ދިވެހިރާއްޖެ
މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
މާލެ، ދިވެހިރާއްޖެ
ނަމްބަރު: MRDC/IFB/2017/11
ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު
ރ.މީދޫ ސައިޓަށް ބޭނުންވާ ދޮންވެލި ސަޕްލައިކުރުން
މި ކޯޕަރޭޝަންގެ ރ.މީދޫ ސައިޓަށް ބޭނުންވާ ދޮންވެލި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، 23 ޖުލައި 2017 ވާ (އާދީއްތަ) ދުވަހުގެ 11:00 އަށް މިކޯޕަރޭޝަންގެ ރ.މީދޫ ސައިޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 30 ޖުލައި 2017 (އާދީއްތަ) ދުވަހުގެ 11:00 އަށް އަގު ހުށަހެޅުއްވުން އެދެމެވެ.
މިކަމާގުޅޭ ގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ ތިރީގައިވާ އެޑްރެހަށް ގުޅުއްވުން އެދެމެވެ. އަދި ބީލަން ހުށަޅަންވާނީވެސް މިއެޑްރެހަށެވެ.
މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ބްލޮކް ނަންބަރު 385، މާފަތްތަކުރުފާނުމަގު
ޕޯސްޓަލްކޯޑް: 20386
މާލެ، ދިވެހިރާއްޖެ
ފޯން ނަންބަރު: +960 9947460
ފެކްސް ނަންބަރު: +960 3317133
25 ޝައްވާލު 1438
19 ޖުލައި 2017