ވަޒީފާގެ ފުރުޞަތު
ނަންބަރު: GS61/IUL/2017/10
ޕަބްލިޝްކުރި ތާރީޚް: 16 ޖުލައި 2017
ޕަބްލިޝްކުރި ގަޑި: 15:08
ސުންގަޑި: 25 ޖުލައި 2017 14:00
އައްޑުއަތޮޅު މަރަދޫފޭދޫ ސްކޫލް
ދިވެހިރާއްޖެ
ސްޕޯޓްސް ސުޕަވައިޒާރ ( ވަގުތީ)

މަޤާމު

ސްޕޯޓްސް ސުޕަވައިޒާރ  ( ވަގުތީ)

ބޭނުންވާ އަދަދު

01

ވަޒީފާ އަދާކުރަންޖެހޭ ތަން

މަރަދޫފޭދޫ ސްކޫލް

ކުލެސިފިކޭޝަން:

އޮފިސާރ ގްރޭޑް 1

ރޭންކް

ޖީ.އެސް 3

މުސާރަ

-/4465 ރުފިޔާ  (މަހަކު )

ސަރވިސް އެލަވަންސް

-/1500 ރުފިޔާ (މަހަކު )

އިތުރުގަޑީގެ ފައިސާ

އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމްގެ ގިންތި

ވަގުތީ  

މަޤާމުގެ ހުއްދަ ނަންބަރު:

މަޤާމުގެ ޝަރުތު:

  1. މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން 'ޑީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން

މަޤާމްގެ މައިގަޑު މަސްއޫލިއްޔަތު

-       ސްކޫލުގައި ހިންގޭ ކުޅިވަރުތަކާ ގުޅޭ ހުރިހާ ހަރަކާތެއް، އިސްވެރިންނާއި ޓީޗަރުންގެ އިރުޝާދުގެދަށުން ރާވައި ހިންގުން

-       ސްކޫލުގެ ސްޕޯޓްސް ސާމާނުގެ އިންވެންޓްރީ ބެލެހެއްޓުން

-       އިންޓަރ ކްލާހަށް އަމާޒުކޮށްގެން ރާވާ ހަރަކާތްތަކުގެ ފަރިތަކުރުމުގެ ތާވަލު ތައްޔާރުކުރުމާއި، މުބާރާތް ރާވައި ހިންގުން

-       ކުޅިވަރުތަކާބެހޭ އެންމެހައި ލިޔެކިޔުންތައް ރަނގަޅު އިންތިޒާމެއްގެދަށުން ފައިލްކޮށް ބެލެހެއްޓުން

-       ދަރިވަރުންގެ ކިބައިގައިވާ ކުޅިވަރާގުޅޭ ތަފާތު ހުނަރުތައް ދެނެގަނެ، އެ ހުނަރުތައް ތަރައްޤީކުރުމަށް ތަފާތު ޕުރޮގުރާމު ހިންގުން.

-       ސްކޫލުގައި ހިންގޭ ކުޅިވަރު ޕޫލުތަކުގައި އުޅޭ ދަރިވަރުންގެ ފަރިތަކުރުންތަކުގެ ޝެޑިއުލް ތައްޔާރުކުރުމާއި، އެފަދަ ފަރާތްތަކަށް ތަމްރީން ދެއްވުމަށް ވަޑައިގަންނަވާ ބޭފުޅުންގެ ހާޒިރީ ބެލެހެއްޓުމާއި، ތަމްރީނުތައް ކުރިއަށްދާގޮތް ރަނގަޅުތޯ ކަށަވަރުކުރުން.

-       ދިރާސީ އަހަރު ނިމޭއިރު ސްކޫލުގެ ސްޕޯޓްސް ޑިޕާޓްމަންޓުގެ ރިޕޯޓެއް ތައްޔާރުކޮށްފައި ޕްރިންސިޕަލަށް ހުށަހެޅުން

ވަޒީފާ އަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1 .ހާސިލްކޮށްފައިވާ ތައުލީމާއި ތަމްރީނަށް ބަލައިގެން.

2 .މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން

3 .ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް

  • ދިވެހި ސިވިލްސަރވިސް ގެ  ވަޒީފާއަށް އެދޭ ފޯމު ( ސިވިލްސަރވިސް ވަޒީފާއަށް އެދޭ ފޯމް ސިވިލްސަރވިސް ކޮމިޝަންގެ ސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި  ފޯމް ސުކޫލް އޮފީހުން ވެސް ލިބެންހުންނާނެއެވެ.)
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލައި ، ތައްގަނޑު                ޖަހާފައިވާ ލިޔުމުގެ ކޮޕީ )
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް ކުރިމަތިލައްވާފައިވާ ފަރާތަކީ ސިވިލްސާރވިސް ނުވަތަ ސަރުކާރުގެ އެހެން މުއައްސަސާއެއްގައި މަސައްކަތްކުރައްވާ މުވައްޒަފެއްނަމަ، އެމުވައްޒަފު ގެ ވަޒީފާ މި ސުކޫލަށް ބަދަލުވުމާމެދު އިއުތިރާޒު ނުކުރައްވާ ކަމުގެ ލިޔުން .
  • ވަޒީފާއަށް ކުރިމަތިލައްވާފައިވާ ފަރާތަކީ ސިވިލްސާރވިސް ނުވަތަ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފެއްނަމަ އެމުވައްޒަފު ގެ ވަޒީފާ މި ސުކޫލަށް ބަދަލުވުމާމެދު އިއުތިރާޒު ނުކުރައްވާ ކަމުގެ ލިޔުން.
  • މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)
  • ވަޒީފާއެއް އަދާކުރައްވާ ފަރާތެއްނަމަ ނުވަތަ ވަޒީފާއެއް އަދާކުރައްވާފައިވާ ފަރާތެއްނަމަ ވަޒީފާގެ މަސްއޫލިއްޔަތު އެގޭނެ ލިޔުމެއް.

އިންޓަވިއު ކުރުން:

  • އަދި މި ވަޒީފާއަށް އެދިފައިވާ ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒިފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޖުރިބާ އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، ހިއުމަން ރިސޯސް މެނޭޖްމަންޓް ކޮމިޓީން ކަނޑައަޅާ ކްރައިޓީރިޔާއެއްގެ ދަށުން، ޝޯޓްލިސްޓު ކުރެވޭނެއެވެ. އަދި އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓު ކުރެވޭއިރު ހޮވޭ ފަރާތްތަކާއިއެވެ.
  • ·       އިންޓަވިއު އަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އެމީހަކު އިންޓަރވިއު އަށް ހާޒިރުވާއިރު ވަޒީފާއަށް އެދޭ ފޯމްގައިވާ ލިޔުންތަކުގެ އަސްލު ގެންނަން ވާނެއެވެ.

މި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކަށް އިންޓަވިއުކުރުން މަރަދޫފޭދޫ ސްކޫލުގައި އޮންނާނެއެވެ. އިންޓަވިއު ކުރިއަށް ގެންދެވޭނީ 2017 ޖުލައި މަހުގެ 30 ވަނަ ދުވަހުގައެވެ.

ސުންގަޑި: މި މަޤާމަށް އެދިލައްވާ ޝަރުޠު ފުރިހަމަވާ ފަރާތްތަކުން 25 ޖުލައި 2017 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން މަތީދެންނެވިފައިވާ ލިއުންތަކާއެކު މަރަދޫފޭދޫ ސްކޫލަށް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯއްދަވަން ގުޅުއްވާނީ ނަންބަރު 6891531 ފޯނާއެވެ.

16 ޖުލައި 2017