މަސައްކަތް
ނަންބަރު: (IUL)333/333/2017/33
ޕަބްލިޝްކުރި ތާރީޚް: 20 ޖުލައި 2017
ޕަބްލިޝްކުރި ގަޑި: 10:16
ސުންގަޑި: 02 އޮގަސްޓް 2017 13:00
މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިރަށު މިސްކިތްތައް މަރާމާތު ކުރާނެފަރާތެއް ހޯދުން

މިރަށު  މިސްކިތްތައް މަރާމާތު ކުރާނެފަރާތެއް ހޯދުން

 

  މިރަށު މިސްކިތްތައް (މަސްޖިދުލް ސުމުއްވުލްއަމީރު ނާއިފް ބިން ޢަބްދުލްޢަޒީޒު، މަސްޖިދުލް ޛުލްޤަރުނައިނި އަދި މަސްޖިދުލް ކިބްރިޔާ) މިކައުންސިލުންދޭ މަޢުލޫމާތާ އެއްގޮތަށް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި މިކައުންސިލްގެ ނަންބަރ (IUL)333/333/24   (18 އެޕްރީލް 2017) އިޢުލާނަށް އެއްވެސްފަރާތަކުން އެސްޓިމޭޓް ހުށަހަޅާފައި ނުވާތީ އަލުން އެމަސައްކަތް ކޮށްދޭނެ ފަރާތެއްހޯދުމަށް ބޭނުންވެއްޖެއެވެ.  

ވީމާ މިމަސައްކަތް އަމިއްލަ ތަކެތީގައި ކުރެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 02 އޮގަސްޓް  2017މ ވާ ބުދަ ދުވަހު 13:00އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 13 އޮގަސްޓް 2017 ވާ  އާދިއްތަ ދުވަހުގެ 13:00 އަށް އަންދާސީ ހިސާބުހުށަހެޅުއްވުންއެދެމެވެ.

މައުލޫމާތު ސާފުރުމުގެ ބައްދަލްވުމުގައި ބައިވެރިވެވޭނީ ކުންފުންޏެއްގެ ގޮތުގައި ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގޮތުގައި މިނިސްޓްރީއޮފް އިކޮނަމިކް ޑިވޮލޮޕްމަންޓް ގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކާއި ކްލަބް ޖަމްޢިއްޔާ ޖަމާޢަތް ފަދަ ފަރާތް ތަކަށް އެކަނިކަމުގައި ދެންނެވީމެވެ. އެފަދަ ފަރާތަކުން  މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބް ހުށަހެޅުމަށް ޙާޟިރު ވެވެން ނެތިގެން ބަދަލްގައި އެހެން ފަރާތެއް ހަމަޖައްސަވާނަމަ އެފަރާތެއް ހަމަޖެއްސެވިކަމުގެ ރަސްމީ ލިޔުމެއް    ހުށަހަޅަންވާނެއެވެ. އަންދާސީހިސާބު ހުށަހަޅާނީ ބަންދުކުރެވިފަވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި އަންދާސީހިސާބު ހުށަހަޅާ މަސައްކަތުގެ ނަމާއި ހުށަހަޅާ ފަރާދުގެ ނަން އަދި އިޢުލާން ނަންބަރ  އޮންނަންވާނެއެވެ. 

 މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

20 ޖުލައި 2017