ދިވެހިރާއްޖެ
c
އިންނަމާދޫ ސްކޫލް
ރ.އިންނަމާދޫ ، ދިވެހިރާއްޖެ
ނަމްބަރު:GS123/QT/IUL/2017/13
އިޢުލާން
|
މިސްކޫލުގެ ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެ.
މަޤާމް: |
ޓީޗަރ (ޤުރްއާން) |
މަޤާމުގެ ނަމްބަރ: |
J-281484 |
ބޭނުންވާ ޢަދަދު: |
1 (އެކެއް) |
މަޤާމުގެ ގިންތި: |
ދާއިމީ |
މަޤާމުގެ ރޭންކް: |
ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގައި ކަނޑަ އަޅާފައިވާ ރޭންކް |
މަޤާމުގެ ކްލެސިފިކޭޝަން: |
ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގައި ކަނޑައަޅާފައިވާ ކްލެސިފިކޭޝަން |
ސެކްޝަން: |
އެކަޑެމިކް |
މަޤާމު އޮތް އޮފީސް: |
އިންނަމާދޫ ސްކޫލް، ރ. އިންނަމާދޫ |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
އިންނަމާދޫ ސްކޫލް، ރ. އިންނަމާދޫ |
މުސާރަ: |
ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގައި ކަނޑައަޅާފައިވާ މުސާރަ |
ސަރވިސް އެލަވަންސް: |
-/2،500 ރުފިޔާ |
އިތުރު އިނާޔަތް ތައް: |
ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް ދިވެހިރާއްޖޭގެ ޕެންޝަނާއި ބެހޭ ޤާނޫނުގެ ދަށުންލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ މި މަޤާމަށް ކުރިމަތިލައި ހޮވޭ ފަރާތަކީ ރަށުން ބޭރު ފަރާތެއްނަމަ، އެ ފަރާތަކަށް
|
އެޑިޔުކޭޝަން ކޮލިފިކޭޝަން އެލަވަންސް:
ސަނަދު |
މުސާރައިގެ އިންސައްތަ |
ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް އޮތުން |
30% |
ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް އޮތުން |
25% |
ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް އޮތުން |
20% |
ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް އޮތުން |
15% |
މަޤާމުގެ މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް:
- ޙަވާލުކުރެވިފައިވާ މާއްދާ ނުވަތަ މާއްދާތައް މުޤައްރަރުގައިވާ މިންވަރަށް ދަރިވަރުންނަށް އުގަންނައި ދިނުން.
- ދަރިވަރުންގެ މަސައްކަތްތައް ހަމަޖެހިފައިވާ އުޞޫލުގެ ދަށުން ޝެކުކުރުމާއި ބިނާކުރަނިވި ފީޑްބެކް ދިނުން.
- ދަރިވަރުންނަށް ޙާޞިލުވަމުންދާ މިންވަރު ޗެކުކުރުމާއި، ރިކޯޑުކުރުމާއި، އެ މަޢުލޫމާތުތައް ޙިއްޞާކުރަން ޖެހޭ ފަރާތްތަކާއި ޙިއްޞާ ކުރުން.
- ކިޔަވައިދިނުމާއި ގުޅޭގޮތުން ލީޑިންގް ޓީޗަރުންނާއި ޙަވާލުކުރަންޖެހޭ އެންމެހައި ތަކެތި ( ސްކީމް އޮފް ވަރކް، ލެސަންޕްލޭން، މާކްސް ޝީޓް ފަދަ) ތަކެތި އެކަމަށް ސްކޫލުންހަމަޖައްސާފައިވާ އުޞޫލުތަކާއި އެއްގޮތަށް ޙަވާލުކުރުން.
- އިސްލާމް ދީނާއި، ދިވެހިރާއްޖޭގެ ޤާނޫނާއި ޤަވާޢިދުތަކާއި ސްކޫލް ދަރިވަރުންގެ ޤަވާޢިދުތަކާއި ސްކޫލުގެ ޤަވާޢިދުތަކަށް ދަރިވަރުން އަހުލުވެރި ކުރުވުމާއި، ރިވެތި އާދަތައް ދަރިވަރުންގެ ކިބައިގައި ހަރުލެއްވުމަށް މަސައްކަތް ކުރުން.
- ޙަވާލުކުރެވޭ ޓައިމް ޓޭބަލުގައިވާ ގަޑިތަކަށާއި، ރިލީފް ގަޑިތަކަށް ޙާޒިރުވެ، ދަރިވަރުންނަށް ފައިދާހުރި ގޮތަކަށް ފިލާވަޅު ކުރިއަށް ގެންދިއުން.
