ދިވެހިރާއްޖެ
އިޢުލާން
ތިރީގައި މިދަންނަވާ ސިލަބަސްތައް ދިވެހި ބަހުން އިގިރޭސި ބަހަށް ތަރުޖަމާ ކުރުމަށް ބޭނުންވެއެވެ.
- ސާނަވީ އެކެއްގެ ދިވެހި މުޤައްރަރު
- މަތީ ސާނަވީގެ ދިވެހި މުޤައްރަރު
- ޤައުމީ މަންހަޖުގައި ދިވެހި ( ކީސްޓޭޖު 5 )
- ޤައުމީ މަންހަޖުގައި ދިވެހި ( ކީސްޓޭޖު 4 )
- އިސްލާމް މުޤައްރަރު – ގްރޭޑް 8 - 10
- ހަޔަރ ސެކަންޑަރީ މުޤައްރަރު – އިސްލާމް
- ޤައުމީ މަންހަޖުގައި އިސްލާމީ ތަރުބިޔަތު ( ކީސްޓޭޖު 5 )
- ޤައުމީ މަންހަޖުގައި އިސްލާމީ ތަރުބިޔަތު ( ކީސްޓޭޖު 4 )
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭ 08 ވަނަފަންގިފިލާ) ޕްރޮކިއުމަންޓް ސެކްޝަނަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭ 08 ވަނަފަންގިފިލާ) ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެންދެއްވުން އެދެމެވެ.
|
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީ ހިސާބު ހުށަހެޅުމަށް |
|
2017 ޖުލައި 19 ވަނަ ދުވަހުގެ 11:00 ށް |
2017 ޖުލައި 24 ވަނަ ދުވަހުގެ 11:00 ށް |
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341436, 3341403 ނަމްބަރ ފޯނާއެވެ.