ދިވެހިރާއްޖެ
ނަންބަރު:211/A)EA-2017)
އިޢުލާން
2017 އޮގަސްޓް 19 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ބ. ކަމަދޫ ބައި-އިލެކްޝަންގައި ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ ފޮށީގެ މަޢުލޫމާތު ހިމެނޭ ލިސްޓު ޢާއްމުކުރުމާއި ރަޖިސްޓަރީ ކޮށްފައިވާ ފޮށްޓާއި ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން
2017 އޮގަސްޓް 19 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބ. ކަމަދޫ ބައި-އިލެކްޝަނަށް ވޯޓު ލުމަށް ރަޖިސްޓަރީ ކޮށްފައިވާ ފޮށީގެ މަޢުލޫމާތު ހިމެނޭ ލިސްޓު ޢާއްމުކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފީމެވެ.
މިހާރު ރަޖިސްޓަރީ ވެފައިވާ ތަނުގެ މަޢުލޫމާތު ކޮމިޝަނުގެ ވެބްސައިޓު (www.elections.gov.mv) ގައާއި، ބ. ކަމަދޫ ކައުންސިލް އިދާރާގައި ޢާންމުކޮށް ފެންނަން ހުންނާނެއެވެ. މީގެއިތުރުން (VR Space IDNO Send to 1414) އެސް.އެމް.އެސް ކޮށްގެން ޗެކްކުރެވޭނެއެވެ.
މި ލިސްޓުގައިވާ ވޯޓުލުމަށް ރަޖިސްޓަރީ ކުރެވިފައިވާ ތަނާ ބެހޭގޮތުން އެއްވެސް ފަރާތަކުން ޝަކުވާ ހުށަހަޅަން ބޭނުންވާނަމަ ޝަކުވާ ހުށަހަޅާނީ "ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓަށް، ނުވަތަ ވޯޓު ދިނުމަށް ރަޖިސްޓަރީ ވެފައިވާ ތަނާ ބެހޭ ގޮތުން ޝަކުވާ ހުށަހަޅާ ފޯމު" އިންނެވެ.
މި ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ބ. ކަމަދޫ ކައުންސިލުންނާއި އަދި މާލޭ ސިޓީގައި ނަމަ އިލެކްޝަންސް ކޮމިޝަންގެ އިންތިޚާބީ މަރުކަޒު (ބައު ޖަމާލުއްދީން) އިންނެވެ. އަދި މިފޯމު ކޮމިޝަނުގެ ވެބްސައިޓު (www.elections.gov.mv) އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.
މި ލިސްޓަށް ޝަކުވާ ހުށަހަޅާނީ 2017 ޖުލައި 23 ވާ އާދީއްތަ ދުވަހުން ފެށިގެން 2017 ޖުލައި 25 ވާ އަންގާރަ ދުވަހުގެ ނިޔަލަށެވެ. ޝަކުވާ ފޯމު ދޫކުރުމާއި ބަލައިގަތުން އޮންނާނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން މެންދުރުފަހު 02:00 އަށެވެ. މި މުއްދަތުގެ ތެރޭގައި ޝަކުވާ ހުށަހެޅޭނީ ހަމައެކަނި ރަޖިސްޓަރީވެފައިވާ ތަނުގެ މަޢުލޫމާތާއި ގުޅޭ ގޮތުންނެވެ.
މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.
29 ޝައްވާލް 1438