ވަޒީފާގެ ފުރުޞަތު
ނަންބަރު: GS33/2017/19
ޕަބްލިޝްކުރި ތާރީޚް: 23 ޖުލައި 2017
ޕަބްލިޝްކުރި ގަޑި: 14:05
ސުންގަޑި: 06 އޮގަސްޓް 2017 12:00
ބ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ޕްރިންޓަރ

 

މި މަދަރުސާގެޕްރިންޓަރ މަޤާމަށް މީހަކު ހޯދުމަށްޓަކައި މި  މަދަރުސާއިން ކޮށްފައިވާ GS33/2017/16  ނަންބަރުގެ އިޢުލާނުގައި ޝަރުތުހަމަވާ ފަރާތަކުން ކުރިމަތިލާފައިނުވާތީ އެ އިއުލާން ބާތިލުކޮށް އަލުން އިއުލާން ކުރަމެވެ.

މަގާމު:                        ޕްރިންޓަރ

މަޤާމް ނަންބަރު:                 J-259060 

ބޭނުންވާ ޢަދަދު:                 01 

މަޤާމްގެ ގިންތި:                 ދާއިމީ

މަޤާމްގެ ރޭންކް:                އެސް.އެސް 03         

މަޤާމްގެ ކްލެފިކޭޝަން:           ސަޕޯޓް ސްޓާފް ގްރޭޑް 3

ސެކްޝަން:                އިދާރީ

މަޤާމް އޮތް އޮފީސް:           ބ. އަތޮޅު މަދަރުސާ/ ބ. ދަރަވަންދޫ

ވަޒީފާ އަދާކުރަންޖެހޭ ތަން:       ބ. އަތޮޅު މަދަރުސާ/ ބ. ދަރަވަންދޫ

މުސާރަ:                      -/3875 ރުފިޔާ

ސަރވިސް އެލަވަންސް:            -/1000 ރުފިޔާ. 

އިތުރު ޢިނާޔަތްތައް:               1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސް ފަރުވާގެ ޚިދުމަތް.

                               2. ދިވެހި ރާއްޖޭގެ ޕެންޝަނާއި ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

                               3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ.

                                   (އަދި މީގެ އިތުރުން މަޤާމަށް ކަނޑައެޅިފައިވާ އިނާޔަތްތައް)

ދާއިރާ:                      އިންފޮމޭޝަން ޓެކްނޮލޮޖީ

 މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:            

  1. ޗާޕްކުރަން ޖެހޭ ޓެސްޓު ޕޭޕަރު، ނޯޓިސް ،ފޮޓޯކޮޕީ ހަދަންޖެހޭތަކެތި ކަނޑައެޅިފައިވާ ގަޑިއަށް ޗާޕުކޮށްފައި ޙަވާލުކުރުން
  2. ޕްރިންޓްކުރާތަކެތީގެ ކޮޕީފައިލްކޮށްބެލެހެއްޓުން
  3. ކޮންމެއަހަރަކުވެސްޖެނުއަރީ 8 ގެކުރިން ޓީޗަރުންގެ ހޭންޑްބުކް، ވެރިއެއްގެލަފާގެމަތިން ތައްޔާރުކޮށް ނިންމައި ޙަވާލުކުރުމާއި،ޕްރައިޒްޑޭ ފަދަޚާއްޞަދުވަސްތަކުގައ ޗާޕްކުރާފޮތްތައް ކަނޑައެޅިފައިވާދުވަހަށްނިންމުން
  4. ބައިންޑްކުރުމާއިލެމިނޭޓްކުރުން
  5. ޕްރިންޓިންގ ރޫމްގައި ހުންނަ ހުރިހާ މެޝިނަރީއާއި އެހެނިހެން ތަކެއްޗަށް ރައްކާތެރިވުމާއި އެތަކެތިބެލެހެއްޓުން
  6. އޮފީހަށާއި ޓީޗަރުންނަށް ބޭނުންވާތަކެތި ވެރިއެއްގެލަފާގެމަތިން ފޮޓޯކޮޕީހަދައިދިނުން
  7. ފޮޓޯކޮޕީ މެޝިންތަކާއި، ޗާޕްމެޝިން އަދިއެހެނިހެންޕްރިންޓަރތައް ރަގަޅަށް ސާފުކޮށްބެލެހެއްޓުމާއިއެކު މެޝިނަކަށްމައްސަލައެއް މެދުވެރިވެއްޖެނަމަ އެކަމެއްގެ މަޢުލޫމާތު ކަމާބެހޭވެރިއަކަށް ވަގުތުން ދިނުމާއި އެކަންހައްލުކުރުމަށް ކަމާބެހޭފަރާތްތަކާއި ގުޅައިގެން މަސައްކަތްކުރުން.
  8. ޕްރިންޓްކުރުމަށްބޭނުންވާކަރުދާހާއިދެލިފަދަތަކެތިދުރާލާހޯދުން
  9. އޮފީހުންކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައިބައިވެރިވުމާއި، އޮފީހުގެމަސައްކަތުގެ ދާއިރާގެތެރެއިން ޙަވާލުކުރެވޭ އެހެނިހެންކަންތައްތައްކުރުން.

