މަސައްކަތް
ނަންބަރު: GS110/IUL/2017/22
ޕަބްލިޝްކުރި ތާރީޚް: 19 ޖުލައި 2017
ޕަބްލިޝްކުރި ގަޑި: 07:45
ސުންގަޑި: 30 ޖުލައި 2017 11:00
ގޮއިދޫ ސްކޫލް/ ށ.ގޮއިދޫ
ދިވެހިރާއްޖެ
ކަރަންޓް މައްސަލަތައް ހައްލުކޮށްދޭނެ ފަރާތެއް ހޯދުމަށް

މިސްކޫލްގެ ކަރަންޓް މައްސަލަތައް ހައްލުކޮށްދޭނެ ފަރާތެއް ހޯދުމަށް 2017 ޖުލައި 18 ގައި ކުރި ނަމްބަރ GS110/IUL/2017/18 އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރި ފަރާތްތަކުގެ ތެރެއިން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައި ނުވާތީ އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރީމެވެ.

މި ސްކޫލްގެ ކަރަންޓް މައްސަލަތައް ހައްލުކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ. ވީމާ، މި ސްކޫލުން ދެވޭ މަޢުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދެއްވަން ބޭނުންފުޅުވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

 

މަޢުލޫމާތު ސާފުކުރުން

2017 ޖުލައި 30 ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:00 ގައި.

އަންދާސީހިސާބު ހުށަހެޅުން

2017 އޮގަސްޓް 08 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 ގައި.

 

މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރުނުވާ ފަރާތްތަކާއި، ކަނޑައެޅިފައިވާ ވަގުތުގެފަހުން ގެންނަ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން 13:30 އަށް 6540582 ނަންބަރު ފޯނާއެވެ.                                                                  

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

19 ޖުލައި 2017