- ޙަވާލުކުރެވިފައިވާ މާއްދާ ކޯޑިނޭޓްކޮށް ބެލެހެއްޓުން.
- ދަރިވަރުންގެ ފެންވަރު ރަނގަޅުކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ލަސްނުކޮށް ކުރުން.
- ސިކުނޑީގެ ނުކުޅެދުންތެރިކަން ހުންނަ ކުދިންފިޔަވައި އެހެން ހުރިހާ ކުދިންނަށް ލިޔަންކިޔަން ދަސްކޮށްދިނުން.
- ދަރިވަރުންގެ ތަޢުލީމާއި ތަރުބިއްޔަތާއި ގުޅޭގޮތުން ބެލެނިވެރިންނާއި (އާދަކޮށް) މަޢުލޫމާތު ޙިއްޞާކުރުން.
- ފިލާވަޅުތަކާއި ގުޅޭގޮތުން ކްލާސްރޫމުގައި ޑިސްޕްލޭ ކުރުން.
- ސްކޫލުން އިންތިޒާމުކުރާ ހުރިހާ ބައްދަލުވުންތަކަށް ގަޑިއަށް ޙާޒިރުވުން.
- ސްކޫލުން ކުރިއަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، ސްކޫލުގެ މަސައްކަތުގެ ދާއިރާގެތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައްކުރުން.
- ސްކޫލުގެ ހުރިހާ ވަޞީލަތްތައް (ލައިބްރަރީ، އިންޓަރނެޓް، ޓިވީ ފަދަ) ދަރިވަރުންނަށް އެންމެ ފައިދާ ހުރިގޮތަކަށް ބޭނުންކުރުން.
- ސްކޫލަކީ އެކުވެރި، އެއްބައެއްވަންތަ ބައެއް އުޅޭ އުފާވެރި މާޙައުލަކަށް ހެދުމަށް މަސައްކަތް ކުރުން.
- ސްކޫލުން ޙަވާލުކުރެވޭ ޒިންމާތަކާއި ގުޅިގެން ޖަވާބުދާރީ ވުމާއި ޒިންމާދާރު ވުން.
- ސްކޫލަކީ ސާފުތާހިރު ތަނެއްގެ ގޮތުގައި ދެމެހެއްޓުމަށް ދަރިވަރުން ލައްވާ މަސައްކަތް ކުރުވުން.
- ސްކޫލުގެ ހައުސް، ކުލަބު ތަކާއި ޔުނިފޯމު ޙަރަކާތް އަދި ދަރިވަރުންނަށް ހިންގޭ އެހެނިހެން ހުރިހާ ޙަރަކާތެއްގައި ފުރިހަމައަށް ބައިވެރިވެ، ސްކޫލަށް އެއްބާރުލުންދީ އެހީތެރިވުން.
- ދަރިވަރުންނާއި، ބެލެނިވެރިންނާއި، ސްޓާފުން އަދި ސްކޫލުގެ ސިއްރުތައް ހިފެހެއްޓުން.
- ޕްރޮފެޝަނަލް ޑިވޮލަޕްމެންޓް ޕްރޮގްރާމް ތަކުގައި ފުރިހަމައަށް ބައިވެރިވުން.
މަޤާމުގެ ޝަރުޠު ތައް:
މަޤާމުގެ ނަން |
އަސާސީ މުސާރަ |
ރޭންކް |
އަސާސީ ޝަރުޠު |
ސީނިއަރ ޓީޗަރ |
-/10،640 ރުފިޔާ |
CS15-5 |
ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS15-4 ރޭންކްގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން. |
-/10،320 ރުފިޔާ |
CS15-4 |
ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS15-3 ރޭންކްގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން. |
|
-/10،100 ރުފިޔާ |
CS15-3 |
ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS15-2 ރޭންކްގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން. |
|
|
-/9،910 ރުފިޔާ |
CS15-2 |
|
ޓީޗަރ |
-/9،850 ރުފިޔާ |
CS13-5 |
ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS13-4 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށްވުރެ މަތިން މާކުސް ލިބިފައިވުން. |
-/9،360 ރުފިޔާ |
CS13-4 |
ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS13-3 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށްވުރެ މަތިން މާކުސް ލިބިފައިވުން. |
|
-/8،890 ރުފިޔާ |
CS13-3 |
ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS13-2 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށްވުރެ މަތިން މާކުސް ލިބިފައިވުން. |
|
-/8،440 ރުފިޔާ |
CS13-2 |
ކިޔަވައިދިނުމުގެ ރޮނގުން ނުވަތަ ކިޔަވައިދޭ މާއްދާއަކުން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާޞިލުކޮށްފައިވުމާއި އެކު ސަނަދުތައް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވެލިޑޭޓްކޮށްފައިވުން. އަދި ސެންޓީޗަރުކަމަށް ހަމަޖައްސާނަމަ ސެންޓީޗަރުންގެ ޝަރުޠު ފުރިހަމަވުން. |
|
ޓީޗަރ |
-/8،250 ރުފިޔާ |
CS11-5 |
ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS11-4 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށްވުރެ މަތިން މާކުސް ލިބިފައިވުން. އަދި ސެންޓީޗަރުކަމަށް ހަމަޖައްސާނަމަ ސެންޓީޗަރުންގެ ޝަރުޠު ފުރިހަމަވުން. |
|
-/7،840 ރުފިޔާ |
CS11-4 |
ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS11-3 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށްވުރެ މަތިން މާކުސް ލިބިފައިވުން. އަދި ސެންޓީޗަރުކަމަށް ހަމަޖައްސާނަމަ ސެންޓީޗަރުންގެ ޝަރުޠު ފުރިހަމަވުން. |
