މަސައްކަތް
ނަންބަރު: (IUL)257/257/2017/34
ޕަބްލިޝްކުރި ތާރީޚް: 13 ޖުލައި 2017
ޕަބްލިޝްކުރި ގަޑި: 11:10
ސުންގަޑި: 31 ޖުލައި 2017 13:00
ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ.ބާރަށުގައި 02 ވޮލީކޯޓާއި 01 ނެޓްބޯޅަ ކޯޓް ހެދުމުގެ މަސައްކަތް

             ހއ.ބާރަށު ސްޕޯޓްސް އެރީނާގެ ކުޅިވަރު ވަސީލަތްތައް ތަރައްޤީކުރުމުގެ ގޮތުން ހެދުމަށް ހަމަޖެހިފައިވާ 02 ވޮލީކޯޓާއި 01 ނެޓްބޯޅަ ކޯޓުގެ މަސައްކަތް މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯރޓްސްގެ ބީ.އޯ.ކިޔު އާއި އެއްގޮތަށް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

 

             ވީމާ މި މަސައްކަތް އަމިއްލަ ތަކެތީގައި ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަނަންވާ ތާރީޙަށް ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޙަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާނީ

24 ޖުލައި 2017 (ހޯމަ) ދުވަހުގެ 13:00 އަށް

އަންދާސީ ހިސާބު ހުށަހެޅުމަށް ހާޒިރުވާނީ

31 ޖުލައި 2017 (ހޯމަ) ދުވަހުގެ 13:00 އަށް

 

            މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، ބަދަލުގައި ފޮނުވި މީހެއްކަން އެނގޭނެ ލިޔުމެއް ހިފައިގެން ހާޟިރުވުން އެދެމެވެ. އަދި މައުލޫމާތު ސާފުކުރަން ޙާޟިރު ނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކާއި ދެންނެވީމެވެ.

 

             ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކާއި އިޢުލާން ކުރީމެވެ.

13 ޖުލައި 2017