ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)177-A2/1/2017/12
ޕަބްލިޝްކުރި ތާރީޚް: 23 ޖުލައި 2017
ޕަބްލިޝްކުރި ގަޑި: 11:39
ސުންގަޑި: 25 ޖުލައި 2017 14:00
ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް
ދިވެހިރާއްޖެ
"އިންޓަރނޭޝަނަލް ފެސްޓިވަލް ފޮ ރިލިޖިސް އެންޑް ސޫފި މިއުޒިކް" ގައި ބައިވެރިވުމުގެ ފުރުޞަތު

މިޞްރުގެ މިނިސްޓްރީ އޮފް ކަލްޗަރ އިން އިންތިޒާމްކުރައްވައިގެން މިއަހަރުގެ ސެޕްޓެމްބަރ މަހުގެ 20 ން 27 އަށް ކައިރޯގައި ބޭއްވުމަށް ހަމަޖެހިފައިވާ "އިންޓަރނޭޝަނަލް ފެސްޓިވަލް ފޮ ރިލިޖިސް އެންޑް ސޫފީ" ގައި ބައިވެރވުމުގެ ފުރުޞަތު ރާއްޖެއަށްވަނީ ލިބިފައެވެ.

އެގޮތުން މިފެސްޓިވަލްގައި ބައިވެރިވެވޭނީ ގިނަވެގެން 12 މެމްބަރުންގެ މައްޗައް އެކުލެވޭ ގްރޫޕަކަށެވެ. މި ޓްރޫޕްގެ މެމްބަރުންނަށް އެކޮމަޑޭޝަން އަދި ލޯކަލް ޓްރާސްޕޮޓޭޝަން ހަމަޖައްސަވައިދެއްވާނެކަމަށްވަނީ އަންގަވާފައެވެ. އެހެންނަމަވެސް ދަތުރު ޚަރަދު ހަމަޖައްސަވަން ޖެހިވަޑައިގަންނަވާނީ އަމިއްލައަށެވެ. އަދި މި ފެސްޓިވަލްގައި ބޭނުންކުރެވޭނީ ސަގާފީ ހެދުމާއި ސަގާފީ އިންސްޓްރޫމަންޓްސް އެވެ.

ވީމާ، މިފެސްޓިވަލްގައި ބައިވެރިވެލެއްވުމަށް އެދޭ ފަރާތްތަކުން 25 ޖުލައި 2017 ވަނަ ދުވަހުގެ ކުރިން މިސެންޓަރަށް އެޕްލިކޭޝަން ފޯމް ހުށަހެޅުއްވުން އެދެމެވެ. މިފެސްޓިވަލްގައި ބައިވެރިވުމުގެ އެޕްލިކޭޝަން ފޯމް އަދި "ކޮންޑިޝަނަސް އޮފް ޕާރޓިސިޕަންޓްސް" މިސެންޓަރުގެ ވެބްސައިޓް www.nca.gov.mv އަދި ރިސެޕްޝަނުން ލިބިވަޑައިގަންނަވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ  3344667   ނަންބަރު ފޯނަށެވެ.

23 ޖުލައި 2017