މަޤާމު
|
ޕްރޮކިއުމަންޓް އޮފިސަރ
|
މަޤާމު ނަންބަރު
|
J-288728
|
ބޭނުންވާ އަދަދު
|
01
|
މަޤާމުގެ ގިންތި
|
ސަޕޯރޓް ސްޓާފް
|
މަޤާމުގެ ރޭންކް
|
ޖީ އެސް 4 (ޖެނެރަލް ސާރވިސް 4)
|
މަޤާމުގެ ކްލެސިފިކޭޝަން
|
އޮފިސަރ ގްރޭޑް 2
|
ސެކްޝަން
|
ކޯޕަރޭޓް
|
މަޤާމް އޮތް އޮފީސް
|
މޯލްޑިވްސް ލޭންޑް އެންޑް ސާރވޭ އޮތޯރިޓީ
|
ވަޒީފާ އަދާކުރަންޖެހޭ ތަން
|
މޯލްޑިވްސް ލޭންޑް އެންޑް ސާރވޭ އޮތޯރިޓީ، ކ. މާލެ
|
މުސާރަ
|
-/5020ރ
|
ސަރވިސް އެލަވަންސް
|
-/1500ރ
|
އިތުރު ޢިނާޔަތްތައް
|
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް.
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.
|
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް
|
- އޮތޯރިޓީގެ ސެކްޝަންތަކުން ގަންނަން އެދިފައިވާ ތަކެތި ނުވަތަ ހޯދުމަށް އެދިފައިވާ ޚިދުމަތްތަކާއި ގުޅިގެން ފައިސާ ޚަރަދުކުރުމުގެ ހުއްދަހޯދުމަށް ކުރަންޖެހޭ އެންމެހާ ކަންތައް ކުރުން.
- މުވައްޒަފު ކުރާ މަސައްކަތާއި ގުޅޭ ގޮތުން ލިޔަން ޖެހޭ ނޯޓް، މެމޯ ފަދަ ލިއުންތައް ލިޔެ ފޮނުވުން. އަދި އެ މުވައްޒަފަކު ކުރާ މަސައްކަތްތަކާއިބެހޭ ގޮތުން ސެކްޝަން ނުވަތަ ޔުނިޓްގެ ވެރިޔާއަށް ދުވަހުން ދުވަހަށް މަޢުލޫމާތުދެވޭގޮތަށް ރެކޯރޑްސް ބެލެހެއްޓުން.
- އޮތޯރިޓީގެ ސްޓޮކަށް ބޭނުންވާ ތަކެތި ވެރިންގެ ލަފާގެ މަތިން ހޯދާބެލެހެއްޓުން
- އޮތޯރިޓީން ޚިދުމަތް ހޯދާފައިވާ ފަރާތްތަކުން ހުށަހަޅާފައިވާ ބިލްތަކަށް ފައިސާދެއްކުމަށްޓަކައި ފައިނޭންސް ޔުނިޓަށް ފޮނުވުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްކުރުން.
- ޕްރޮކިއުމެންޓް ޔުނިޓަށް ރޫޓް ކުރެވޭ ހުރިހާ ލިޔެކިޔުންތަކަށް ވެރިއެއްގެ މަޝްވަރާއާއެކު، ޖަވާބުދަރީވެ، ސެކްޝަން/ޔުނިޓްތަކުން އެދޭ ކަންތައްތައް ހަމަޖައްސައިދިނުން.
- އޮތޯރިޓީއަށް ބޭނުންވެގެން ގަންނަން ޖެހޭ ތަކެތީގެ ތެރެއިން، އެ ތަކެތި ލިބެން ހުންނަ ތަންތަނަށް ގޮސް އެތަކެތި ހޯދުމަށް ކުރަންޖެހޭ މަސައްކަތުގައި ކަމާއިބެހޭ މުވައްޒަފުންނަށް އެހީތެރިވެދިނުން.
- އޮތޯރިޓީއިން ހިންގާ އެކިއެކި މަޝްރޫޢުތަކާއި ގުޅިގެން ހޯދަންޖެހޭ ތަކެއްޗާއި ޚިދުމަތް ހޯދުމަށް އޮތޯރިޓީގެ ސެކްޝަންތަކުންނާއި ޕްރޮކިއުމަންޓުން ކުރެވޭ އިޢުލާންތަކާއި ގުޅިގެން ލިބޭ ބިޑް ޕްރޮޕޯސަލްގެ ކަންކަން ސަރުކާރުގެ މާލިއްޔަތުގެ ޤަވާޢިދާއި އެއްގޮތަށް ސެކްޝަނުގެ ކަމާއިބެހޭ މުވައްޒަފުންނާއި ގުޅިގެން ކުރުން.
