ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)10-K/10/2017/23
ޕަބްލިޝްކުރި ތާރީޚް: 25 ޖުލައި 2017
ޕަބްލިޝްކުރި ގަޑި: 09:18
ސުންގަޑި: 30 އޮގަސްޓް 2017 13:00
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
ޖަމްޢިއްޔާތަކަށް އެހީގެ ގޮތުގައި ފައިސާ ދިނުން

 (IUL)10-K/10/2017/23 :ނަންބަރު      

 

އިޢުލާން

 

ޖަމްޢިއްޔާތަކަށް އެހީގެ ގޮތުގައި ފައިސާ ދިނުން

             ޖަމްޢިއްޔާތަކުގެ ދައުރު ފުޅާކޮށް، ޖަމްޢިއްޔާތަކުގެ ތަރައްޤީއަށާއި ޖަމްޢިއްޔާތަކުން ހިންގާ މަސައްކަތްތަކަށް ފައިސާގެ އެހީ ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެހީއަށް އެދި ހުށަހެޅޭނީ ޤާނޫނު ނަންބަރު 2003/1 (ޖަމްޢިއްޔާތަކާބެހޭ ޤާނޫނު) އާއި، އެ ޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާޢިދުތަކާ އެއްގޮތަށް ރަޖިސްޓްރީކޮށް ހިނގަމުންދާ ޖަމްޢިއްޔާތަކަށް އެކަންޏެވެ.

ޖަމްޢިއްޔާތަކުގެ ތަރައްޤީއަށް ފައިސާގެ އެހީ ދޫކުރުމުގެގޮތުން، އެކުލަވާލެވިފައިވާ އުޞޫލު މި މިނިސްޓްރީގެ ވެބްސައިޓް (http://homeaffairs.gov.mv) ގައި ޝާއިޢު ކުރެވިފައިވާނެއެވެ. އެހީގެ ގޮތުގައި ފައިސާ ދިނުމަށް މިއަހަރު ހަމަޖެހިފައިވާ ތީމްއަކީ "ޖަމްޢިއްޔާތަކުގެ މަޤްޞަދު ޙާޞިލްކުރުމަށް ހިންގޭ ޙަރަކާތްތަކަށް މަގު ތަނަވަސްކުރުމަށް، ދާއިމީ އިންތިޒާމް ހަމަޖެއްސުން" މި އެވެ. މިގޮތުން، ޖަމްޢިއްޔާތަކުން ޕްރޮޕޯޒަލް ހުށަހަޅަންވާނީ ޤާނޫނު ނަންބަރު 1/2003 (ޖަމްޢިއްޔާތަކާބެހޭ ޤާނޫނު)ގެ 21ވަނަ މާއްދާގެ (ހ) އަދި (ށ) އާ އެއްގޮތްވާގޮތުގެ މަތީން އުފެއްދުންތެރިކަން އިތުރުކުރުމާއި އާމްދަނީ އިތުރުކުރުރުމުގެ ޕްރޮގްރާމްތަކުގެ ތެރޭގައި ހިމެނޭ މަޝްރޫޢުތަކަށެވެ. ޖަމްޢިއްޔާތަކުން ފައިސާގެ އެހީއަށް އެދި ހުށަހަޅާ ހުށެހެޅުމުގައި ހިމަނަންޖެހޭ މަޢުލޫމާތު އަދި ޕްރޮޕޯޒަލްތަކަށް މާރކްސް ދީ އެހީ ދޭނެ ފަރާތްތައް ކަނޑައެޅުމުގައި ބަލާނެ މިންގަނޑުތައް ތިރީގައި ބަޔާން ކޮށްފައި އެވަނީއެވެ. 

ޖަމްޢިއްޔާތަކުން ފައިސާގެ އެހީއަށް އެދި ހުށަހަޅާ ހުށެހެޅުމުގައި ހިމަނަންޖެހޭ މަޢުލޫމާތު

  1. ޙަރަކާތް/ މަޝްރޫޢުގެ ނަން.
  2. ޙަރަކާތް/ މަޝްރޫޢުގެ ހިމެނޭ ދާއިރާ.
  3. އެހީ ބޭނުންކޮށްގެން ކުރާކަމެއްގެ މަޤްޞަދު:

    (މަޤްޞަދުގެ ތެރޭގައި މަޝްރޫޢުގެ ބޭނުމާއި މިހާރުގެ ޙާލަތު ތަފްޞީލުކޮށް ބަޔާން ކުރުން. އަދި ޕްރޮޖެކްޓް އަމާޒުކުރާ ކަމެއް ނުވަތަ މައްސަލައެއް ހައްލުކުރަން ބޭނުންވެފައިވާ މިންވަރު ބަޔާންކުރުން.)

