ޢާންމު މަޢުލޫމާތު
ނަންބަރު: GS69/IU/2017/20
ޕަބްލިޝްކުރި ތާރީޚް: 16 ޖުލައި 2017
ޕަބްލިޝްކުރި ގަޑި: 11:59
ސުންގަޑި: 25 ޖުލައި 2017 09:00
މިލަންދޫ ސްކޫލް
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

 

މަޤާމް              :މަސައްކަތު

މަޤާމުގެ ނަންބަރު        : J-283187:

ބޭނުންވާ ޢަދަދު         : 01

ގިންތި              : ދާއިމީ

ރޭންކް              : އެސް. އެސް. 1

ކްލެސިފިކޭޝަން         : ސަޕޯޓް ސްޓާފް ގުރޭޑް 1

ސެކްޝަން            : އެޑްމިން

މަޤާމް އޮތް އޮފީސް       : މިލަންދޫ ސްކޫލް

ވަޒީފާ އަދާކުރަންޖެހޭ ތަން    : މިލަންދޫ ސްކޫލް / ށ. މިލަންދޫ

މުސާރަ              : -/3100 ރުފިޔާ                        

ސަރވިސް އެލަވަންސް      : -/1000 ރުފިޔާ              

ވަޒީފާ އަދާކުރަންޖެހޭ ތަން    : މިލަންދޫ ސްކޫލް

އިތުރު ޢިނާޔަތްތައް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ސްކޫލުގެ ގޯތިތެރެއާއި ސްކޫލް ހިމެނޭ ސަރަހައްދުގެ މަގުތައް ކުނިކަހައި ސާފުކުރުމާއި، ސީ.އެފްސީ ކްލާސްތައް ކުނިކަހައި މޮޕްކުރުމާއި، އެހެނިހެން ކްލާސްތައް ކުނިކަހައި ސާފުކުރުން (ފޮޅައި ސާފުކުރުމާއެކު)
  2. ހަވާލުކުރެވޭ އެންމެހައި އިމާރާތްތައް ކޮންމެ ދުވަހަކު ފޮޅައި ސާފުކޮށް ބެލެހެއްޓުމާއި، އެއިމާރާތްތަކުގެ ފަންކާތައް ސާފުކުރުން.
  3. ހަވާލުކުރެވޭ ފާޚާނާތައް ކޮންމެ ދުވަހަކު ސާފުކުރުން.
  4. ސްކޫލުގައި ބާއްވާ ޖަލްސާތަކާއި ބައްދަލުވުންތަކާއި އިމްތިޙާންތަކަށް ހޯލް ތައްޔާރުކުރުމާއި، އެކަން ނިމުމުން ކްލާސްތައް ރޭވުން.
  5. ހަވާލުކުރެވޭ އެންމެހާ މެޝިނަރީސްތައް، ކޮންމެދުވަހަކު ފޮޅައި ސާފުކޮށް ބެލެހެއްޓުން.
  6. އިތުރު ހަރަކާތްތައް ހިންގާ ވަގުތުތަކާއި ދުވަސްތަކުގައި ސްކޫލުން އަންގާގޮތެއްގެ މަތިން މަސައްކަތް ކުރުން.
  7. ސްކޫލުގެ ގޯތިތެރޭގައިވާ ރުއްގަސްތަކުގެ ތެރެއިން ހަވާލުކުރެވޭ ރުއްގަސްތައް ކޮށައި ބެލެހެއްޓުން.
  8. ފާޚާނާއަށްދާ ދަށް ގްރޭޑްގެ ދަރިވަރުންނަށް އެހީތެރިވުން.
  9. އެކިފަރާތްތަކަށް ހަވާލުކުރަންޖެހޭ ލިޔެކިޔުންތައް ހަވާލުކުރުމާއި، ދަންނަވަންޖެހޭ ފަރާތްތަކަށް ދެންނެވުން.
  10.  ވަޒީފާގެ މަސްއޫލިއްޔަތާ ގުޅޭ އެހެނިހެން މަސައްކަތް ކުރުން.

 

މަޤާމުގެ ޝަރުޠުތައް:

ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ލިބިފައިވުން.

ޞިއްޙީގޮތުން ގިނަވަގުތު މަސައްކަތް ކުރެވޭފަދަ ފަރާތެއް ކަމުގައިވުން.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މިވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށްޓަކައި ބަލާނީ ދިވެހި ސިވިލް ސަރވިސް ކޮމިޝަނުން 01 އޭޕްރީލް 2013 ގައި ޝާއިއުކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތަކަށެވެ. މިގޮތުން މިވަޒީފާތަކަށް އެންމެ ޤާބިލުފަރާތެއް ކަނޑައަޅާނީ A2 ފޯމުގައިވާ ތިރީގައިވާ ބައިތަކަށް ޕޮއިންޓް ދިނުމުން އެންމެ މަތީ ޕޮއިންޓް ލިބޭ ފަރާތަކީ އެންމެ ޤާބިލުފަރާތް ކަމުގައި ކަނޑައަޅައިގެންނެވެ.

  1. ލިބިފައިވާ ތަޢްލީމާއި ތަމްރީން %50
  2. ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ %20
  3. . ލިބިފައިވާ ހުނަރު %30 (އިންޓަރވިއު އަދި ޕްރެކްޓިކަލް)

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

       (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ

        ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން

   ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

        (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

        (ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

   6 . ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

   7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.

   8. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

         (ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

         (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް

          އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

                       ވަޒީފާއަށް އެދޭ ފޯމު މިލަންދޫ ސްކޫލުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ

                       www.csc.gov.mv ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.  މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި

                       ހުށަހަޅާނީ 2017 ޖުލައި 25 ވާ އަންގާރަދުވަހުގެ ހެނދުނު 9:00 ގެ ކުރިން، މިލަންދޫ ސްކޫލަށެވެ. ވަޒީފާއަށް އެދޭ

                       ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް  ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ،  

                       [email protected]އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ

                      އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

                     މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އާއި ޕްރެކްޓިކަލް އޮންނާނީ،  25 ޖުލައި 2017  އާއި 27 ޖުލައި 2017 އާއި ދެމެދު،

                     މިލަންދޫ ސްކޫލުގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

                     މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10  އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް 

                     ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް

ކަނޑައަޅާފައިވާ ކްރައިޓީރިއާގެ

ހުރިހާ ބަޔަކުން އެންމެ ދަށްވެގެން

ލިބެންޖެހޭ ޖުމްލަ އިންސައްތަ:       %30

 

އިތުރުމަޢުލޫމާތު ހޯދުން:

                       މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6540541 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 6540595 އެވެ. އީ-މެއިލް

                       ކުރާނީ [email protected]އަށެވެ.

16 ޖުލައި 2017