ދިވެހިރާއްޖެ
ނަންބަރ: (IUL)241-B/241/2017/14
އިއުލާން
ފަރުތަކުގައި ޖަހާ ބައްތި ގަތުމާއި ބެހޭ
މިއަތޮޅުގެ އެތެރެވަރީގައި ހުރި ފަރުތަކުގެ ތެރެއިން ފަރުބައްތި ޖަހާފައިނުވާ 9 ފަރެއްގައި ބައްތި ޖެހުމަށްޓަކައި ބައްތި ގަތުމަށް ބޭނުންވެއްޖެއެވެ. މިއިދާރާއިން އިސްނަގައިގެން އަތޮޅުގެ އެތެރެވަރީގައި ބައްތި ޖެހުމަށް ކުރެވެމުންދާ މިމަސައްކަތަކީ އަތޮޅުގެ އެތެރެވަރީގައި ދަތުރުފަތުރުކޮށްއުޅޭ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީ ފަސޭހައިން ދަތުރުފަތުރު ކުރެވޭނެ މަގު ތަނަވަސްކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެހެންކަމުން ފަރުތަކުގައި ޖަހަންބޭނުންވާ 9 ބައްތި ވިއްކުމަށް ޝައުގުވެރިވާ ފަރާތްތަކުން 30 ޖުލައި 2017 ވާ އާދީއްތަ ދުވަހުގެ 13.00 އަށް މިއިދާރާއަށް ވަޑައިގެން މައުލޫމާތު ސާފްކުރުމަށްފަހު 3 އޮގަސްޓް 2017 ވާ ބްރާސްފަތި ދުވަހުގެ 13.00 އަށް ބައްތި ވިއްކާނެ އަގު ބަޔާންކޮށް މިއިދާރާއަށް އަންދާސީ ހިސާބް ހުށަހެޅުއްވުން އެދެމެވެ. ހުށަހެޅޭ އަންދާސީ ހިސާބްތައް އިވެލުއޭޓްކޮށް މާރކްސް ދިނުމަށް ހަމަޖެހިފައިވާ ގޮތް ތިރީގައި ބަޔާންކުރެވިފައި އެވަނީއެވެ. ބައްތި ގަތުމަށް ހަވާލުކުރާނީ ހުށަހެޅޭ އަންދާސީ ހިސާބްތައް އިވެލުއޭޓް ކުރުމަށްފަހު އެންމެ މަތިން މާރކްސް ހޯދާ ފަރާތާއިއެވެ.
ހުށަހަޅުއްވާ އަގަށް 60%
ލިބިފައިވާ ތަޖުރިބާއާއި ފަންނީ ގާބިލްކަމަށް 15%
ހުށަހަޅާ މުއްދަތަށް 15%
މާލީ ތަނަވަސްކަމަށް 10%
މިމަސައްކަތަށް އަންދާސީ ހިސާބް ހުށަހަޅަންވާނީ އިމްޕޯޓް މުދާ ވިއްކުމުގެ ހުއްދައޮންނަ ފަރާތްތަކާއި ، ކުންފުނިތަކަށާއި އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގޮތުގައި މިނިސްޓްރީ އޮފް އިކްނޮމިކް ޑިވެލޮޕްމެންޓްގައި ރަޖިސްޓްރީ ކުރެވިފައިވާ އަދި މީރާގައި ޖީއެސްޓީ އަށް ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކުންނެވެ.
މިހެންވެ މިކަން އާންމުކޮށް އަންގާ އިއުލާންކުރީމެވެ.
29 ޝައްވާލް 1438
23 ޖުލައި 2017
އަޙްމަދު ފުއާދު
ގއ އަތޮޅުކައުންސިލްގެ ރައީސް