ޢާންމު މަޢުލޫމާތު
ނަންބަރު: J-117786
ޕަބްލިޝްކުރި ތާރީޚް: 23 ޖުލައި 2017
ޕަބްލިޝްކުރި ގަޑި: 13:43
ސުންގަޑި: 03 އޮގަސްޓް 2017 13:00
ނަޑެއްލާ ސުކޫލް
ދިވެހިރާއްޖެ
މަސައްކަތު މީހަކު ބޭނުންވެއްޖެ

 

          މަޤާމް:

މަސައްކަތު

 

މަޤާމުގެ ނަންބަރު:

J-117786

 

ބޭނުންވާ އަދަދު:

1 (އެކެއް)

 

މަޤާމުގެ ގިންތި:

ދާއިމީ

 

މަޤާމުގެ ރޭންކް:

އެސް. އެސް 1

 

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 1

 

ސެކްޝަން:

އެޑްމިން

 

މަޤާމް އޮތް އޮފީސް:

ނަޑެއްލާ ސްކޫލް

 

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ނަޑެއްލާ ސްކޫލް

 

މުސާރަ:

-/3100 ރުފިޔާ

 

ސަރވިސް އެލެވަންސް:

-/1000 ރުފިޔާ

 

އިތުރު ޢިނާޔަތްތައް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

ވަޒީފާގައި ކުރަންޖެހޭ މައިގަޑު މަސައްކަތްތައް:

 

ސްކޫލު ގޯތިތެރެއާއި މަގުމަތި އަދި ކްލާސްތައް ސާފުކޮށް ބެލެހެއްޓުން

  • ހަމަޖެހިފައިވާ އުސޫލުން ސްކޫލު ގޯތިތެރެއާއި މަގުމަތިން ޙަވާލު ކުރެވިފައިވާ ސަރަޙައްދު ކުނިކަހައި ސާފުކުރުން.
  • ކްލާސްތައް ކުނިކަހައި ސާފުކޮށް ބެލެހެއްޓުން.
  • ޙަވާލު ކުރެވިފައިވާ ކްލާސްތަކުގައިވާ ފަރުނީޗަރުތައް ހިރަފުސް ފޮޅާ ސާފުކޮށް ތަރުތީބު ކުރުން.
  • ފަހު ދަންފަޅި ނިމުމުން ކްލާސްތަކުގެ އެންމެހައި ކުޑަދޮރުތައް ހުރީ ތަންޑުއެޅުވިފައިކަން ކަށަވަރު ކުރުން އަދި ބޮޑު ދޮރު ލައްޕާފައި ބެހެއްޓުން .
  • ޙަވާލުކުރެވިފައިވާ ސަރަޙައްދުގައިވާ އެއްވެސް އެއްޗަކަށް ގެއްލުމެއް ލިބިފައިވާނަމަ އެކަން ވަގުތުން އިސްވެރިޔަކަށް އެންގުން.

ސްކޫލުގެ އެހެނިހެން ޢިމާރާތްތައް ސާފުކޮށް ބެލެހެއްޓުން

  • ސްޓާފްރޫމް މަދުވެގެން ދުވާލަކު އެއްފަހަރު ކުނިކަހައި ސާފުކުރުން.
  • ސްޓާފްރޫމްއާއި ކޮމްޕިޔުޓަރ ލެބް އަދި ލައިބްރަރީގައިވާ ފަރުނީޗަރުތައް މަދުވެގެން ހަފްތާއަކު 02 ފަހަރު ހިރަފުސްފޮޅައި ސާފުކުރުން.
  • އޮފީސް ޢިމާރާތާއި ޕްރިންސިޕަލް ކެބިން މަދުވެގެން ދުވާލަކު އެއްފަހަރު ކުނިކަހައި ސާފުކޮށް މޮޕް ޖެހުން.
  • އޮފީސް ޢިމާރާތުގައާއި ޕްރިންސިޕަލް ކެބިންގައިވާ ފަރުނީޗަރުތައް، މަދުވެގެން ހަފްތާއަކު 02 ފަހަރު ހިރަފުސްފޮޅައި ސާފުކުރުން.
  • ސްކޫލުގެ ފާހާނާބަރި ދޮވެ ސާފުތާހިރުކޮށް ބެލެހެއްޓުން.
  • ސްކޫލުގެ އެހެނިހެން ޢިމާރާތްތައް ސްޕަވައިޒަރު އަންގައިފި ޙާލަތެއްގައި އެއެންގި އުސޫލަކުން ސާފުކުރުން.