|
-/7،450 ރުފިޔާ |
CS11-3 |
ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS11-2 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށްވުރެ މަތިން މާކުސް ލިބިފައިވުން. އަދި ސެންޓީޗަރުކަމަށް ހަމަޖައްސާނަމަ ސެންޓީޗަރުންގެ ޝަރުޠު ފުރިހަމަވުން. |
|
-/7،070 ރުފިޔާ |
CS11-2 |
ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއި އެކު، ސަނަދުތައް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވެލިޑޭޓްކޮށްފައިވުން. އަދި ސެންޓީޗަރުކަމަށް ހަމަޖައްސާނަމަ ސެންޓީޗަރުންގެ ޝަރުޠު ފުރިހަމަވުން. |
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް: - ޙާޞިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން. - މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ އަށް ބަލައިގެން - އިންޓަރވިއު ކޮށްގެން
|
ހުށަހަޅަންޖެހޭ ލިޔުންތައް: ފުރިހަމަ ކުރައްވާފައިވާ ވަޒީފާ އަށް އެދޭ ފޯމު ވަޒީފާ އަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަމްބަރާއި އީމެއިލް އެޑްރެސް ހިމެނޭ ގޮތަށް) ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާ ކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ ( ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓް ތަކާއި، ރާއްޖެއިން ބޭރުގެ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓް ތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި އެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލުކުރެއްވޭނެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ) (ށ) ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ މަތީ ތައުލީމުދޭ މަރުކަޒަކުން ކުރިއަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓް ތަކުގެ ކޮޕީ ނުވަތަ ކޯސްފުރިހަމަ ކުރި ކަމުގެ ލިޔުމުގެ ކޮޕީ. (ނ) ސިވިލް ސަރވިސް ޓްރޭނިންގް އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓްފިކެޓް ތަކުގެ ކޮޕީ ފުރިހަމަ ކޮށްފައިވާ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓް ތަކުގެ ކޮޕީ ސިވިލް ސަރވިސްގެ ވަޒީފާ އަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގް އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓްފިކެޓްގެ ކޮޕީ މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައި ވާނަމަ، ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. |
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: ވަޒީފާއަށް އެދޭ ފޯމު އިންނަމާދޫ ސްކޫލް އިދާރަޢިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސްގެ ވެބްސައިޓު www.csc.gov.mv އިން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤަމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 25 ޖުލައި 2017 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން އިންނަމާދޫ ސްކޫލުގެ އިދާރާ އަށެވެ. ވަޒީފާ އަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށް ވެސް ބަލައި ގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ : [email protected] އެވެ. އެޕްލިކޭޝަން ފޯމާއި އެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހަށަހަޅާފައި ނުވާނަމަ، އެޕްލިކޭޝަން ބާޠިލު ކުރެވޭނެއެވެ. |
އިންޓަރވިއު ކުރުން:
|
ޝޯޓް ލިސްޓް ކުރުން މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށް ވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓް ލިސްޓް ކުރެވޭނެއެވެ. މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެން ޖެހޭ ޖުމުލަ އިންސައްތަ: (މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތައަކީ %30 އެވެ.)
ނޯޓް: މި މަޤާމަށް މީހަކު ހޮވުމުގައި ބެލޭނީ ޤުރްއާނުން ތަމްރީނު ލިބިފައިވާ ފަރާތެކެވެ.
އިތުރު މަޢުލޫމާތު ހޯދުން: މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6580359 ނަމްބަރ ފޯނާއި އެވެ. އީ މެއިލް ކުރާނީ: [email protected] އަށެވެ. |
މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.
19 ޝައްވާލް 1438
13 ޖުލައި 2017