ދިވެހިރާއްޖެ
އިޢުލާން
މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ބެލުމުގެ ދަށުންވާ ސްކޫލްތަކުގައި މިވަގުތު ބިދޭސީ ޓީޗަރުންތިބި ބައެއް މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން
މި އިޢުލާނާއެކު އެވާ ލިސްޓްގައި ހިމެނޭ މަޤާމްތަކަކީ ސްކޫލްތަކުގައި މިވަގުތު ބިދޭސީ ޓީޗަރުން ތިބި ބައެއް މަޤާމުތަކެވެ. މި މަޤާމުގެ ޝަރުތު ފުރިހަމަވާ ދިވެހިންނަށް އެ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަމެވެ. ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތައް މި އިޢުލާނުގެ ތިރީގައި ބަޔާންކުރާ ލިޔުންތަކާއިއެކު 24 ޖުލައި 2017ގެ މެންދުރު 12:00 ގެ ކުރިން މި މިނިސްޓްރީގެ ކައުންޓަރ (ވެލާނާގޭ، 8 ވަނަ ފަންގިފިލާ) އަށް ނުވަތަ އީމެއިލް އެޑްރެސް [email protected] އަށް ހުށަހެޅުން އެދެމެވެ.
މަޤާމުތައް:
| 
 ATOLL  | 
 SCHOOL  | 
 SUBJECT  | 
 JOB ID  | 
 O LEVEL  | 
 A LEVEL  | 
| 
 MALE  | 
 IMADUDDIN SCHOOL  | 
 ENGLISH  | 
 J-265530  | 
 1  | 
 