ސްކޫލުގެ މުވައްޒަފުންނަށް ދާއިރާއާއި ގުޅުންހުރި ކަންކަމުގައި އެހީތެރިވުން

  • މުދައްރިސުންނާއި އިދާރީ މުވައްޒަފުން ސްކޫލާއި ގުޅުންހުރި މަސައްކަތެއްކޮށްދިނުމަށް އެދިއްޖެނަމަ އެއެދުނު ކަމެއް ކޮށްދިނުން. މީގެ ތެރޭގައި ހިމެނެނީ މުދައްރިސުން ދެއްވާ ސްލިޕްކޮޅުތައް ބެހުމާއި، އިދާރީ މުވައްޒަފުން  ޙަވާލުކުރާ އިޢުލާންތައް ސްކޫލާއި ރަށުގެ ތަންތަނުގައި ހަރުކުރުން، އަދި އިދާރާއިން އެދިއްޖެ ޙާލަތެއްގައި ބެލެނިވެރިންނަށް އެދޭން ބޭނުންވާ މެސެޖް ރައްދުކޮށްދިނުންފަދަ ކަންކަމެވެ.

އިތުރު ޙަރަކާތްތައް ރާވާ ހިންގުމުގައި އެހީތެރިވުން

  • ސްކޫލުގެ ދަރިވަރުންނާއި ސްކޫލުގެ ކުރިއެރުމަށް ރާވާ ހިންގޭ އިތުރު ހަރަކާތްތަކުގައި ބައިވެރިވާން ސްކޫލުން އަންގައިފި ޙާލަތެއްގައި އަމަލީގޮތުން ބައިވެރިވެ އެކަމެއް ކާމިޔާބު ކުރުމަށް ހުރިހާ މާނައެއްގައިވެސް މަސައްކަތްކުރުން. އަދި އެފަދަ ހަރަކާތެއްގައި އިސްކޮށް ހަރަކާތްތެރިވުމަށް ޙަވާލުކުރެވިއްޖެނަމަ އެހަރަކާތެއް ބާއްވަން ކަނޑައެޅިފައިވާ ތާރީޚްގައި ބާއްވާ ކާމިޔާބުކަމާއެކު ކޮށް ނިންމުން.
  • ސްކޫލުގައި ފާހަގަ ކުރާދުވަސްތަކާއި މުނާސަބަތުތަކުގައި ޙަވާލުކުރެވޭ ކަންތައްތައް ކަނޑައެޅިފައިވާ ގަޑިއަށް ފަރުވާތެރިކަމާއެކު ކޮށް ނިންމުން.

މަސައްކަތްތައް ދުވަހުން ދުވަހަށް ނިންމުން

  • ޙަވާލުކުރެވިފައިވާ މަސައްކަތެއް ޙަވާލުކުރެވުނު މުއްދަތަށް އެއްވެސް ސަބަބަކާއިހުރެ ނިންމުމަށް ޢުޒުރުވެރިވެއްޖެނަމަ އެކަން ކުރިޔާލައި ސްޕަވައިޒަރަށް އަންގައި ސްޕަވައިޒަރުގެ ލަފާގެ މަތިން ދެންކުރިއަށްދާންވީ ކިހިނެއްތޯބަލައި އެގޮތަކަށް އަމަލުކުރުން.
  • ޗުއްޓީ، ސަލާމް އަދި ޢާއިލީ ޒިންމާގައި ހުރުމަށްފަހު ވަޒީފާއަށް ނިކުންނައިރު ޙަވާލުކުރެވިފައިވާ އެއްވެސް މަސައްކަތެއް ނުނިމިވާނަމަ ނިކުންނަތާ ހަފްތާއެއްގެތެރޭގައި އެމަސައްކަތްތައް ނިންމުން.

