ދިވެހިރާއްޖެ
(IUL)337/337/2017/32 :ނަމްބަރު
އިޢުލާން
މި ކައުންސިލްގެ ފަރާތުން ރަށުގެ މުނިސިޕަލް ސާރވިސް ޚިދުމަތް ދިނުމަށްޓަކާ ހިންގޭ އެކި އެކި ޕްރޮގުރާމްތަކަށް ވިޔަފާރި ވެރިންނާއި ކުންފުނި ތަކަށް ބައިވެރި ވުމުގެ ފުރުސަތު ހޮޅުވާލާ އެ ޕްރޮގުރާމްތަށް ތިރީގައި މިދަންނަވާ ގޮތުގެ މަތިން ސްޕޮންސަރ ކުރުމުގެ ފުރުސަތު ހޮޅުވާލެވިފައިވާކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.
- ސްޕޮންސަރ ދިނުމަށް ހޮޅުވާލެވިފައިވާ ކަންކަން:
1- ކުނި ނައްތާލުމުގެ މަސައްކަތުގައި ގެންގުޅޭ މުވައްޒަފުންގެ ހެދުމާއި މަސައްކަތުގައި ބޭނުންކުރަންޖެހޭ ޓޫލްސް.
2- ރަށުގެ އެކި ސަރަޙައްދު ތަކުގައި ކައުންސިލުން އިންދަން ބޭނުންވާ ގަސްތަށް ހައްދަން ބޭނުންވާ ގަހުގެ ކޮށި ގަޑުތަކާއި ގަސްކާނާ .
- ސްޕޮންސަރ ދެވޭނެގޮތް
1- މުނިސިޕަލް މަސައްކަތުގައި ގެންގުޅޭ މުވައްޒަފުންގެ ޔުނިފޯމް، (ޓީޝާޓް، ބޮއިލަރ ސޫޓް ، ހެލްމެޓް، ބޫޓް ނުވަތަ ގަންބޫޓް) .
2- މަސައްކަތަށް ބޭނުންކުރާ ޓޫލްސް އާއި ތަކެތި ޑަސްބިން، ވީލްބަރޯ ނުވަތަ ގާޑިޔާ ، މަށަންދަތި، ފަކީރާ، އުދަލި ފަދަ މަސައްކަތް ކުރަން ބޭނުންވާ އެންމެހާ ތަކެތި.
- ސްޕޮންސަރުންނަށް ލިބޭނެ އިޙްތިޔާރު
ދެންނެވިފައިވާ ކަންކަމާއި ތަކެތި ސްޕޮންސަރ ކުރުމުގައި ކައުންސިލަށް ފޯރުކޮށްދޭ ތަކެތީގައި ނުވަތަ ބޯޑްތަކުގައި ސްޕޮންސަރ ދެއްވާ ފަރާތްތަކުގެ ލޯގޯއާއި ތަންތަމްސީލްވާ ފަދަ ފޮޓޯ ނުވަތަ ލިޔުމެއް ކައުންސިލުން ކަޑައަޅާ މިންގަޑެއްގެ ތެރެއިން ހިމެނުމުގެ ފުރުސަތު ދެވޭނެއެވެ.
ވީމާ މިކަމަށް އެދިލައްވާ ފަރާތްތަކުން ބޭނުންފުޅުވާ ކަމެއް ބަޔާންކުރައްވާ މިއިދާރާއަށް 15 އޯގަސްޓް 2017 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ސްޕޮންސަރ ހުށައަޅުއްވަމުން ގެންދެވުން އެދެމެވެ.
20 ޖުލައި 2017