  | 
| 
 MALE  | 
 IMADUDDIN SCHOOL  | 
 ECONOMICS  | 
 J-265533  | 
 1  | 
 
  | 
| 
 MALE  | 
 IMADUDDIN SCHOOL  | 
 COMPUTER STUDIES  | 
 J-265532  | 
 1  | 
 
  | 
| 
 MALE  | 
 IMADUDDIN SCHOOL  | 
 BUSINESS STUDIES  | 
 J-265546  | 
 1  | 
 
  | 
| 
 MALE  | 
 IMADUDDIN SCHOOL  | 
 TRAVEL AND TOURISM  | 
 J-265560  | 
 1  | 
 
  | 
| 
 MALE  | 
 IMADUDDIN SCHOOL  | 
 PHYSICS  | 
 J-265539  | 
 1  | 
 
  | 
| 
 MALE  | 
 IMADUDDIN SCHOOL  | 
 ECONOMICS  | 
 J-265501  | 
 1  | 
 
  | 
| 
 MALE  | 
 IMADUDDIN SCHOOL  | 
 BTEC - HOSPITALITY  | 
 188-OD/22/2016/5  | 
 1  | 
 
  | 
| 
 MALE  | 
 IMADUDDIN SCHOOL  | 
 BTEC - SPORTS  | 
 188-OD/22/2016/5  | 
 1  | 
 
  | 
| 
 N  | 
 N. ATOLL EDUCATION CENTRE  | 
 PHYSICS  | 
 J-261843  | 
 1  | 
 
  | 
| 
 N  | 
 N. ATOLL EDUCATION CENTRE  | 
 ENGLISH  | 
 J-261827  | 
 1  | 
 
  | 
| 
 N  | 
 N. ATOLL EDUCATION CENTRE  | 
 MATHEMATICS  | 
 J-267841  | 
 1  | 
 
  | 
| 
 N  | 
 N. ATOLL EDUCATION CENTRE  | 
 TRAVEL AND TOURISM  | 
 J-261847  | 
 1  | 
 
  | 
| 
 N  | 
 N. ATOLL EDUCATION CENTRE  | 
 ECONOMICS  | 
 J-261836  | 
 1  | 
 
  | 
| 
 N  | 
 N. ATOLL EDUCATION CENTRE  | 
 COMPUTER STUDIES  | 
 J-261829  | 
 1  | 
 
  | 
| 
 N  | 
 N. ATOLL EDUCATION CENTRE  | 
 MATHEMATICS  | 
 J-261811  | 
 1  | 
 
  | 
| 
 N  | 
 N. ATOLL EDUCATION CENTRE  | 
 BIOLOGY  | 
 J-273821  | 
 1  | 
 
  | 
| 
 N  | 
 N. ATOLL EDUCATION CENTRE  | 
 CHEMISTRY  | 
 J-273818  | 
 1  | 
 
  | 
| 
 R  | 
 R. ATOLL EDUCATION CENTRE  | 
 TRAVEL AND TOURISM  | 
 J-263075  | 
 
  | 
 1  | 
| 
 R  | 
 R. ATOLL EDUCATION CENTRE  | 
 ECONOMICS  | 
 J-277346  | 
 
  | 
 1  | 
| 
 R  | 
 R. ATOLL EDUCATION CENTRE  | 
 BTEC - BUSINESS  | 
 J-263104  | 
 1  | 
 
  | 
| 
 R  | 
 R. ATOLL EDUCATION CENTRE  | 
 MATHEMATICS  | 
 J-265133  | 
 1  | 
 
  | 
| 
 R  | 
 R. ATOLL EDUCATION CENTRE  | 
 CHEMISTRY  | 
 J-263082  | 
 
  | 
 1  | 
| 
 R  | 
 R. ATOLL EDUCATION CENTRE  | 
 ECONOMICS  | 
 J-265132  | 
 1  | 
 
  | 
| 
 R  | 
 R. ATOLL EDUCATION CENTRE  | 
 PHYSICS  | 
 J-277344  | 
 
  | 
 1  | 
| 
 R  | 
 R. ATOLL EDUCATION CENTRE  | 
 COMPUTER STUDIES  | 
 J-277347  | 
 1  | 
 
  | 
| 
 R  | 
 R. ATOLL EDUCATION CENTRE  | 
 ENGLISH  | 
 J-277354  | 
 
  | 
 1  | 
| 
 B  | 
 B.ATOLL EDUCTION CENTRE  | 
 COMPUTER STUDIES  | 
 J-264081  | 
 1  | 
 
  | 
| 
 B  | 
 B.ATOLL EDUCTION CENTRE  | 
 MECHANICS  | 
 J-264095  | 
 
  | 
 1  | 
| 
 B  | 
 B.ATOLL EDUCTION CENTRE  | 
