ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)L4.SM /2017/02
ޕަބްލިޝްކުރި ތާރީޚް: 24 ޖުލައި 2017
ޕަބްލިޝްކުރި ގަޑި: 14:33
ސުންގަޑި: 08 އޮގަސްޓް 2017 00:00
ފ. މަގޫދޫ ޞިއްޙީ މަރުކަޒު، ފ. މަގޫދޫ
ދިވެހިރާއްޖެ
މަސައްކަތު މީހެއްގެ ވަޒީފާ

އިޢުލާން މިމަރުކަޒުގެ، ތިރީގައިމިވާ މަޤާމަށް މީހަކު ހޯދަން ބޭނުންވެއްޖެއެވެ. މަޤާމް: މަސައްކަތު މަޤާމުގެ ނަންބަރު: J-254597 ބޭނުންވާ އަދަދު: 01 މަޤާމުގެ ގިންތި: ދާއިމީ މަޤާމުގެ ރޭންކް: އެސް . އެސް 1 މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1 ސެކްޝަން: އޭ ސެކްޝަން މަޤާމް އޮތް އޮފީސް: ފ.މަގޫދޫ ޞިއްހީ މަރުކަޒު ވަޒީފާ އަދާކުރަން ޖެހޭ ތަން: ފ.މަގޫދޫ ޞިއްހީ މަރުކަޒު މުސާރަ: މަހަކު -/3100 ރުފިޔާ ސަރވިސް އެލަވަންސް: މަހަކު -/1000 ރުފިޔާ އިތުރު އިނާޔަތްތައް: 1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް. 2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން. 3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް . މަޤާމުގެ ޝަރުތުތައް: 1. ލިޔަން ކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން. މަޤާމުގެ މަސްޢޫލިއްޔަތުތަކާއި ވާޖިބުތައް: 1. ޞިއްޙީމަރުކަޒުގެ ގޯތިތެރެއާއި އިމާރާތް ކުނިކަހައި ފޮޅާ ސާފުކުރުން. 2. ޞިއްޙީމަރުކަޒުން ރަށުގެ އެކިއޮފީސްތަކާއި، އެކިފަރާތްތަކަށް ހަވާލުކުރަންޖެހޭ ސިޓީފަދަތަކެތި ހަވާލުކުރުން. 3. ޞިއްޙީމަރުކަޒުގެ ދިދަނަގައި ތިރިކުރުން. 4. ޞިއްޙީމަރުކަޒުގައި އުފެދޭ ކުނި ރައްކާތެރިގޮތުގައި ނައްތާލުން. 5. ފުރާޅާއި ދިޔަދޮވި އަދި ފެންތާންގީތަކާއި ވަޅުތައް ދޮވެ ސާފްކުރުން. 6. އޮފީސް ބަންދުކުރުމުގެ ކުރިން ކުޑަދޮރުތަށް ލެއްޕުން. 7. ޞިއްޙީމަރުކަޒުގެ ދޮރުތަކާއި ފަންކާތައްސާފުކުރުމާއި، އަދި އޮފީސްބައިގެ ފާޚާނަތައް ދޮވެ ސާފުކުރުން. 8. ޞިއްޙީމަރުކަޒުގެ ގޯތިތެރޭގައި ގަސްހައްދާ ފެންދީ ބެލެހެއްޓުން. 9. އެޓެންޑެންޓުންގެ މަސައްކަތުގައި އެހީތެރިވުން. 10. އެޓެންޑެންޓް ނެތް ހާލަތްތަކުގައި އެޓެންޑެންޓުންގެ ވަޒީފާ ބަޔާނުގައި ހިމެނޭ އެންމެހާ ކަންތަޢްތައް ކުރުން. 11. ޞިއްޙީމަރުކަޒަށް އެކި ބޭނުންތަކުގައި އަންނަމީހުންނަށް ހުރިހާމާނައެއްގައިވެސް އަދަބު އިޙްތިރާމާއެކު މުޢާމަލާތުކުރުން. 12. ޞިއްޙީމަރުކަޒުން އެކިމުނާސަބަތުގައި ރާވާ ހިންގާ ހަރަކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވެ އުޅުން. 13. މަރުކަޒުންނާއި ސްޕަވައިޒަރ އަންގަވާ ކަންތައްތައް ކުރުމާއި އެހެންމުވަޒަފުންގެ މަސައްކަތުގައި އެހީތެރިވެދިނުން. 14. ސަރުކާރު މުވަޒަފުންގެ ޤަވައިދަށް ހުރުމަތްތެރިކޮށް ހިތުމާއި ތަނުގައި ހެދިފައިވާ ޤަވައިދުތަކާއި ތަނުގެ މަސްލަހަތާއި މުވަޒަފުންގެ އެކުވެރިކަމަށް ބާރުއަޅާ މަސައްކަތުގެ މާހައުލު ރަނގަޅުކުރުމަށް މަސައްކަތްކުރުން. 15. ކޮންމެކަމެއްވެސް ރަގަޅަށް ފަރުވާތެރިކަމާއެކު ދުވަހުން ދުވަހަށް ކޮށްނިންމުން. ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: 1. ތަޢުލީމާއި ތަމްރީނު. 2. މަސައްކަތުގެ ތަޖުރިބާ. 3. މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލުކަމުގެ ސިފަތައް ދެނެގަތުމަށް ކުރެވޭ އިންޓަވިއު ހުށަހަޅަންޖެހޭ ލިޔުންތައް: 1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު 2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް) 3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. 4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން. 5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛ )ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ) (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ. (ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. 6. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. 7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ. 8. މަސައްކަތުގެތަޖުރިބާ ދެނެގަތުމަށް،މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާލިޔުންތަކުގެ ކޮޕީ (ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. މަޤާމަށް އެދެންވީގޮތާއި ސުންގަޑި: ވަޒީފާއަށް އެދޭ ފޯމު ފ.މަގޫދޫ ސިއްޙީމަރުކަޒުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ދިވެހި ސިވިލް ސަރވިސްގެ (www.csc.gov.mv) ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2017 އޯގަސްޓް 08 ވާ އަންގާރަ ދުވަހުގެ 14.00 ގެ ކުރިން، ފ.ފީއަލި ސިއްޙީމަރުކަޒުގެ އޮފީހަށެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ. އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު: މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2017 އޯގަސްޓް 13 އާއި 14 ދެމެދު، ފ. މަގޫދޫ ސިއްޙީމަރުކަޒުގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ. ޝޯޓް ލިސްޓް ކުރުން: މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ: ޖުމްލަ އިންސައްތަ 25% މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ، މި މަރުކަޒުގެ 6740506 ނަންބަރު ފޯނަށް، ނުވަތަ 7909597 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. އީމެއިލް އެޑްރެސް، [email protected] އެވެ. 01 K 1438 24 ޖުލައި 2017
24 ޖުލައި 2017