމުގެ ކޮޕީ (މި ފޯމު ހުށަހަޅަންޖެހޭނީ، ހަމައެކަނި ދެވަނަ ޝަރުޠަށް ބަލައި، ޝަރުޠު ހަމަވާ ފަރާތްތަކުން) - ފޯމާއެކު ހުށަހަޅަންޖެހޭނެކަމަށް އިޢުލާނުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުންތައް ހުށަހަޅާފައިނުވާނަމަ، އެ ފޯމެއް ބާޠިލްކުރެވޭނެއެވެ. ނޯޓް: ވަޒީފާއަށްއެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް އެދި ހުށަހަޅާ ފޯމުގައި ބަޔާންކޮށްފައިވާ ލިޔުންތައް އޭގެ އަސްލާ އެއްގޮތްކަން ކަށަވަރުކުރާނީ، އިންޓަވިއުއަށް ހޮވޭ މީހުންގެ އެކަންޏެވެ. މިގޮތުން އިންޓަވިއުއަށް ހޮވޭ މީހުން އިންޓަވިއުއަށް ހާޒިރުވާއިރު، ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ލިޔުން ގެންނަންވާނެއެވެ. |
ވަޒީފާއަށްއެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި: |
|||
2017 އޯގަސްޓް 08 ވަނަ ދުވަހުގެ 12:00 ގެ ކުރިން. |
ސުންގަޑި |
|||
މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން، މަޤާމަށް އެންމެ އެކަށީގެންވާ ފަރާތެއް ހޮވާނީ، މަޤާމުގެ ވާޖިބުތައް އަދާކުރެވޭނެކަމަށް އިންޓަވިއުގައި ސާބިތުކޮށްދޭ ފަރާތްތަކުގެ ތެރެއިންނެވެ. - މި މަޤާމަށްއެދި ހުށަހަޅާ ފޯމުތަކުގެ ތެރެއިން އިޢުލާނާއި އެއްގޮތަށް ޝަރުޠު ފުރިހަމަނުވާކަމަށް މި ކޯޓުގެ އެޗް.އާރު ކޮމިޓީއަށް ފެންނަ ފޯމުތައް ކެންސަލް ކުރެވޭނެއެވެ. ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 20 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް ބަލައި، އިންޓަވިއު ޕެނަލުން ކަނޑައަޅާ އަދަދަކަށް އިންޓަވިއުކުރާނެ ފަރާތްތައް ޝޯޓް ލިސްޓް ކުރެވޭނެއެވެ. |
އިތުރު މަޢުލޫމާތު: |