 BUSINESS STUDIES  | 
 J-264093  | 
 
  | 
 1  | 
| 
 B  | 
 B.ATOLL EDUCTION CENTRE  | 
 ENGLISH  | 
 J-264077  | 
 1  | 
 
  | 
| 
 B  | 
 B.ATOLL EDUCTION CENTRE  | 
 BUSINESS STUDIES  | 
 J-264093  | 
 
  | 
 1  | 
| 
 B  | 
 B.ATOLL EDUCTION CENTRE  | 
 BUSINESS STUDIES  | 
 J-148423  | 
 
  | 
 1  | 
| 
 B  | 
 B.ATOLL EDUCTION CENTRE  | 
 ENGLISH  | 
 J-274852  | 
 1  | 
 
  | 
| 
 B  | 
 B.ATOLL EDUCTION CENTRE  | 
 CHEMISTRY  | 
 J-264087  | 
 1  | 
 
  | 
| 
 B  | 
 B.ATOLL EDUCTION CENTRE  | 
 ECONOMICS  | 
 J-264091  | 
 1  | 
 
  | 
| 
 B  | 
 B.ATOLL EDUCTION CENTRE  | 
 ACCOUNTING  | 
 J-264079  | 
 
  | 
 1  | 
| 
 B  | 
 B.ATOLL EDUCTION CENTRE  | 
 ECONOMICS  | 
 J-264084  | 
 
  | 
 1  | 
| 
 B  | 
 B.ATOLL EDUCTION CENTRE  | 
 STATISTICS  | 
 J-264089  | 
 
  | 
 1  | 
| 
 B  | 
 B.ATOLL EDUCTION CENTRE  | 
 TRAVEL AND TOURISM  | 
 J-264083  | 
 1  | 
 
  | 
| 
 B  | 
 B.ATOLL EDUCTION CENTRE  | 
 ENGLISH  | 
 J-274852  | 
 1  | 
 
  | 
| 
 B  | 
 B.ATOLL EDUCTION CENTRE  | 
 ENGLISH  | 
 J-274854  | 
 1  | 
 
  | 
| 
 B  | 
 B.ATOLL EDUCTION CENTRE  | 
 CHEMISTRY  | 
 J-264094  | 
 
  | 
 1  | 
| 
 B  | 
 B.ATOLL EDUCTION CENTRE  | 
 BIOLOGY  | 
 J-264086  | 
 1  | 
 
  | 
| 
 B  | 
 B.ATOLL EDUCTION CENTRE  | 
 PHYSICS  | 
 J-274848  | 
 
  | 
 1  | 
| 
 B  | 
 B.ATOLL EDUCTION CENTRE  | 
 ENGLISH  | 
 J-265629  | 
 1  | 
 
  | 
| 
 B  | 
 B.ATOLL EDUCTION CENTRE  | 
 ENGLISH  | 
 J-274853  | 
 1  | 
 
  | 
| 
 GA  | 
 KONDAY SCHOOL  | 
 MATHEMATICS  | 
 J-261665  | 
 1  | 
 
  | 
| 
 GA  | 
 KONDAY SCHOOL  | 
 ENGLISH  | 
 J-261649  | 
 1  | 
 
  | 
ހުށަހަޅަންޖެހޭ ލިޔުންތައް:
- ފުރިހަމަ ކުރައްވާފައިވާ ސިވިލް ސާރވިސްގެ ވަޒީފާއަށް އެދޭ ފޯމު
 - ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
 - ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
 - ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
 - ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
 
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
- ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
 - ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
 - މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ
 
(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް
ނޯޓް: އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.
މަޤާމުގެ ޝަރުތު، އިނާޔަތް އަދި ކްލެސިފިކޭޝަން:
| 
 އެލަވަންސް  | 
 މުސާރަ  | 
 އަސާސީ ޝަރުތު  | 
 ސިވިލްސަރވިސް ރޭންކް  | 
 ކްލެސިފިކޭޝަން  | 