ޝަރުތު:                                

1.      މަޤާމަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެސް/ހުއްދައެއް/ސަނަދެއް ހާސިލްކޮށްފައިވުމާއެކު އިންފޮމޭޝަން ޓެކްނޮލޮޖީގެ  ދާއިރާގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

2.      އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 1 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

 

ހުށަހަޅަންޖެހޭތަކެތި:

1.      ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު.

2.      ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭ ގޮތަށް )

3.      ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4.      ސިވިލް ސަރވިސްއަށް  / ސަރުކާރަށް ޚިދުމަތްކުރުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއި މެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

5.      ލިބިފައިވާ ހުރިހާ ތަޢުލީމީ ޝެޓްފިކެޓްތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމްދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގުރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތައުލީމުދޭ މަރުކަޒުން ހިންގާ ރާއްޖެއިން ޕްރޮގުރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއިއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވެވޭކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޯށްގެން ހިންގާ މަތީ ތަޢުލީމްދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގުރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސްގެ ޓްރޭނިންގް އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

 6. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީންތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

 7. ސިވިލް ސަރިވިސްގެ ވަޒީފާއަށް ވަނުމަށްދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ

  އިންސްޓިޓިއުޓުން ދޫކުރައްވާފައިވާ ސެޓްފިކެޓްގެ ކޮޕީ.

 8. މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

     (ހ) ސިވިލް ސާރިވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

     (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމް ބ. އަތޮޅު މަދަރުސާގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސްގެ ވެބްސައިޓުން މިފޯމް ޑައުންލޯޑްވެސް ކުރެވޭނެއެވެ.

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 06 އޮގަސްޓް 2017 ވާ އާދިއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ބ. އަތޮޅު މަދަރުސާގެ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްގެންވެސް ބަލއިގަނެވޭނެ ވާހަކަ ދަންނަވަމެވެ. މިސްކޫލްގެ އީމެއިލް އެޑްރެހަކީ [email protected] އެވެ. އަދި މިސްކޫލްގެ ފެކްސް ނަންބަރަކީ 6600035 އެވެ. އެޕްލިކޭޝަން ފޯމާއި އެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައިވާ ނުވާނަމަ އެޕްލިކެޝަން ބާޠިލް ކުރެވޭނެއެވެ.

އިންޓަރވިއު ކުރުން:

    މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 09 އޮގަސްޓް 2017 އިން 10 އޮގަސްޓް 2017 އާއި ދެމެދު ބ. އަތޮޅު މަދަރުސާ ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚަށް އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން 

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތުހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށް ވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

މި މަޤާމަށް ޢައްޔަން ކުރުމަށް ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު މާކްސްގެ ޖުމްލަ އިންސައްތަ %25 (ފަންސަވީސް އިންސައްތަ) އަށްވުރެ މަތިވާން ޖެހޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6600034 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 6600035 އެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ.

 
23 ޖުލައި 2017