ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)266-A/266/2017/54
ޕަބްލިޝްކުރި ތާރީޚް: 18 ޖުލައި 2017
ޕަބްލިޝްކުރި ގަޑި: 13:49
ސުންގަޑި: 21 ޖުލައި 2017 16:30
ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއް ނިލަންކިޔުން

21 ޖުލައި 2017 ވާ ހުކުރު ދުވަހު 16:30 ގައި މިއިދާރާގައި ރުއް ނީލަންކިއުން އޮންނާނެއެވެ. ނީލަން ކިޔުމަށް ހަމަޖެހިފައިވަނީ އުތުރު އަވަށު ކޮރަލް ދަނޑުގެ ވަށައިގެން ވައްޓާފައިވާ ރުއްތައް ތަކެވެ. އަދި ވައްޓާފައިވާ ރުއްތައް ބައިއެޅިފައިވާގޮތް އެނގޭނޭހެން ރަތްކުލައިގެ ސުޕްރޭ ދަވާދުން ނަންބަރުޖެހިފައިވާނެއެވެ.

                  މިނީލަމުން ރުއް ނަންގަވާ ފަރާތްތަކުން ނަންގަވާތަކެތީގެ އަގު 21 ޖުލައި 2017  ވަނަ ދުވަހުގެ 17:30 ގެކުރިން މިއިދާރާއަށް ދެއްކެވުމަށްފަހު ރުކުގެ ބުޑު ފިޔަވާ ރުކުގައި ހިމެނޭ އެހެނިހެން ބައިތައް 27 ޖުލައި 2017 ގެ ކުރިން ގެންދަވަންވާނެއެވެ. މިމުއްދަތުގެ ތެރޭގައި ނުގެންދަވާ ހުރި ރުކުގައި ހިމެނޭ އެހެނިހެން ބައިތަކާއި މެދު މިއިދާރާއަށް ފެނިވަޑައިގަންނަވާ ގޮތެއްގެ މަތިން އަމަލުކުރެވޭނެ ކަމުގައި ދަންނަވަމަވެ.

                  ވީމާ މިނީލަމުގައި ވީހާ ގިނަ ފަރާތްތަކަކުން ބައިވެރިވެ ދެއްވުމަކީ މިއިދާރާގެ ނުހަނު ބޮޑު އެދުމަކަށްވާތީ އާއްމުކޮށް އެއްގުމަށްޓަކާ އިއުލާން ކުރަމެވެ.

18 ޖުލައި 2017