ޢާންމު މަޢުލޫމާތު
ނަންބަރު: GS-151/IUL-2017/22
ޕަބްލިޝްކުރި ތާރީޚް: 17 ޖުލައި 2017
ޕަބްލިޝްކުރި ގަޑި: 15:01
ސުންގަޑި: 23 ޖުލައި 2017 13:00
އއ. މާޅޮހު ސްކޫލް
ދިވެހިރާއްޖެ
އއ.މާޅޮހު ސްކޫލުގެ 5 ފާހާނައާއި ބޯފެނުގެ ނިޒާމް މަރާމާތު ކުރުން

 

 

 

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ.

     މި ސްކޫލުގެ 5 ފާހާނައާއި ބޯފެނުގެ ނިޒާމް މަރާމާތު ކުރުމަށް 24 މެއި 2017 ގައި ކޮށްފައިވާ އިއުލާން     GS-151/IUL-2017-19އަށް އެކަށީގެންވާ ވަރަށް މީހުން ހާޒިރު ނުވުމުގެ ސަބަބުން އެއިއުލާން ބާތިލުކުރުމަށް ފަހުގައި މި ސްކޫލުގެ 5 ފާހާނާ އާއި ބޯފެނުގެ ނިޒާމް މަރާމާތުކުރަން ބޭނުންވެއްޖެއެވެ.

      ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

23 ޖުލައި 2017 އާދީއްތަ ދުވަހު 13:00

1 އޯގަސްޓް 2017 އަންގާރަ ދުވަހު 13:00

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރުނުވާ ފަރާތްތަކާއި، ކަނޑައެޅިފައިވާ ވަގުތުގެފަހުން ގެންނަ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 13:00 އަށް 6660844 ނަންބަރު ފޯނާއެވެ.                                                                  

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

17 ޖުލައި 2017