ދިވެހިރާއްޖެ
އިޢުލާން
2017 ވަނަ އަހަރުގެ އިނާމް ދިނުމުގެ ޖަލްސާއަށް ޕްލާކް ހަދަން ބޭނުންވެއްޖެ
މި މަދަރުސާއިން ދޭ މަޢުލޫމާތާއި ދައްކާ ނަމޫނާއާ އެއްގޮތަށް ޕްލާކް ހައްދަވައިދެއްވާނޭ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް އިހަވަންދޫ ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން އިހަވަންދޫ ސްކޫލަށް ވަޑައިގެންދެއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅުއްވަން ވާނެއެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބުތަކާއި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6500096 ނަންބަރު ފޯނާއެވެ.
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީހިސާބު ހުށަހެޅުމާއި ހުޅުވުން |
7 އޮގަސްޓް 2017 (ހޯމަ) 13:30 އަށް |
17 އޮގަސްޓް 2017 (ބުރާސްފަތި) 13:30 އަށް |
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިއްޕަވައިގެން ވަޑައިގެންނެވުން އެދެމެވެ. މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ. ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓެއް ފަދަ ތަނަކުން މަޢުލޫމާތު ސާފު ކުރުމަށް ނުވަތަ އަންދާސީ ހިސާބު ހުށައެޅުމަށް ވަޑައިގަންނަވާއިރު އެކަން އެނގޭނެ އެތަނެއްގެ ރަސްމީ ސިޓީއަކާއި އެތަނެއްގެ ރަޖިސްޓަރީގެ ކޮޕީއެއް ގެންނަން ވާނެއެވެ. އަދި ފަރުދީ ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކުންވެސް ފަރުދީ ވިޔަފާރި ރަޖިސްޓަރީގެ ކޮޕީއެއް (ކުރުމަށް ހުއްދަ ލިބިފައިވާ މަސައްކަތްތަކާއެކު) ގެންނަން ވާނެއެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ބަންދު ނޫން ދުވަސްދުވަހުގެ ހެނދުނު 8:00 އިން 14:00 އަށް 6500096 ނަންބަރު ފޯނާއެވެ.
29 ޝައްވާލް 1438