 މަގާމް ނަން  | 
| 
 2,500.00  | 
 10,640.00  | 
 ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS15-4 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.  | 
 CS15-5  | 
 ސްކޫލް ޓީޗަރސް  | 
 ސީނިއަރ ޓީޗަރ  | 
| 
 2,500.00  | 
 10,320.00  | 
 ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS15-3 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.  | 
 CS15-4  | 
||
| 
 2,500.00  | 
 10,100.00  | 
 ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS15-2 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.  | 
 CS15-3  | 
||
| 
 2,500.00  | 
 9,910.00  | 
 ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައި އޮތުމާއިއެކު ތައުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއިއެކު ސަނަދުތައް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ވެލިޑޭޓްކޮށްފައިވުން އަދި ސެން ޓީޗަރުކަމަށް ހަމަޖައްސާނަމަ ސެން ޓީޗަރުންގެ ޝަރުޠު ފުރިހަމަވުން، ނުވަތަ  | 
 CS15-2  | 
||
| 
 ކިޔަވައިދޭ މާއްދާއަށް ޚާއްސަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 7 ގެ ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާޞިލުކޮށްފައި އޮތުމާއިއެކު ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާޞިލުކޮށްފައިވުމާއިއެކު، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްސަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 9 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާޞިލުކޮށްފައިވުމާއިއެކު ސަނަދުތައް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ވެލިޑޭޓްކޮށްފައިވުން، އަދި ސެން ޓީޗަރުކަމަށް ހަމަޖައްސާނަމަ ސެން ޓީޗަރުންގެ ޝަރުޠު ފުރިހަމަވުން.  | 
|||||
| 
 2,500.00  | 
 9,850.00  | 
 ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ 4 CS13-ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.  | 
 CS13-5  | 
 ސްކޫލް ޓީޗަރސް  | 
 ޓީޗަރ  | 
| 
 2,500.00  | 
 9,360.00  | 
 ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ 3 CS13-ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.  | 
 CS13-4  | 
||
| 
 2,500.00  | 
 8,890.00  | 
 ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ 2 CS13-ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.  | 
 CS13-3  | 
||
| 
 2,500.00  | 
 8,440.00  | 
 ކިޔަވައިދިނުމުގެ ރޮނގުން ނުވަތަ ކިޔަވައިދޭ މާއްދާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 7 ނުވަތަ އެޔަށް ވުރެ މަތީ ސަނަދެއް ޙާޞިލުކޮށްފައިވުމާއިއެކު ސަނަދުތައް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ވެލިޑޭޓްކޮށްފައިވުން، އަދި ސެން ޓީޗަރުކަމަށް ހަމަޖައްސާނަމަ ސެން ޓީޗަރުންގެ ޝަރުޠު ފުރިހަމަވުން؛  | 
 CS13-2  | 
އިތުރު ޢިނާޔަތްތައް:
 