- އޮތޯރިޓީއިން ނީލަމަށް ފޮނުވަންޖެހޭ ތަކެތި، ނީލަން ފިހާރައާއި ވާހަކަ ދައްކައިގެން ޖާގައެއް ލިބޭ އެންމެ އަވަހަކަށް ނީލަމަށް ފޮނުވުމާއި އެކަމާގުޅިގެން ކުރަންޖެހޭ އެންމެހާ އިދާރީ މަސައްކަތްތައް ވެރިންގެ ލަފައާއިއެކު ކުރުން.
- އަދި އެ މުވައްޒަފަކު ކުރާ މަސައްކަތްތަކާއިބެހޭ ގޮތުން ސެކްޝަން ނުވަތަ ޔުނިޓްގެ ވެރިޔާއަށް ދުވަހުން ދުވަހަށް މަޢުލޫމާތުދެވޭގޮތަށް ރެކޯރޑްސް ބެލެހެއްޓުން.
- މާލިއްޔަތުގެ ޤަވާޢިދުގެ ބާބު 8 ގައިވާ ގޮތުގެ މަތިން، އޮތޯރިޓީގެ އެކި ސެކްޝަންތަކަށް ބޭނުންވެގެން ރާއްޖެއާއި ރާއްޖެއިން ބޭރުން ހޯދަންޖެހޭ ޚިދުމަތާއި ތަކެތި، ހޯދައިދިނުން.
- އޮތޯރިޓީގެ ފަރާތުން ހިންގާ އެކިއެކި މަސައްކަތްތަކާއި ގުޅިގެން ހުށަހެޅޭ ބިޑުތައް އިވެލުއޭޓްކޮށް އެޖެންސީގެ ޓެންޑަރ ކޮމިޓީން ނިންމެވި ގޮތެއްގެމަތިން އެމަސައްކަތަށް ހޮވުނު ފަރާތަކަށް އެކަން އަންގާ މަސައްކަތް ޙަވާލުކުރުމަށް ކަމާބެހޭ ސެކްޝަނަކަށް ފޮނުވުން.
- އޮތޯރިޓީއަށް ބޭނުންވެގެން ގަންނަން ޖެހޭ ތަކެތި ހޯދުމުގެ މަސައްކަތް ކޯޑިނޭޓްކުރުން
- އޮތޯރިޓީގެ ފަރާތުން ރާއްޖެއާއި ރާއްޖޭން ބޭރަށް ކުރަންޖެހޭ ދަތުރުތަކުގެ ލޮޖިސްޓިކްސް ބެލެހެއްޓުން.
- އޮތޯރިޓީއިން ރާވައިގެން ހިންގާ ސެމިނާރ، ވޯކްޝޮޕްތަކާއި ގުޅިގެން ޕްރޮކިއުމެންޓުން ހަމަޖައްސަން ޖެހޭ ކަންތައްތައް ކަމާއިގުޅޭ ފަރާތްތަކާއި ގުޅިގެން ވެރިންގެ ލަފައާއި އެކު ހަމަޖެއްސުން.
- އޮތޯރިޓީން ރާވައިގެން ހިންގާ ފަންކްޝަންތަކާ، ސެމިނާ، ވޯކްޝޮޕް ތަކުގެ ލޮޖިސްޓިކް ބެލެހެއްޓުން.
|
މަޤާމުގެ ޝަރުޠުތައް
|
މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު:
- އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް ދާއިރާއަކުން ދިވެހި ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލް ކޮށްފައިވުން،
ނުވަތަ
- މަތީ ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއި އެކު، އޭގެ އިތުރުން ހަޔަރ ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައި ވުން،
ނުވަތަ
- ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، އޭގެ އިތުރުން ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައި ވުމާއި އެކު، މަގާމުގެ މަސައްކަތު ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
|
- ތަޢުލީމާއި ތަމްރީން.
- މަސައްކަތުގެ ތަޖުރިބާ.
- އިންޓަރވިއު.
- ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ ފަރާތެއްކަމުގައިވުން.
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމް
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަންއަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފހުގެ ލިޔުން.
- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ،
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
(ށ) ރާއްޖޭގައި ރަޖީސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން.
(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
- ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
- ސިވިލް ސަރިވސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ
(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި
|
ވަޒީފާއަށް އެދޭ ފޯމި މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ www.surveyofmaldives.gov.mv ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 10 އޯގަސްޓް 2017 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. ފެކްސް ނަންބަރަކީ، 3004254 އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.
|
ޝޯޓް ލިސްޓްކުރުން
|
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ
|
%30
|
އިތުރު މަޢުލޫމާތު ހޯދުން
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3004258 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 3004254 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
|
01 ޛުލްޤައިދާ 1438
24 ޖުލައި 2017
|