މަސައްކަތް
ނަންބަރު: TCL/PROC-TA/2017/012
ޕަބްލިޝްކުރި ތާރީޚް: 12 ޖުލައި 2017
ޕަބްލިޝްކުރި ގަޑި: 15:10
ސުންގަޑި: 17 ޖުލައި 2017 11:15
ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އޮންލައިން މީޑިއާ ޕާރޓްނަރ އެއް ހޯދުމާ ބެހޭ

އިޢުލާން

ނަމްބަރު: TCL/PROC-TA/2017/012

 

ތިލަފުށި ކޯޕަރޭޝަނުން އާންމުކޮށް ކުރާ ޢިއުލާންތައް އޮންލައިންކޮށް 1 އަހަރު ދުވަހުގެ މުއްދަތަށް ޖަހައިދޭނެ މީޑިއާ ޕާރޓްނަރ އެއް ހޯދަން ބޭނުންވެގެން ކުރެވުނު އިޢުލާން (ނަންބަރ TCL/PROC-TA/2017/010) އާއި ގުޅިގެން ހުޅުވާލި ބީލަން ހުށަހެޅުމުގެ ފުރުޞަތުގައި އެކަށީގެންވާ ވަރަށް ތަރުހީބު ލިބިފައިނުވާތީވެ އެ ޢިއުލާން ބާޠިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.

ވީމާ މި ޚިދުމަތް ދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ބީލަން ހުށަހެޅުއްވުން އެދެމެވެ.

 

 

 

ތަފްޞީލް

ތަން

ދުވަސް

ތާރީޚް

ގަޑި

ޕްރީ ބިޑް މީޓިންގ އަދި މަޢުލޫމާތު ކަރުދާސް ދޫކުރުން

ޓީސީއެލް ހެޑް އޮފީސް

ހޯމަ

17 ޖުލައި 2017

11:15 ގައި

ބިޑް ހުށައެޅުން އަދި ބިޑް ހުޅުވުން

ޓީސީއެލް ހެޑް އޮފީސް

ބުރާސްފަތި

20 ޖުލައި 2017

10:30 ގައި

 

 

އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް:

 

  • ޕްރޮޕޯސަލް ހުށަހަޅުއްވަން ވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށްވެސް ހުށަހެޅޭނީ އެއް ޕްރޮޕޯސަލެވެ.
  • ހުށަހަޅައިފައިވާ ބީލަން ބާޠިލްވާ މުއްދަތު މަދުވެގެން 90 (ނުވަދިހަ) ދުވަހަށް ވާންވާނެއެވެ.
  • މަޢުލޫމާތު ފުރިހަމަ ނޫން ޕްރޮޕޯސަލްތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކޯޕަރޭޝަނަށް ލިބިގެންވެއެވެ.
  • ޕްރޮޕޯސަލް ހުށަހަޅަން ވާނީ ދީފައިވާ މަޢުލޫމާތާއި އެއްގޮތަށެވެ.

 

 

މިބީލަމުގައި ބައިވެރިވެވޭނީ ޕްރީބިޑް މީޓިންގ ގައި ބައިވެރިވާ ފަރާތްތަކަށް އެކަންޏެވެ. މި މަސައްކަތަށް ބީލަން ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ. ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނީ މި ކޯޕަރޭޝަންގެ ހެޑް އޮފީހުގައި ބީލަން ހުޅުވުމުގެ ބައްދަލުވުމުގައި ބައިވެރިވެލައްވަން ބޭނުންވެލައްވާ ފަރާތްތަކާއި އެކުއެވެ.

 

 

18 ޝައްވާލް 1438

12 ޖުލައި 2017

 

 

 

 

 

 

 

Fen Building/ 4th floor                                                                ފެން ބިލްޑިންގް/ 4ވަނަ ފަންގިފިލާ

Ameenee Magu, Male’, Republic of Maldives                                                އަމީނީމަގު، މާލެ، ދިވެހިރާއްޖެ

Tel: 3307513 Fax: 3307514                                              ފޯން: 3307513،3307515 ފެކްސް: 3307514

12 ޖުލައި 2017