 
 
 
 
  | 
 
 
  | 
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
1- ގައުމީ މަންހަޖުގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ޙާސިލްވާގޮތަށް ކުލާހުގަޔާއި ކުލާހުން ބޭރުގައި ކިޔަވައިދިނުމާއި ކިޔަވައިދިނުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން
2- ގައުމީ މަންހަޖުގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ޙާސިލްވާގޮތަށް ލެސަންޕްލޭން ތައްޔާރުކުރުން
3- ދަރިވަރުންނަށް ބާއްވާ ތަފާތު އެކިއެކި ޓެސްޓްތަކުގެ ޕޭޕަރު ތައްޔާރުކުރުމާއި ޓެސްޓްތައް އެޑްމިނިސްޓަރ ކުރުން
4- ކިޔަވައިދޭ މާއްދާއާއި ގުޅޭގޮތުން ދަރިވަރުންގެ ފޮތްތަކާއި އެސެސްމެންޓް ޕޭޕަރާއި، ޔުނިޓް ޓެސްޓް ޕޭޕަރުތަކާއި، ޓާމް ޓެސްޓް ޕޭޕަރ އަދި މިނޫންވެސް ދަރިވަރުންނަށް ޙާސިލްވި މިންވަރު ނުވަތަ ކުރިއެރުން ވަޒަންކުރުމަށް ބާއްވާ ޓެސްޓްތަކުގެ ޕޭޕަރުތައް މާކުކުރުން
5- ދަރިވަރުން ޙާސިލްކުރާ މިންވަރާއި ކުރިއެރުމުގެ ރެކޯޑްތައް ބެލެހެއްޓުން
6- ދަރިވަރުންލައްވާ ކުރުވާ ޕްރެކްޓިކަލް މަސައްކަތްތައް ބެލެހެއްޓުން
7- ކުލާހުގައާއި ކުލާހުން ބޭރުގައި ސްކޫލުގެ ހަރަކާތްތަކުގައި އުޅޭއިރު ދަރިވަރުންގެ އަޚްލާގީ ކަންތައްތައް ބެލެހެއްޓުން
8- ޕޭރަންޓް ޓީޗަރ މީޓިންގ ތަކުގައި ބައިވެރިވުމާއި ދަރިވަރުންގެ ކިޔެވުމާއި ގުޅޭގޮތުން ބެލެނިވެރިންނަށް މަޢުލޫމާތު ދިނުން
9- ދަރިވަރުންގެ ކުރިއެރުމާބެހޭ ގޮތުން ބެލެނިވެރިންނާއި، ސްކޫލްގެ ވެރިންނާއި ތަޢުލީމީ ދާއިރާގެ ފަރާތްތަކަށް ބޭނުންވާނެ މަޢުލޫމާތު ހިއްސާ ކުރުން
10- ކުލާހުން ބޭރުގައި ހިންގާ، ކިޔަވައިދިނުމާއި ގުޅުންހުރި ކަންތައްތައް ހިންގުމުގައި ސްކޫލަށް އެހީތެރިވެ، އެއްބާރުލުން ދިނުން
11- ދަރިވަރުން ގެންގުޅޭ މާޙައުލަކީ ދަރިވަރުންނަށް ރައްކާތެރިކަމާއި އަމާންކަން ލިބިގެންވާ މާޙައުލެއްކަން ކަށަވަރުކުރުން.
12- ދަރިވަރުންނަށް ތަޢުލީމީ ލަނޑުދަނޑިތަށް ޙާޞިލުވަމުންދާކަމާއި، ދަރިވަރުންގެ ކިބައިގައި ދީނީ، އަދި ރަނގަޅު އަޚްލާޤީ އާދަތައް ހަރުލެއްވެމުންދާކަން ކަށަވަރުކުރުން.
13- ރިލީފް ގަޑި ނެގުން
14- ސްކޫލްގައި ހިންގާ ކުލަބް ޙަރަކާތްތައް ހިންގުން
15- ކިޔަވައިދޭ މާއްދާއާއި ގުޅޭގޮތުން އިތުރު މުއްސަދިކަމެއް (ރިސޯސް) ބޭނުންވާ ޙާލަތުގައި ސްކޫލްގެ ވެރިންގެ ލަފަޔާއި އިރުޝާދުގެ މަތިން އެފަދަ ކަންތައްތައް ކޯޑިނޭޓް ކުރުން
16- ސްކޫލްގެ ފަރާތުން އިންތިޒާމް ކުރާ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޙަރަކާތްތަކުގައި ބައިވެރިވުން
17- މުދައްރިސުންގެ ފަންނީ ގާބިލްކަން އިތުރުކުރުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ދާއިރާގެ މުއައްސަސާތަކުން ބާއްވާ ޙަރަކާތްތަކުގައި ބައިވެރިވުމަށް ލިބޭ ފުރުސަތުތަކުގައި ބައިވެރިވުން
18- ތަޢުލީމީ ދާއިރާ ހަރުދަނާ ކުރުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކުރާ މަސައްކަތުގައި ބައިވެރިވުމަށް، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އެދިއްޖެނަމަ، އެމަސައްކަތުގައި ބައިވެރިވެ، އެއްބާރުލުން ދިނުން
19- ކޮންޓެކްޓް ގަޑީގެ ގޮތުގައި މަދުވެގެން ހަފްތާއަކު 35 މިނިޓްގެ 25 އާ 30 އާ ދެމެދުގެ ގަޑި ނުވަތަ 45 މިނިޓްގެ 20 އާ 25 އާ ދެމެދުގެ ގަޑި ނެގުން
ގިންތި: ދާއިމީ
ނޯޓް: އިންޓަވިއު ކުރުމަށްފަހު ވަޒީފާ ދާއިމީ ކުރުމާ ދެމެދުގައި ހިނގާ މުއްދަތުގައި އެ މުވައްޒަފާއި ކޮންޓްރެކްޓް ކުރެވޭނެއެވެ.
އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު:
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 31 ޖުލައި 2017 އާއި 06 އޯގަސްޓް 2017 އާ ދެމެދު، މަޤާމު އޮތް ސްކޫލް ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.
ޝޯޓް ލިސްޓް ކުރުން:
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
- ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު
 - މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު
 - މަސައްކަތުގެ ހުނަރާއި، ފެންވަރާއި ޤާބިލުކަމާއި ސިފަތައް
 
މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:
މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން 30% ލިބެންވާނެއެވެ.
އިތުރު މަޢުލޫމާތު:
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3341467 ނުވަތަ 3341453 ނަންބަރު ފޯނާއެވެ.
22 ޝައްވާލް 1438
16 ޖުލައި 2017