މަސައްކަތް
ނަންބަރު: (IUL)199-GAS/199/2017/37
ޕަބްލިޝްކުރި ތާރީޚް: 20 ޖުލައި 2017
ޕަބްލިޝްކުރި ގަޑި: 13:46
ސުންގަޑި: 25 ޖުލައި 2017 11:00
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
މި އެޖެންސީއަށް ބޭސް ހޯދުމާއި ގުޅޭ

މިއެޖެންސީ މެދުވެރިވެގެން ބޭސް ފަރުވާގެ ކަންތައް ހަމަޖައްސާދޭ ބައެއް މީހުންނަށް ބޭނުންވާ ބޭސް ރާއްޖެއިން ލިބެންނެތުމުގެ ސަބަބުން ބަލިމީހުންނަށް އެމީހުންގެ ފަރުވާ ކުރިއަށް ގެންދިއުމަށް ބައެއްކަހަލަ ދަތިތައް ދިމާވަމުންދާތީ، މިފަދަ މީހުންނަށް ބޭނުންވާ ބޭސް 6 (ހައެއް) މަސް ދުވަހުގެ މުއްދަތަށް ރާއްޖެއިން ބޭރުން މިއެޖެންސީއަށް ގެނެސްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

 

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2017 ޖުލައި 25 ވާ އަންގާރަ ދުވަހުގެ 11:00 އަށް މިއެޖެންސީގެ އެނެކްސް ބިލްޑިންގް (މޫކައި ސުއިޓްސް، 4 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު، 2017 ޖުލައި 30  ވާ އާދީއްތަ ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަދި މައުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށާއި އަންދާސީ ހިސާބު ހުށަހެޅުމަށް ދީފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުސަތު ހަމަޖައްސައިނުދެވޭނެ ވާހަކަ ދަންނަވަމެވެ.

 

 

26 ޝައްވާލު 1438

20 ޖުލައި 2017

20 ޖުލައި 2017