ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)160-A/1/2017/55
ޕަބްލިޝްކުރި ތާރީޚް: 18 ޖުލައި 2017
ޕަބްލިޝްކުރި ގަޑި: 14:18
ސުންގަޑި: 25 ޖުލައި 2017 13:30
ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ ( ވަގުތީ)

އިޢުލާން

 

ވަޒީފާގެ ފުރުޞަތު

ނަންބަރ: (IUL)160-A/1/2017/55 

ތާރީޚް: 18  ޖުލައި  2017

 

މަޤާމު

އެޑްމިނިސްޓްރޭޓިވް އޮފިސަރ ( ވަގުތީ)

ބޭނުންވާ ޢަދަދު:  4

މުސާރަ:

ދުވާލަކު މަދުވެގެން 6 ގަޑިއިރު، ގަޑިއެއްގެއިރަށް -/50 ރުފިޔާ

މުއްދަތު:  މުބާރާތުގެ މަސައްކަތްކޮށް ނިމެންދެން

މަސައްކަތްކުރަންޖެހޭތަން:

ކީރިތި ޤުރްއާނާބެހޭ މަރްކަޒު

ސެކްޝަން:

އެޑްމިން

 

މަޤާމުގެ ޝަރުޠު:

  1. ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުގައި 2 މާއްދާއިން ދަށްވެގެން "ޑީ" ފާސް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން.

މަޤާމުގެ މަސައްކަތް:

32 ވަނަ ޤައުމީ ޤުރްއާން މުބާރާތުގެ  އިދާރީގޮތުން ކުރަންޖެހޭ ބައެއް މަސައްކަތްތައްކުރުން

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ވަޒީފާއަށް އެދޭ ފޯމު.

2. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެޓެސްޓްކޮށްފައި)

3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔުންތައް ސާފުކޮށް ކިޔަން އެނގޭ)

5. ވަޒީފާއަށްއެދޭ ފަރާތުގެ ވަނަވަރު (ސީވީ)

ވަޒީފާއަށް ޤާބިލް ފަރާތެއް ހޮވުމަށް ބޭލޭނެ ކަންތައްތައް

- ކޮމްޕިއުޓަރަށް ފަރިތަވުން

- މައިކްރޯ ސޮފްޓް އޮފީސް، އެކްސެލް، ކޯރަލް ޑްރޯއަށް ފަރިތަވުން

- ވަޒީފާގެ ދާއިރާގެ މަސައްކަތުގެ މަޢުލޫމާތު ލިބިފައިވާ މިންވަރު.

- މުވައްޒަފުންނާ ގުޅިގެން މަސައްކަތްކުރުމުގެ ހުނަރު.

- ޖިސްމާނީ ޤާބިލްކަމާއި، ނަފްސާނީ ޤާބިލުކަމާއި، ފަންނީ ޤާބިލްކަން ހުރި މިންވަރު.

ސުންގަޑި:

މިމަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، 25 ޖުލައި 2017 ދުވަހުގެ 13.30 ގެ ކުރިން، މަތީގައި ބަޔާންކުރެވުނު ތަކެތި މި މަރްކަޒަށް ހުށަހެޅުއްވުން އެދެން.

އިންޓަވިއު އޮންނާނެ ތާރީޚް

މި މަޤާމަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ ތަޢްލީމީ ފެންވަރާއި ތަޖުރިބާއަށް އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ. މި މަޤާމަށް ކުރިމަތިލާ، މަޤާމުގެ ޝަރުޠު ހަމަވާ، ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރެއިން އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށް ބާއްވާ އިންޓަވިއު، މި އިޢުލާނަށް މުއްދަތު ހަމަވާތާ ދެ ހަފްތާގެ ތެރޭގައި މާލޭގައި އޮންނާނެއެވެ.

އިތުރު މަޢުލޫމާތު:

  • ވަޒީފާއަށް އެދޭ ފޯމާއި، ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމު މިމަރްކަޒުގެ ކައުންޓަރުންނާއި ސިވިލް ސާވިސް ކޮމިޝަނުގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.
  • އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3019303 ، 3019304 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3335086 އެވެ.

 

18 ޖުލައި 2017