ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)269/269/2017/52
ޕަބްލިޝްކުރި ތާރީޚް: 18 ޖުލައި 2017
ޕަބްލިޝްކުރި ގަޑި: 12:31
ސުންގަޑި: 02 އޮގަސްޓް 2017 11:00
ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވިޔަފާރި އުޞޫލް ދަނޑުވެރިކަން ކުރުމަށް ދިގުމުއްދަތަކަށް ބިން ކުއްޔަށްދިނުމާބެހޭ

                 މިރަށުގެ ލޭންޑް ޔޫސްޑް ޕްލޭންގައި ދަނޑުވެރިކަން ކުރުމަށް ބިންދޫކުރުމަށް ހަމަޖެހިފައިވާ ސަރަޙައްދުން ދިގު މުއްދަތަށް ދަނޑު ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލަމެވެ. ކުއްޔަށް ދޫކުރާ އެންމެ ކުޑަ އަގަކީ ބިމުގެ އަކަފޫޓެއް މަހަކު 04/- (ހަތަރެއް ލާރި) އެވެ.

                 ވީމާ، މި ދަނަޑުތައް ކުއްޔަށް ނަންގަވަން ބޭނުންފުޅުވާ ފަރާތްތަކުން، 02 އޮގަސްޓް 2017 ވާ ބުދަ ދުވަހުގެ 11:00 އަށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، މިކަމަށްޓަކައި މިއިދާރާއިން ތައްޔާރުކޮށް، ވިއްކުމަށް ހަމަޖެހިފައިވާ ''ވިޔަފާރި އުޞޫލުން ދަނޑުވެރިކަން ކުރުމަށް ދިގުމުއްދަތަކަށް ދޫކުރެވޭ ބިމަށްއެދޭފޯމް'' ފުރިހަމަ ކުރެއްވުމަށްފަހު، 08 އޮގަސްޓް 2017 ވާ އަންގާރަ ދުވަހުގެ 11:00 އަށް ފޯމް ހުށަހެޅުއްވުން އެދެމެވެ. ފޯމެއްގެ އަގަކީ  -/50ރ (ފަންސާސް ރުފިޔާ) އެވެ. ބިން ކުއްޔަށް ނެންގެވުމަށް ހުށަހަޅުއްވަނީ ކުންފުންޏަކުން ކަމުގައި ވާނަމަ، ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީ އަދި އަމިއްލަ ފަރާތަކުންނަމަ އައި.ޑީ. ކާޑުގެ ކޮޕީ ފޯމާއެކު ހުށަހަޅުއްވަންވާނެއެވެ.

                 މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

18 ޖުލައި 2017