ބަދަލު އިންތިޒާމް

  • އޮފީހުގެ އެހެން މުވައްޒަފަކަށް ޙަވާލުކުރެވިފައިވާކަމެއް އެމުވައްޒަފުގެ ބަދަލުގައި ކުރަން ޙަވާލުކުރެވިއްޖެނަމަ އެކަމެއް ކުރަންރޭވިފައިވާގޮތަށް، ކަނޑައެޅިފައިވާ ވަގުތަށް ފުރިހަމަކޮށް ކާމިޔާބުކަމާއެކު ނިންމުން .

އެހެނިހެން  މަސައްކަތްތައް

  • ޙަވާލުކުރެވިފައިވާ ސަރަޙައްދުގައިވާ ގަސްތައް ކޮށަންޖެހިއްޖެ ޙާލަތެއްގައި ކޮށުން.
  • ޙަވާލުކުރެވިފައިވާ ސަރަޙައްދުގައިވާ ވިނަނޮޅަން ޖެހޭތަނެއްވާނަމަ ވިނަނޮޅުން.
  • ޙަވާލުކުރެވޭ ސަރަޙައްދުގައިވާ ދިޔަދޮވިތަކާއި ފުރާޅު ސާފުކުރަން ޖެހިއްޖެ ޙާލަތެއްގައި ސާފުކުރުން.
  • ފެންތާނގީތައް ސާފުކުރަން ޖެހިއްޖެ ޙާލަތެއްގައި ސާފުކޮށް ފެންނެގުން.
  • ސްކޫލުން މުދައްރިސުންނާއި ބެލެނިވެރިން، އަދި ދަރިވަރުންނަށް ޚިދުމަތެއް ފޯރުކޮށްދޭން އެންގިއްޖެ ޙާލަތެއްގައި އެފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ޒިންމާދާރުކަމާއިއެކު ފޯރުކޮށްދިނުން.

 

 

މަޤާމުގެ ޝަރުޠުތައް:

ލިޔަން ކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު ނުވަތަ ޤާބިލުކަން ލިބިފައިވުން.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

  1. ޙާޞިލްކޮށްފައިވާ ތައުލީމާއި، ތަމްރީނަށްބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ އަށް ބަލައިގެން.
  3. މަސައްކަތުގެ ހުނަރާއި، ޤާބިލުކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް ދެނެގަތުމަށް އިންޓަރވިއު ކޮށްގެން.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު ނަޑެއްލާ ސްކޫލް ކައުންޓަރ އިންނާއި ސިވިލް ސާވިސްގެ ވެބްސައިޓް www.csc.gov.mv   އިން ލިބިވަޑައިގަންނަވާނެއެވެ. މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހަޅާނީ 03 އޮގަސްޓް 2017 ވާ ބުރާސްފަތި ދުވަހުގެ 13.00 ގެ ކުރިން، ނަޑެއްލާ ސްކޫލް ކައުންޓަރ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔެކިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ.   އީ-މެއިލް އެޑްރެހަކީ، [email protected]  އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 07 އޮގަސްޓް 2017 އާއި 09 އޮގަސްޓް 2017 އާ ދެމެދު، ނަޑެއްލާ ސްކޫލުގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

ޝޯޓް ލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

މި މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތައަކީ %25 އެވެ.

 

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ  6840064  ނަންބަރު ފޯނާއެވެ.

 

23 ޖުލައި 2017