ދިވެހިރާއްޖެ
c
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް
ރ. އުނގޫފާރު،ދިވެހިރާއްޖެ
ނަމްބަރ:URH/IUL/2017/ 11
އިޢުލާން
ހޮސްޕިޓަލް ކުނިކަހާ ފޮޅާ ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް ކުނިކަހާ ފޮޅާ ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިމަސައްކަތުގެ ބީލަން ފޯރމް 16 އޯގަސްޓް 2017 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން ބައްލަވައިގަތުން އެދެމެވެ.
މި އިޢުލާނާއި ގުޅިގެން ބީލަން ފޯރމް ބައްލަވައިގަންނަވާ ފަރާތްތަކުން 17 އޯގަސްޓް 2017 ވާ ހޯމަދުވަހުގެ 13:00 ގައި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލު އޮފީހަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 23 އޯގަސްޓް 2017 ވާ ބުދަ ދުވަހުގެ 13:00 އަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލު އޮފީހަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މި މަސައްކަތާއި ބެހޭ ބީލަން ފޯރމް 06 އޯގަސްޓް 2017 ވަނަ ދުވަހުން 16 އޯގަސްޓް 2017 އަށް މި ހޮސްޕިޓަލްގެ އޮފީހުން ލިބެން ހުންނާނެއެވެ. ބީލަން ފޯމެއްގެ އަގަކީ 150.00 ރުފިޔާ އެވެ.
ބީލަން ފޯމް ބައްލަވައިނުގަންނަވާ ފަރާތްތަކުގެ ބީލަން ބަލައި ނުގެނެވޭނެ ވާހަކަ ދަންނަވަމެވެ.
20 ޝައްވާލް 1438
19 ޖުލައި 2017