ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)94-F/94/2017/2
ޕަބްލިޝްކުރި ތާރީޚް: 25 ޖުލައި 2017
ޕަބްލިޝްކުރި ގަޑި: 09:04
މޯލްޑިވްސް އިމިގްރޭޝަން
ދިވެހިރާއްޖެ
IM30 އަދި IM32 ގެބަދަލުގައި، ކޮންމެ ވީޒާއަކަށް އެދުނުކަމުގައިވިޔަސް 01 އޯގަސްޓް 2017 ގެފަހުން ހުށަހަޅަންޖެހޭނީ، މިހާރު އަލުން ފަރުމާކޮށް ވެބްސައިޓްގައި ވާ IM30 ފޯމް ކަމުގައި ދަންނަވަމެވެ.

            ރާއްޖޭގެ ބައިނަލްއަޤްއާމީ އެއަރޕޯޓްތަކާއި، ޑޮމެސްޓިކް އެއަރޕޯރޓްތަކުގައި މަސައްކަތްކުރާ އަދި މަސައްކަތްކުރަމުން އަންނަ ބިދޭސީން އަދި އެކި އެކި ޖަމުއިއްޔާ، ޖަމާއަތްތައް މެދުވެރިކޮށް ވޮލެންޓްރީ މަސައްކަތްކުރުމަށް ރާއްޖެއަންނަ ބިދޭސީން، އަދި ފޮޓޯގްރަފީ އާއި ވީޑިއޯގްރަފީ އަދި ނޫސްވެރިކަމާއި ގުޅުންހުރި މަސައްކަތް ކުރުމަށް ރާއްޖެއަންނަ ބިދޭސީން ސެކިއުރިޓީ ސްކްރީން ކުރުމުގެ މަސައްކަތް މިމުއައްސަސާއިން ދަނީކުރަމުންނެވެ. އަދި މިމަސައްކަތް، ޙިދުމަތް ހޯދާފަރާތްކަށް ލުއިފަސޭހަ ގޮތަކަށް ރާވާހިންގުމަށްޓަކައި، ސެކުއިރިޓީ ސްކްރީނިން ކުރާ ބިދޭސީ މީހާގެ މަޢުލޫމާތު ހުށަހަޅާ ފޯމަށްވަނީބަދުތަކެއް ގެނެވިފައެވެ.

            މިބަދަލާއިއެކު، ކުރިން ހުށަހަޅަންޖެހޭ IM30 އަދި IM32 ގެބަދަލުގައި، ކޮންމެ ވީޒާއަކަށް އެދުނުކަމުގައިވިޔަސް 01 އޯގަސްޓް 2017 ގެފަހުން ހުށަހަޅަންޖެހޭނީ، މިހާރު އަލުން ފަރުމާކޮށް ވެބްސައިޓްގައި ވާ IM30 ފޯމް ކަމުގައި ދަންނަވަމެވެ. 

            ވީމާ، 01 އޮގަސްޓް 2017 އިން ފެށިގެން، މަތީގައި ބަޔާންކުރެވިފައިވާ ޙިދުމަތްތަކަށް އެދި އެޕްލިކޭޝަން ފޯމު ހުށަހަޅުއްވާއިރު އަލަށް ފަރުމާކުރެވިފައިވާ IM30 ފޯމް ބޭނުންވާނެ ވާހަކަ އާންމުކޮށް އަންގައި އިޢުލާން ކުރީމެވެ. މި ފޯމު މޯލްޑިވްސް އިމިގްރޭޝަންގެ ވެބްސައިޓް htpp://immigration.gov.mv އިން ޑައުންލޯޑް ކުރެއްވޭނެ ވާހަކަވެސް ދެންނެވީމެވެ.

25 ޖުލައި 2017