  4. މަޝްރޫޢު ހިންގުމުން ގެނެވޭނެ ބަދަލު: 

    (މަޝްރޫޢު ހިންގުމުން ކުރީގެ ހާލަތު ބަދަލުވެ ލިބޭނެ ފައިދާ ނުވަތަ ނަތީޖާ. ސީދާގޮތުން އަދި ނުސީދާގޮތުން ފައިދާ ލިބޭނެ މީހުންގެ އަދަދު ބަޔާންކުރުން)

  5. ހުށަހަޅާ ޙަރަކާތުގައި ހިމެނޭ މައިގަނޑު ބައިތައް:

    (މަޝްރޫޢުގައި ގިނަ ޙަރަކާތްތައް އެކުލެވޭނަމަ މުހިންމު ބައިތައް ފާހަގަކޮށް ބަޔާންކުރުން)

  6. ޙަރަކާތް ހިންގުމަށް ރާވާފައިވާ ގޮތް:

    (ކުރުމަށް ރާވާފައިވާ ކަންކަން ކުރިޔަށްގެންދާނެ ގޮތުގެ ތާވަލަކާއި އިދާރީގޮތުން މަޝްރޫޢު ތަންފީޒު ކުރުމުގައި ކަންކަން ރާވާފައިވާ ގޮތް އަދި އެކަންކަމަށް ޒިންމާވާ މީހުންގެ މަޢުލޫމާތު)

  7. ޚަރަދު ތަފްސީލް:

    (މުޅި މަޝްރޫޢަށް/ ޙަރަކާތައް ހިނގާނެ ޚަރަދުގެ ތަފްސީލު. އަދި ލިބޭ އެހީއިން ކުރާނެ ޚަރަދުތަކުގެ ތަފްޞީލު. އަދި މަޝްރޫޢުއަށް/ޙަރަކާތައް އެކިއެކި ފަރާތްތަކުން ލިބިފައިވާ އެހީގެ ތަފްޞީލު. އަދި ޖަމްޢިއްޔާއިން މިކަމަށް ކުރާ ޚަރަދު/ހިއްސާގެ ތަފްޞީލު)

  8. ކުރާ ކަމެއްގެ ދެމެހެއްޓެނިވިކަން/ފީޒިބިލިޓީ.

  9. އިތުރު މަޢުލޫމާތު:

    (މަޝްރޫއަށް އެހީ ހޯދަން އެހެން ފަރާތްތަކަށް ހުށަހަޅާފައިވާ ނަމަ އެހީގެ ގޮތުގައި ހޯދަން އެދުނު ފައިސާގެ މިންވަރާއި ހުށަހެޅުނު ފަރާތްތަކުގެ މަޢުލޫމާތު. އެހީ ލިބޭނެކަމަށް އިޝާރާތެއް ލިބިފައިވާނަމަ އެކަމުގެ މައުލޫމާތު. މީގެ އިތުރުން ހިމަނަން ފެންނަ އިތުރު މަޢުލޫމާތު ބަޔާންކުރުން)

 

ޕްރޮޕޯޒަލް ތަކަށް މާރކްސް ދީ އެހީ ދޭނެ ފަރާތްތައް ކަނޑައެޅުމުގައި ބަލާނެ މިންގަނޑުތައް

 

 

މިންގަނޑު

މާރކްސް

ހ-

އެހީ އިން ކުރާކަމެއްގެ މަޤްޞަދު / ބޭނުން އަދި އެހީ ބޭނުންކޮށްގެން ކުރާ ކަމަކުން ލިބޭނެ ކަމަށް ބެލެވޭ ނަތީޖާ

30

ށ-

އެހީ ބޭނުންކޮށްގެން ކުރާކަމެއްގެ ދެމެހެއްޓެނިވިކަން

25

ނ-

އެހީ ލިބިގެން ހިންގާ/ކުރާ ކަމަކަށް ކުލަބު/ޖަމްޢިއްޔާއިން ކުރާނެ ޙިއްޞާގެ މިންވަރު

25

ރ-

އެހީ އިން ކުރާކަމަކާއި ސަރުކާރުގެ ސިޔާސަތާ ހުރި ގުޅުން

20

ޖުމުލަ

 

100

             ވީމާ، އެހީއަށް އެދި ހުށަހަޅަން ބޭނުންވާ ޖަމްޢިއްޔާތަކުން މި އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން  30 އޯގަސްޓް 2017 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ޕްރޮޕޯޒަލް މި މިނިސްޓްރީއަށް ހުށަހެޅުން އެދެމެވެ.

02  ޛުލްޤަޢިދާ 1438 

25 ޖުލައި 2017