ދިވެހިރާއްޖެ
މޯލްޑިވްސް ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑެވެލޮޕްމަންޓް ޕްރޮޖެކްޓް]
ވާރލްޑް ބޭންކާއި ދިވެހި ސަރުކާރާއި ގުޅިގެން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިން ހިންގޭ [މޯލްޑިވްސް ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑެވެލޮޕްމަންޓް ޕްރޮޖެކްޓް] އަކީ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް އެސިސްޓެންސް (އައި.ޑީ.އޭ)ގެ ހިލޭ އެހީގެ ދަށުން މަސްވެރިކަމުގެ ޞިނާއަތް ތަރައްޤިކުރުމަށް ހިންގޭ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓުގެ މަސައްކަތްތައް ކުރަމަށް ގާއިމު ކުރެވޭ ޕްރޮޖްކެޓަށް ތިރީގައި ދަންނަވާފައިވާ މަޤާމްތަކަށް ޝައުގެވެރިވާފަރާތްތައް [ޝައުގުވެރިކަން ފާޅުކުރުމުގެ ދަޢުވަތު] މިމިނިސްޓްރީއިން ހުޅުވައިލަމެވެ.
މަޤާމް: ގްރޫޕާ ފިޝަރީޒް ޕްރޮގްރާމް އޮފިސަރ
ގިންތި: ކޮންޓްރެކްޓް (3 އަހަރު)
ބޭނުންވާ ޢަދަދު: 1
މުސާރާ: -/7,700ރުފިޔާ
މަސައްކަތް ކުރަންޖެހޭ ތަން: މިނިސްޓްރީ، ޕްރޮޖްކްޓްގެ މަސައްކަތްތައް ހިންގޭ ރަށްތަކުގައި
މަޤާމުގެ ޝަރުތު
1- ބެޗްލާރސް ޑިގްރީ އިން ފިޝަރީޒް ސައިންސް، މެރިން ބަޔޮލޮޖީ، މެރިން ސައިންސް، އެންވަޔަރަންމަންޓަލް ސައިންސް ނުވަތަ މަޤާމުގެ މަސައްކަތްތަކާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.
ކުރަންޖެހޭ މައިގަނޑު މަސައްކަތް
މި މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތަކުގެ ތަފްޞީލު (ޓަރމްސް އޮފް ރެފެރެންސް) މިއިއުލާނާއި އެކު އެޓޭޗްކުރެވިފައިވާނެއެވެ.
މަޤާމް: ރީފް ފިޝަރީޒް ޕްރޮގްރާމް އޮފިސަރ
ގިންތި: ކޮންޓްރެކްޓް (3 އަހަރު)
ބޭނުންވާ ޢަދަދު: 1
މުސާރާ: -/ 7,700ރުފިޔާ
މަސައްކަތް ކުރަންޖެހޭ ތަން: މިނިސްޓްރީ، ޕްރޮޖްކްޓްގެ މަސައްކަތްތައް ހިންގޭ ރަށްތަކުގައި
މަޤާމުގެ ޝަރުތު
1- ބެޗްލާރސް ޑިގްރީ އިން ފިޝަރީޒް ސައިންސް، މެރިން ބަޔޮލޮޖީ، މެރިން ސައިންސް، އެންވަޔަރަންމަންޓަލް ސައިންސް ނުވަތަ މަޤާމުގެ މަސައްކަތްތަކާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.
މަޤާމް: ޓޫނާ ސާމްޕްލިންގް ޕްރޮގްރާމް އޮފިސަރ
ގިންތި: ކޮންޓްރެކްޓް (3 އަހަރު)
ބޭނުންވާ ޢަދަދު: 1
މުސާރާ: -/7,700 ރުފިޔާ
މަސައްކަތް ކުރަންޖެހޭ ތަން: މިނިސްޓްރީ، ޕްރޮޖްކްޓްގެ މަސައްކަތްތައް ހިންގޭ ރަށްތަކުގައި
މަޤާމުގެ ޝަރުތު
1- ބެޗްލާރސް ޑިގްރީ އިން ފިޝަރީޒް ސައިންސް، މެރިން ބަޔޮލޮޖީ، މެރިން ސައިންސް، އެންވަޔަރަންމަންޓަލް ސައިންސް ނުވަތަ މަޤާމުގެ މަސައްކަތްތަކާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.
ކުރަންޖެހޭ މައިގަނޑު މަސައްކަތް
މި މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތަކުގެ ތަފްޞީލު (ޓަރމްސް އޮފް ރެފެރެންސް) މިއިއުލާނާއި އެކު އެޓޭޗްކުރެވިފައިވާނެއެވެ.
ވަޒީފާ އަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
މި މަޤާމްއަށް ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ޓާރމްސް އޮފް ރިފެރެންސްގައި ހިމެނިފައިވާނެއެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް
- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ (އެކްސްޕްރެޝަން އޮފް އިންޓަރެސްޓް)
- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު (ސީވީ)
- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ދިވެހިރއްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ލިބިފައިވާ ތަޢުލީމީ ސެޓިފިކެޓުތަކުގެ އެކްރެޑިޓްކުރެވިފައިވާ ކޮޕީ
މަޤާމަށް އެދެންވީގޮތާއި ސުންގަޑި
މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 2017 ޖުލައި 25 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން މި މިނިސްޓްރީއަށް ވަޒީފާއަށް އެދި އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ލިޔުންތައް އީމެއިލް މެދުވެރިކޮށް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. ފެކްސް ނަންބަރަކީ: 3326558 އެވެ. ވަޒީފާއަށްއެދި ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާތިލުކުރެވޭނެއެވެ.
އިތުރު މަޢުލޫމާތު ހޯދުން
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އާއި 14:00 ދެމެދު 3339241/3339244 ފޯނާއި ގުޅުއްވުން އެދެމެވެ.
23 ޝައްވާލް 1438
17 ޖުލައި 2017