ދިވެހިރާއްޖެ
WAMCO-CA/PR/2017/008
ނޫސް ބަޔާން
ވެމްކޯ މެނޭޖްމަންޓުން ދިވެހިން ބޭނުންވެގެން ހޯދަނީ
ވޭސްޓް ކަލެކްޝަން ސަރވިސް، ނުވަތަ ގޭބިސީތަކުން އުފެދޭ ކުނި ނެގުމުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން ކުނިއުކައިދިނުމުގެ ވަޒީފާއަށް މަސައްކަތު މީހުން އިތުރު ކުރުމަށް ވެމްކޯ އިން ވަނީނިންމާފައެވެ. އަދި މިކަމަށްޓަކައި 30 ޖުލައި 2017 ވާ އާދިއްތަ ދުވަހުގެ ހަވީރު 16:00 ން 20:00 އަށް އިންޑަސްޓްރިއަލް ވިލެޖުގައި ވަގުތުން ކުރިއަށްގެންދާ އިންޓަރވިއުތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ރާވާފައިވާ މި އިންޓަވިއުތަކަށް ވަޑައިގަންނަވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިއްޕަވައިގެން ވަޑައިގަތުމުން އިންޓަރވިއު ކުރެވޭނެއެވެ.
މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް ވެމްކޯގެ ހޮޓްލައިން 1666 އަށް ގުޅުއްވުން އެދެމެވެ.
1 ޒުލްގަޢިދާ 1438
24 ޖުލައި 2017