ދިވެހިރާއްޖެ
ނަންބަރު: (IUL)297/INDIV/2017/35 ނަންބަރު: (IUL)297/INDIV/2017/35
އިޢުލާން
ކުލީ ބިން ދޫކުރުމާއިބެހޭ
މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީން ހުއްދަލިބިފައިވާ ބިންތަކުގެ ތެރެއިން ބައެއް ބިން ކުއްޔަށްދޫކުރުމަށްވަނީ ހަމަޖެހިފައެވެ.
ވީމާ، ބިންތައް ކުއްޔަށް ހިފުމުގެ ޝައުގުވެރިކަން ހުރި ފަރާތްތަކުން ތިރީގައިވާ ތާރީޚާއި ގަޑީގައި މައުލޫމާތު ސާފްކުރައްވާ އެކަމަށް އެދި ހުށަހެޅުއްވުން އެދެމެވެ.
v ބިންތަކާ ބެހޭ މައުލޫމާތު
- ރަށުގެ އިރުމަތިފަރާތު ބަނދަރުގެ އުތުރުކޮޅުން ތެޔޮ / ޕެޓްރޯލް ސްޓޭޝަން ހެދުމަށް ދޫކުރުމަށް ހަމަޖެހިފައިވާ 2255 އަކަފޫޓްގެ ބިން
- ޑައިވިންގ ސްކޫލް އެޅުމަށް ދޫކުރުމަށް ހަމަޖެހިފައިވާ 2880 އަކަފޫޓް ބިން ( ފެމޯރާ އާދަމް ޔޫސުފް ގޯތީގެ ދެކުނުން )
- ގުދަން / ގަރާޖް ހެދުމަށް ދޫކުރުމަށް ހަމަޖެހިފައިވާ 1200 އަކަފޫޓްގެ 9 ބިން ( މަލަކާ އަހުމަދު ހުސެއިން ގެއާދިމާ އުތުރުން)
- އާންމު ވިޔަފާރި / ފިހާރަ ހެދުމަށް ދޫކުރުމަށް ހަމަޖެހިފައިވާ 1122 އަކަފޫޓްގެ ބިން ( މުތްތޮށިގެ ރުގިއްޔާ މުހައްމަދުފުޅު ގޯތީގެ އުތުރުން )
- ސައިހޮޓާ / ރެސްޓޯރަންޓް / ކެފޭ ހެދުމަށް ދޫކުރުމަށް ހަމަޖެހިފައިވާ 692 އަކަފޫޓް ބިން ( މުގުރިގެ އާމިނަތު އަލި މަނިކު ގޯތީގެ އިރުން )
- އާންމު ވިޔަފާރި / ފިހާރަ ހެދުމަށް ދޫކުރުމަށް ހަމަޖެހިފައިވާ 1477 އަކަފޫޓް ބިން ( މިސްކިތް މަގު ހުޅަނގުކޮޅު )
މައުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ އެއްވެސް ފަރާތަކަށް ބިމަށް އެދި ހުށަނޭޅޭނެ ވާހަކަ ދެންނެވީމެވެ.
މައުލޫމާތު ދިނުން |
2017 ޖުލައި 19 ވާ ބުދަ ދުވަހު 13:30 |
ބިމަށް އެދި ހުށަހެޅުން |
2017 ޖުލައި 23 ވާ އާދިއްތަ ދުވަހު 11:30 |
މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.
19 ޝައްވާލު 1438
13 ޖުލައި 2017