މަސައްކަތް
ނަންބަރު: (IUL)299/299/2017/24
ޕަބްލިޝްކުރި ތާރީޚް: 19 ޖުލައި 2017
ޕަބްލިޝްކުރި ގަޑި: 09:28
ސުންގަޑި: 08 އޮގަސްޓް 2017 00:00
މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ.ވާދޫ ކައުންސިލް އިދާރާގެ ފާހާނާ މަރާމާތުކުރުމާއި ގުޅޭ

 

އިޢުލާން

 

 

ރ.ވާދޫ ކައުންސިލް އިދާރާގެ ފާހާނާ މަރާމާތުކުރުމާއި ގުޅޭ

 

ވާދޫ ކައުންސިލްގެ އިދާރާގެ ފާހާނާ އަމިއްލަ ތަކެތީގައި މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް މިއިދާރާއިން ކުރި ނަންބަރު (IUL)299/299/2017/22 ( 22 ޖޫން 2017 ) އިޢުލާނާއި ގުޅިގެން އަގު ހުށަހެޅުމަށް އެކަށީގެންވާ ވަރަށް މީހުން ޙާޟިރުވެފައިނުވާތީ، އެއިޢުލާނު ބާލްކޮށް ދެވަނަ ފަހަރަށް އިޢުލާންކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2017 އޮގަސްޓް 01 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2017 އޮގަސްޓް 08 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، ސުންގަޑި ހަމަވުމަށްފަހު ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަގުހުށަހެޅުއްވުމަބަދަލުގައި ބޭފުޅަކު ވަޑައިގަންނަވާނަމަ، ބަދަލުގައި ވަޑައިގެންނެވީ ކޮން ފަރާތެއް ތަމްސީލްކުރައްވަންކަން އެނގޭނެ ލިޔުމެއް ގެންނަވަންވާނެއެވެ.

މިމަސައްކަތް ކުރުމަށް އެދި އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ނަންބަރު 2014/18) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާއިރު، ރަޖިސްޓްރީ ކޮށްފައިވާކަން އަންގައިދޭ ލިޔުމުގެ ކޮޕީއެއް ހުށަހަޅުއްވަން ވާނެއެވެ. 

19 ޖުލައި 2017