ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL) 30-G/30/2017/97
ޕަބްލިޝްކުރި ތާރީޚް: 24 ޖުލައި 2017
ޕަބްލިޝްކުރި ގަޑި: 13:48
ސުންގަޑި: 31 ޖުލައި 2017 14:00
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިންޓަރނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް)ގެ އެހީގައި މިމިނިސްޓްރީ އިން ހިންގަމުންދާ ފިޝަރީޒް އެންޑް އެގްރިކަލްޗަރަލް ޑައިވަރސިފިކޭޝަން ޕްރޮގްރާމް އަދި މެރިކަލްޗަރ އެންޓަރޕްރައިސް ޑިވެލެޕްމެންޓް ޕްރޮޖެކްޓްއަށް ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން އެސިސްޓަންޓެއް ހޯދުމައް 12 ޖުލައި 2017ގައި ކުރި އިޢުލާން ((IUL) 30-G/1/2017/89) އަށް އެކަށިގެންވާވަރަށް ފަރާތްތަކުން ކުރިމަތިލާފައި ނުވާތީވެ، މިމަޤާމަށް މީހަކު ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

މަޤާމް:

ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން އެސިސްޓަންޓް(މެޑިޕް) ކަމް ސަޕޯޓް ސްޓާފް (ފަޑިޕް)

ބޭނުންވާ އަދަދު:

1 (އެކެއް)

ސެކްޝަން:

ޕްރޮގްރާމް އިމްޕްލިމެންޓޭޝަން ޔުނިޓް (ޕީ.އައި.ޔޫ)

މަސައްކަތް ކުރަންޖެހޭ ތަން:

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ، ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓް (ޕީ.އައި.ޔޫ، ހ. ވައިޓް ވޭވްސް)

ވަޒީފާގެ މުއްދަތު:

1 އަހަރު

މުސާރަ:

މުސާރަ: 15000-18000 ރުފިޔާ (ތަޢުލީމީ ފެންވަރު އަދި މަސައްކަތުގެ ތަޖްރިބާއަށް ބަލާފައި)

ޝަރުތު:

1-  ޕްރޮޖެކްޓް މެނޭޖްމަންޓް، ބިޒްނަސް ނުވަތަ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓްއިން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޚާސިލްކޮށްފައިވުން

2-  މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން

3-  ދިވެހި އަދި އިނގިރޭސިބަހުން ފަރިތަކަމާއިއެކު މުޢާމަލާތް ކުރުމާއި އެކު ރިޕޯޓް ތައްޔާރުކުރުމުގެ ގާބިލް ކަން ހުރި ފަރާތެއްކަމުގައި ވުން

4-  މެރިކަލްޗަރ، އަކުއަކަލްޗަރ، ދަނޑުވެރިކަމުގެ ދާއިރާ ނުވަތަ މަސްވެރިކަމުގެ ދާއިރާއިން މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެ.

ވަޒީފާގައި ކުރަން ޖެހޭ މަސައްކަތް:

މި މަޤާމުގައި ކުރަންޖެހޭ މަސައްކަތުގެ ތަފްސީލް "ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރު)" މި އިޢުލާންއާއި އެއްއުރަކުރަމެވެ.

ވަޒީފާ އަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި

1- ވަޒީފާ އަށް އެދި ހުށަހަޅާ ސިޓީ

2- ވަޒީފާ އަށް އެދޭ ފަރާތުގެ ވަނަވަރު

3- ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ (އަސްލާ އެއްގޮތް ކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހާ ސޮއިކޮށްފަ)

4- ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ލިޔުން

5- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

 

 

މަތީގައި ދެންނެވިފައިވާ މަޤާމްތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 31 ޖުލައި 2017 ވާ ހޯމަ ދުވަހުގެ 14:00 ކުރިން ސިޓީ ފޮނުއްވުން އެދެމެވެ. ވަޒީފާ އަށް އެދި ހުށަހަޅާ ސިޓީ އެޑްރެސް ކުރާނީ؛

ޕްރޮޖެކްޓް ޑިރެކްޓަރ

ޕްރޮގްރާމް އިމްޕްލިމެންޓޭޝަން ޔުނިޓް

ހ.ވައިޓް ވޭވްސް،  މޫންލައިޓް ހިނގުން

މިވަޒީފާއަށް އެދޭ ފަރާތްތަކުގެ ތެރެއިން އިންޓަރވިއު އަށް ގެނެވޭނީ ޝޯޓްލިސްޓްވާ ފަރާތްތައް އެކަންޏެވެ.

24 ޖުލައި 2017